އާރްއާރްސީގެ ޓީމު ކޮންފިޑެންސާ މެދު އިއްސެ އަށް އިތުބާރު ބޮޑު

Oct 25, 2025, 1:49 AM
އާރްއާރްސީގެ ޓީމު ކޮންފިޑެންސާ މެދު އިއްސެ އަށް އިތުބާރު ބޮޑު

ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލް މެޗަށް ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން ޖެހިޖެހިގެން ތިން ވަނަ ފަހަރު ނުކުންނައިރު، މި ވަގުތު ޓީމުގެ ފޯމަށް ބަލައި، ކޮންފިޑެންސާ މެދު ވަރަށް ބޮޑު އިތުބާރެއް އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު، އިސްމާއިލް ޝަރީފް (އިއްސެ) ބުނެފި އެވެ.

މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕަށް ނުކުުތްއިރު، އާރްއާރްސީން ވަނީ ކްލަބް މޯލްޑިވްސް އިން ބޭއްވި ކިންގްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެހެން ނަމަވެސް، ފައިނަލަށް ނުކުންނައިރު، އާރްއާރްސީން ވަނީ ޖެހިޖެހިގެން ދެ ކްލަބް މޯލްޑިވްސް ކަޕް ފައިނަލުން ބަލިވެފަ އެވެ. އެ ގޮތުން، މިދިޔަ ދެ އަހަރު ވެމްކޯ އަތުން ފައިނަލުގައި އާރްއާރްސީ އަށް ނާކާމިޔާބުވިއިރު، މި ފަހަރުގެ މުބާރާތުގެ ފައިނަލަށް އާރްއާރްސީ ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

އެ ގޮތުން، އާރްއާރްސީން މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ފެށީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި 1-0 އިން އެސްޓީއޯ ބަލިކޮށްފަ އެވެ. ފައިނަލުގައި ވެސް އެ ޓީމާ ދެކޮޅަށް ކުޅެން ޖެހޭއިރު، ކޯޗު އިއްްސެ ހުރީ އިތުބާރާ އެކުގަ އެވެ.

"(ފައިނަލް މެޗަށް) އެބައޮތް ހަމަ ފުލް އިތުބާރު އެބައޮތް ސްކޮޑާ ދޭތެރޭގައި ފައިނަލް މެޗަށް، ކޮންމެ ޓީމެއް އައި ކަމަށް ވިޔަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަ ފައިޓްކުރާނަން ތަށްޓައް،" އިއްސެ ބުންޏެވެ.

އާރްއާރްސީން ވަނީ މުބާރާތުގެ ނޮކައުޓް ބުރުގައި، ދެ ފަހަރު ޗެމްޕިއަންކަން ހޯދި ޔުނައިޓެޑް ބީއެމްއެލް އާއި ތިން ފަހަރު ތަށި ހޯދި ޓީމު އެމްއޭސީއެލް އަދި ސްޓެލްކޯ ރެކްރިއޭޝަން ކްލަބް ކަޓުވާލި މޯލްޑިވިއަން އަތުން މޮޅުވެފަ އެވެ. މީގެ ތެރެއިން ސެމީ ފައިނަލުގައި މޯލްޑިވިއަން އަތުން މޮޅުވީ، 9-3 އިންނެވެ.

"(މޯލްޑިވިއަން މެޗު) މި އަށް ވުރެން އުނދަގޫވާނެ ކަމަށް އަޅުގަނޑު ބެލީ، އެކަމަކު ވެސް، މޯލްޑިވިއަންގެ ސްކޮޑު ޑެޕްތަށް ބަލާއިރުގައި، މި ޗާންސް އައިސްދާނެ ކަމަށް ވިސްނައިގެން ހަމަ ރެޑީވެގެން އައީ، އެހެންވީމަ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކޮޅަށް މި އައީ،" އިއްސެ ބުންޏެވެ.

އާރްއާރްސީ އަށް މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި އުނދަގޫ ހާލަތްތަކެއް ކުރިމަތިވި އެވެ. އެ ގޮތުން، ކިންގްސް ކަޕް ކާމިޔާބުކުރި ޓީމުގައި މޮޅަށް ކުޅުނު ގައުމީ ފުޓްސަލް ތަރި، އަލީ ހާފިޒް (ހާއްޕެ) ސީރިއަސް އަނިޔާއެއްވެ މުބާރާތް ގެއްލުނުއިރު، ފުރަތަމަ މެޗުގައި އެސްޓީއޯ އަތުން މޮޅުކޮށްދިން ލަނޑު ޖެހި އަބްދުﷲ ޔާމީން (ޔާނު) އަށް އަނިޔާވެ އޭނާ ވެސް މުބާރާތުގައި ނުކުޅެވޭގޮތްވި އެވެ. އޭގެ އިތުރުން، ތަޖުރިބާކާރު ކުޅުންތެރިޔާ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ވެސް މި ވަގުތު ޓީމާ ދުރުގައި ހުރިއިރު، މީގެއިން އެއްވެސް ކަމަކަށް މާ ބޮޑު އަސަރެއް ނުކޮށް އާރްއާރްސީ ދަނީ ކުރިއަށެވެ.

"އަޅުގަނޑުމެން އަސްލު، މި އަަހަރު، މިދިޔަ އަހަރު ވެސް އަދި ކުރީ އަހަރު ވެސް ސެޓަޕް އެއް ހެދީ ވަކި ސިސްޓަމަކަށް، ވަކިވަކި ޕްލޭޔަރުންނަށް މާ ބޮޑަށް ޑިޕެންޑްނުވެ، ސިސްޓަމަކަށް، އެހެންވެ، އެ ގެއްލިގެންދިޔަ ކުޅުންތެރިން ނެތްތަން ފޫބައްދައިގެން، ކޮންފިޑެންސް ހުރި ހުރިހާ ޕްލޭޔަރުންނަށް ކަހަލަ ގޮތަކަށް ލިބިފައި. އެހެންވީމަ، އެ އެޑްވާންޓޭޖް އިރާދަކުރެއްވިއްޔާ މި ލިބުނީ،" އާރްއާރްސީން ޓީމު ބައްޓަންކުރި ގޮތް އިއްސެ ހިއްސާކުރި އެވެ.

ފަސް އަހަރު ތެރޭ އާރްއާރްސީން ކުޅޭ ކްލަބް މޯލްޑިވްސް ކަޕްގެ ހަތަރު ވަނަ ފައިނަލުގައި މިރޭ އެސްޓީއޯއާ ދެކޮޅަށް ނުކުންނާނީ 21:00 ގަ އެވެ. އާރްއާރްސީން މި މުބާރާތް ކާމިޔާބުކުރީ 2021 ވަނަ އަހަރުގެ ފައިނަލުގަ އެވެ. އޭގެ ފަހުން، 2023 އާއި 2024 ވަނަ އަހަރުގެ ފައިނަލުގައި ކުޅެ ބަލިވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox