ބިދޭސީން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައި ހުރި ހުރިހާ ކުންފުނިތައް ތަހުގީގުކުރަނީ

ބިދޭސީންނާ ގުޅޭ ޓާސްކްފޯސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ބިދޭސީން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައި ހުރި ހުރިހާ ކުންފުނިތައް ތަހުގީގުކުރާކަން ވަނީ ހާމަކޮށްފައި -- ފޮޓޯ: ހޯމްލޭންޑް

ބިދޭސީންނާ ގުޅޭ ޓާސްކްފޯސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ބިދޭސީން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައި ހުރި ހުރިހާ ކުންފުނިތައް ތަހުގީގުކުރާކަން ވަނީ ހާމަކޮށްފައި -- ފޮޓޯ: ހޯމްލޭންޑް

ބިދޭސީން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައި ހުރި ހުރިހާ ކުންފުނިތައް ތަހުގީގުކުރަން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ބިދޭސީންގެ މައްސަލައިގައި ހެދި ޓާސްކްފޯސްއިން ހަދާ ދިރާސާތަކުން ބިދޭސީން ރާއްޖެ ގެނެސް މަސައްކަތް ކުރުވާފައި، ސަރުކާރަށް ފީ ނުދައްކައި ގެއްލިއްޖެ ކަމަށް ބުނެ ރިޕޯޓުކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ބިދޭސީން ރާއްޖެ ގެނެސް، މަސައްކަތް ކުރުވާފައިވާ ފަރާތްތަކުން ގަވާއިދުން ސަރުކާރަށް ފީ ނުދައްކައި، ގިނަ އަދަދެއްގެ މީހުން ވަނީ ފިލާފައި ކަމަށް ރިޕޯޓްކޮށް، ގިނަ އަދަދެއްގެ މީހުން ތިމަންނަމެންނަށް ވީނުވީއެއް ނޭނގޭ ކަމަށް ބުނަމުންދާ މައްސަލަތައް. މިއިން ކޮންމެ ކުންފުންޏެއް އަޅުގަނޑުމެން ތަހުގީގު ކުރާނަން،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ސިސްޓަމް ތެރެއިން އެއީ ކޮން ބައެއްތޯ ބެލުމުގެ މަސައްކަތްކޮށް، ފާހަގަވާ ކުންފުނިތަކަށް މި މަހުގެ 30 ގެ ނިޔަލަށް ސިސްޓަމުން ހިދުމަތް ނުދީ ހިފަހައްޓާފައިވާ ކަމަށެވެ. އެ ހުރިހާ ކުންފުނިތަކާމެދު ތަހުގީގު ހިންގުމަށް ފުލުހުންނާ ހަވާލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ މިއަދުން ފެށިގެން ގަވާއިދާ ހިލާފަށް ހިންގާ ކޮންމެ ތަނެއް ޓާސްކް ފޯސްއިން ބަންދުކޮށް، އެތަން ހިންގުމާ ހަވާލުވެ ތިބި މީހުންނަށް ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލައެއް ވިއްޔާ އެކަމާ ގުޅޭ ތަހުގީގު ހިންގުމުގެ އިތުރުން ގަވާއިދާ ހިލާފަށް ވިޔަފާރި ކުރުމުގެ ތަހުގީގު ހިންގައި ފިޔަވަޅު އަޅާނެ ކަމަށެވެ.

"ގަވާއިދާ ހިލާފަށް ހުއްދަ ނެތި ވިޔަފާރިއެއް ކުރުން ނުވަތަ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރުން، މީގެ ތެރެއިން މިނިސްޓްރީން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ޓާސްކް ފޯސް ތެރެއިން އައިޑެންޓިފައި ކުރެވި އަވަސް ގޮތުގައި އެޅިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ގަވާއިދާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވާނަމަ، އެ ފަރާތްތަކާ މެދު ވެސް މިއަދުން ފެށިގެން ފިޔަވަޅު އަޅަން ފަށާނެ ކަމުގެ ޔަގީންކަން ޓާސްކްފޯހުން ދިނެވެ.

މި ޓާސްކްފޯސްގައި ހިމެނޭ ވުޒާރާތަކަކީ ހޯމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި، އެ މިނިސްޓްރީތަކުގެ ދަށުން ހިންގާ ކަމާބެހޭ އިދާރާތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox