ފުނަދޫގައި ސިހުރު ހެދި ކަމަށް ބުނާ މައްސަލާގައި ދެ މީހުންނަށް ދައުވާކުރަން ފޮނުވައިފި

ފުނަދޫ މަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށުގައި ސިހުރު ހެދި ކަމަށް ބުނާ މައްސަލާގައި ދެ މީހަކަށް ދައުވާކުރަން ފޮނުވައިފި - ފޮޓޯ: ޖަޒުލާން މުހައްމަދު

ފުނަދޫ މަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށުގައި ސިހުރު ހެދި ކަމަށް ބުނާ މައްސަލާގައި ދެ މީހަކަށް ދައުވާކުރަން ފޮނުވައިފި - ފޮޓޯ: ޖަޒުލާން މުހައްމަދު

ށ. ފުނަދޫގައި ސިހުރު ހެދި ކަމުގެ ތުހުމަތުގައި ދެ މީހަކަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިއްޔެ ބުނެފި އެވެ.

ފުލުހުންނާ ސުވާލުކުރުމުން "އަދަދު" ނޫހަށް ފޮނުވި ޓެކްސްޓް މެސެޖެއްގައިވާ ގޮތުން އެ މައްސަލައިގެ ތުހުމަތުގައި ދައުވާކުރަން ފޮނުވީ 60 އަހަރުގެ މީހަކާއި 36 އަހަރުގެ މީހެއްގެ މައްޗަށެވެ.

މި މައްސަލައިގެ ތުހުމަތުގައި 60 އަހަރުގެ މީހާ ހައްޔަރުކޮށް ބަންދުގައި ދޮޅު މަހެއްހާ ދުވަހު ބަހައްޓާފައިވެ އެވެ. އެ މީހާ ބަންދުން ދޫކޮށްލީ މިދިޔަ ޖޫން މަހު އެވެ.

ޕްރޮސެކިއުޓަ ޖެނެރަލް، ޕީޖީގެ އޮފީހަށް އެ މައްސަލަ ފޮނުވީ މިދިޔަ ޖުލައި މަހުގެ ދެވަނަ ދުވަހު ކަމަށް ވެސް ފުލުހުންގެ އިއްޔެ ފޮނުވި މެސެޖުގައިވެ އެވެ.

ނަމަވެސް ޕީޖީ އޮފީހުގައި މައްސަލަ ގޮސްފައިވާ ހިސާބެއް އަދި ސާފެއް ނުވެ އެވެ.

ފުނަދޫން ސިހުރު ހެދުމަށް ކަމަށް ބެލެވޭ ސާމާނު ފެނުމުން، އެ ކަމެއް ކުރީ ފުނަދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު މަމްދޫހު (މަންޑޭ) އަށް އަމާޒުކޮށް ކަމަށް ބުނެ އޭނާގެ ސަޕޯޓަރުން ރަށުގައި ނުރުހުން ފާޅުކޮށް އަޑު އުފުލާފައި ވެސް ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox