ކޮވިޑު ޓެސްޓުތަކުން ނާޖާއިޒު މަންފާ ހޯދުމުން ޑރ. އަލީ ލަތީފާއި ބަންދު ސަލީމްގެ މައްޗަށް ދައުވާކުރަން އެދިއްޖެ

އައިޖީއެމްއެޗުގެ ކުރީގެ ސީއީއޯ އިބްރާހިމް ސަލީމް އަދި ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާމަނަކަށް އޭރު ހުންނެވި ޑރ. އަލީ އަބްދުﷲ ލަތީފު

އައިޖީއެމްއެޗުގެ ކުރީގެ ސީއީއޯ އިބްރާހިމް ސަލީމް އަދި ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާމަނަކަށް އޭރު ހުންނެވި ޑރ. އަލީ އަބްދުﷲ ލަތީފު

މުޅި ދުނިޔޭގައި 2020 ވަނަ އަހަރު ފެތުރެން ފެށި ކޮވިޑް-19 ގެ ދުވަސްވަރު ސަރުކާރުގެ މައި ހޮސްޕިޓަލް, އައިޖީއެމްއެޗުގެ ލެބޯޓަރީގައި ބޭނުންކުރި "ރީއެޖެންޓްސް" އިން އަމިއްލަ މަސްލަހަތު ހިމެނޭ ކުންފުންޏަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމާއި އަމިއްލައަށް ނާޖާއިޒު މަންފާ ހޯދުމުގެ މައްސަލާގައި އެ ހޮސްޕިޓަލުގެ ކުރީގެ ތިން ވެރިޔެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވައިފި އެވެ.

މި މައްސަލާގައި ދައުވާ ކޮށްދޭން އޭސީސީން އެދުނީ އައިޖީއެމްއެޗުގެ ކުރީގެ ސީއީއޯ އިބްރާހިމް ސަލީމް (ބަންދު ސަލީމް) އާއި އައިޖީއެމްއެޗުގެ ލެބޯޓަރީގެ ކުރީގެ ހެޑް ޑރ. މިލްޒާ އަބްދުލްމުހުސިން އަދި އެ ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ކޮމިޓީގެ ޗެއާމަނަކަށް އޭރު ހުންނެވި ޑރ. އަލީ އަބްދުﷲ ލަތީފުގެ މައްޗަށެވެ.

އޭސީސީން އެދިފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެ ތިން މީހުންގެ މައްޗަށް ކޮށްދިނުމަށެވެ.

އޭގެ ތެރެއިން އަލީ ލަތީފު ވަނީ އައިޖީއެމްއެޗުގެ މެޑިކަލް އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމާއި، ޓެކްނިކަލް އެޑްވައިޒަރީ ކޮމިޓީގެ މެންބަރު އަދި ކޮވިޑާއި ގުޅިގެން އެކުލަވާލި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.

އޭސީސީން ތަހުގީގުން ހާމަވެފައިވާ ގޮތުގައި މި ތިން މީހުން ނާޖާއިޒު މަންފާ ހޯދައިދީފައި ވަނީ އާރުއެމްއެލްއެސް ލެބް ސާވިސަސް އަށެވެ. އެ ކުންފުނި މެދުވެރިކޮށް އަލީ ލަތީފު މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ ބަލަން ފުލުހުންނަށް ވެސް ވަނީ ފޮނުވާފަ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްއިން އެނގޭ ގޮތުގައި އެ ލެބޯޓަރީ ހިންގަނީ ޕަޔޮނިއާ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏެއްގެ ދަށުންނެވެ. އެ ކުންފުނީގެ ހިއްސާދާރުންނަށް ތިބީ އިކުލީލް ޝަރީފް އަދި އިބްރާހިމް ސައީދު މުހައްމަދު އެވެ.

އެއީ އޮކްޓޯބަރު 2020, ގައި އުފެއްދި ކުންފުންޏެކެވެ. ރާއްޖޭން ކޮވިޑު ފެނުނީ މާޗު 2020, ގަ އެވެ. އެއަށްފަހު މުޅި ރާއްޖޭގައި ކޮވިޑު ޓެސްޓް ކުރެވޭނެ ގޮތްތައް ފަހިކޮށް ޕީސީއާރު ޓެސްޓްތައް ހެދުން އާންމުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެޕްރީލް 2021, ގައި ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވާލި 16 ރަށުގެ ތެރެއިން އެއް ރަށް ޕަޔޮނިއާ މޯލްޑިވްސްއަށް ވަނީ ދޫކޮށްފަ އެވެ. އެއީ ގދ. ކަނޑަހަލަގަލާ އެވެ.

އެޕްރީލް 2022, ގައި ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ގޮތުގައި ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 2،800،000.00 ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 150،000.00 ޑޮލަރު އެ ކުންފުނިން ދެއްކުމުން ރަށް އޮތީ ހަވާލުކޮށްފަ އެވެ. ޖުމުލަ 7.4 ހެކްޓަރުގެ މި ރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބެއް ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox