ގާނޫނު އިސްލާހުކުރިޔަސް މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ ފީތައް ބޮޑުކުރަން ނުޅޭ ކަމަށް

ހޯމް މިނިސްޓަރު އަލީ އިހުސާން: ތިން އަހަރުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މަސައްކަތް ހައްލުކުރައްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓަރު އަލީ އިހުސާން: ތިން އަހަރުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މަސައްކަތް ހައްލުކުރައްވާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކުރިޔަސް ކޯޓާ އާއި އެހެނިހެން ފީތައް ބޮޑުނުކުރާނެ ކަމަށާއި އަދި ބޮޑުކުރުމުގެ ވިސްނުމެއް ވެސް ނެތް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ވަޒީފާދޭ ފަރާތްތަކާއި، "އެކްސްޕެޓް ސިސްޓަމް" ބޭނުންކުރައްވާ ފަރާތްތަކާ ބައްދަލުކުރުމަށްޓަކާއި މިއަދު އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ މިހާރު ނަގަމުންދާ އެއްވެސް ފީ އެއް ބޮޑު ނުކުރާނެ ކަމަށެވެ.

"ކޯޓާ ފީ އިތުރުކުރުމުގެ އެއްވެސް ވިސްނުމެއް ނެތް. ވިސާ ފީ އިތުރުކުރުމުގެ ވެސް ވިސްނުމެއް ނެތް. އިންޝުއަރެންސް ފީ ބޮޑެއް ނުވާނެ. ބޮޑުކުރަން ސަރުކާރުގެ ވިސްނުމެއް ނެތް." މިނިސްޓަރު އިހުސާން ވިދާލުވި އެވެ.

Advertisement

މިނިސްޓަރު މިހެން ވިދާޅުވިއިރު ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރީ ސަރުކާރުން ހުށަހަޅައިގެންނެވެ. އެ ބިލުގައި އޮތީ ކޮންމެ ތިން އަހަރަކުން ކޯޓާ ފީ އާއި ވާކް ޕާމިޓް ފީ މުރާޖައާކުރުމުގެ ބާރު ސީދާ ހޯމް މިނިސްޓަރަށް ނޫނީ އެ އިރެއްގައި އެ ޒިންމާ މަތިކުރެވިފައިވާ މިނިސްޓަރަށް ލިބޭ ގޮތަށެވެ.

ހޯމް މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި ކޯޓާ ފީއާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު ފާހަގަކުރެއްވި އަނެއް ކަމަކީ ކޯޓާ ފީ ބަލްކުކޮށް ދެއްކޭނެ ގޮތް ފަހިކޮށްދިނުމެވެ. ކުރިން މިކަން ކުރަން ޖެހެނީ ވަކިވަކިން ވިޔަސް މިއަދުން ފެށިގެން އެއް ފަހަރާ ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

ބިދޭސީން ގެންގުޅޭ ވިޔަފާރިވެރިންނާއި އާންމުނާ މިނިސްޓްރީން ބައްދަލުކުރީ ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގޮތުން ސަރުކާރުގެ ސިޔާސަތު ސާފުކޮށްދިނުމަށާއި އެ މައްސަލައިގައި ހުރި ކަންބޮޑުވުންތައް އަޑުއެހުމަށެވެ. އެ ބައްދަލުވުމުގައި ވިޔަފާރިވެރިންނާއި "އެކްސްޕެޓް ސިސްޓަމް" ބޭނުންކުރާ ގިނަ ބަޔަކު ބައިވެރިވި އެވެ.

ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގޮތުން ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ ގަވާއިދާ ހިލާފަށް އުޅޭ މީހުންނާއި ވިޔަފާރި ކުރާ މީހުންނާއި ކުށުގެ ވެށީގައި އުޅޭ ހުރިހާ އެންމެން އިތުރު ފުރުސަތެއް ނުދީ ފޮނުވާލުމެވެ.

އެގޮތުން ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން އާންމުންގެ ސަމާލުކަން ބޯޑަށް ލިބެމުން އަންނަނީ ނުތާހިރު ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށްގެން އޭގެން ވިޔަފާރިކުރާ މައްސަލަތަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox