ލޭނު މަސްވެރިކަމަށް ހުޅުވާލުން މުރާޖާ ކުރުމަށް ގޮވާލައި ޖަމިއްޔާތަކުން ކަންބޮޑުވުން ހިއްސާކޮށްފި

ލޭނު މަސްވެރިކަމަށް އަޅާފައި އޮތް ލޭނެއްގައި މިޔަރެއް ޖެހި މަރުވެފައި. މި ބާވަތުގެ މަސްވެރިކަމުގެ ބައި-ކެޗް ރޭޓު މަތިވުމުގެ ސަބަބުން ކަނޑުގެ ދިރުންތަކުގެ އާބާދީ ނެތިދާތީ ގިނަ ބައެއްގެ ކަންބޮޑުވުން އަބަދުވެސް އޮވޭ --- ފޮޓޯ: ޝޭންގްރޮސް.ކޮމް

ލޭނު މަސްވެރިކަމަށް އަޅާފައި އޮތް ލޭނެއްގައި މިޔަރެއް ޖެހި މަރުވެފައި. މި ބާވަތުގެ މަސްވެރިކަމުގެ ބައި-ކެޗް ރޭޓު މަތިވުމުގެ ސަބަބުން ކަނޑުގެ ދިރުންތަކުގެ އާބާދީ ނެތިދާތީ ގިނަ ބައެއްގެ ކަންބޮޑުވުން އަބަދުވެސް އޮވޭ --- ފޮޓޯ: ޝޭންގްރޮސް.ކޮމް

ދިވެހިރާއްޖޭގައި ކަނޑުތަކުގައި ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް ފިޝަރީޒް މިނިސްޓްރީން ނިންމި ނިންމުން މުރާޖާކޮށް އެ މިނިސްޓްރީން ޝާއިއުކުރި ލޭނު މަސްވެރިކަމުގެ ގަވާއިދާ ގުޅޭ ކަންބޮޑުވުންތައް ނުވަ ނުކުތާއެއްގެ މައްޗަށް ބިނާކޮށް ތިމާވެށި ހިމާޔަތް ކުރުމާއި މަސްވެރިންނާއި މަސްވެރިކަމުގެ ހައްގުގައި ވަކާލާތުކުރާ 18 މަދަނީ ޖަމިއްޔާއަކުން ސަރުކާރާ ހިއްސާކޮށްފި އެވެ.

ރާއްޖޭގައި ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމާ ގުޅިގެން ފިޝަރީޒް މިނިސްޓަރީން އެކުލަވައިލި ގަވާއިދުގެ ދެލިކޮޕީއެއް އާންމުންގެ ހިޔާލު ހޯދުމަށް ޝާއިއުކުރި އެވެ. އެ ދެލިކޮޕީއަށް ހިޔާލު ހުށަހެޅުމުގެ ސުންގަޑި މިހާރު ވަނީ ހަމަވެފަ އެވެ.

ސަރުކާރާއި ކަންބޮޑުވުން ހިއްސާކުރި ޖަމިއްޔާތަކުގެ ތެރޭގައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނާއި, މޯލްޑިސް މަންޓާ ކޮންޒަވޭޝަން ޕްރޮގްރާމާއި, ސޭވް މޯލްޑިވްސް, ޓްރާންސްޕޭރެންސީ މޯލްޑިވްސް, މިޔަރު ޕްރޮގްރާމް އަދި އިކޯ ކެއާ މޯލްޑިވްސް ހިމެނެ އެވެ.

އެ ކަންބޮޑުވުންތައް ބިނާކުރި ދާއިރާތަކަކީ;

ތިމާވެށި

ލޭނު މަސްވެރިކަމުގައި މިޔަރާއި އެހެނިހެން ނެތިދިޔުމުގެ ނުރައްކާ ކުރިމަތިވެފައިވާ މަސްތައް ބައިކެޗުގެ ގޮތުގެ ގޮތުގައި ހިފޭ ކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.

"މިޔަރު ބޭނުމަށް ހުއްދަދީ، އިތުރު އުފެއްދުމެއްގެ ގޮތުގައި ޕްރޮސެސްކުރުމަކީ މިޔަރުގެ މާކެޓެއް އުފެދި ހަރުދަނާވުމަށް މަގުފަހިވެ، ދިވެހިރާއްޖެއިން ބައިނަލްއަގުވާމީ ފެންވަރުގައި މިޔަރު ހިމާޔަތްކުރުމަށް އަދާކުރާ ދައުރު ނިކަމެތިވެގެންދާނެ ކަމެއް," އެ ކަރުދާހުގައި ބުނެފައިވެ އެވެ.

ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުން

"ލޭނު މަސްވެރިކަން ކުރުމުގެތެރެއިން ބޮޑެތި ޝިކާރަކުރާ މަސްތައް ގިނަ އަދަދަކަށް ނެގުމުން، ކަނޑުގެ ކާނާގެ ވިއުގަތަކަށް ބަދަލުއައިސް މިކަމުގެ ސަބަބުން މުޅި ވެށީގެ ހަމަހަމަކަމާއި ދުޅަހެޔޮކަމަށް އަސަރުކުރާނެއެވެ. މިބަދަލުތަކުގެ ސަބަބުން ކަނޑުގެ އެހެނިހެން ދިރުންތަކުގެ ދެމެހެއްޓެނިވިކަމަށާއި ދިރޭތަކެތީގެ ބާވަތްތަކުގެ ގިނަގުނަކަމަށް ހީނުކުރާފަދަ ނޭދެވޭ އަސަރުތަކެއް ކުރިމަތިވެދާނެއެވެ."

ފުޑް ސެކިއުރިޓީއަށް އަސަރު ކުރުން

ދިވެހިން މަސްވެރިކަން ކުރާ ސަރަހައްދުން ކަނޑުމަހުގެ ސްޓޮކް މަދުވެ މަސްވެރިކަމަށް އަސަރުކޮށްފިނަމަ ދިވެހިންގެ އާންމުގެ ކެއުމުގައި އެންމެ ގިނައިން ބޭނުންކުރާ ކަނޑުމަހުގެ ބާވަތްތަށް ލިބުން ދަތިވެ، ކާބޯތަކެތީގެ ރައްކާތެރިކަމަށް ބުރޫ އަރާފާނެ ކަމުގެ ކަންބޮޑުވުން ވެސް ހިއްސާކޮށްފައިވެ އެވެ.

ކޮންޒަވޭޝަން ދާއިރާއިން ހާސިލުކުރެވިފައިވާ ކަންކަން

މި ގަވާއިދު ތަންފީޒު ކުރަން ފެށުމުން ރާޢްޖޭގައި މިޔަރު މަސްވެރިކަން ފެށުމަށް އަލުން މަގުފަހިވެގެންދާނެ ކަމަށް ޖަމިއްޔާތަކުން ދެކެ އެވެ. މިއީ ވޭތުވެދިޔަ 15 އަހަރު ރާއްޖެއިން ކޮންޒަވޭޝަންގެ ދާއިރާ ނުވަތަ ގުދުރަތީ ގޮތުން ހާއްސަ ސަރަހައްދުތައް ހިމާޔަކުރުމުން ހޯދާފާއިވާ ކާމިޔާބީތައް ފަނޑުވެގެންދާނެ ކަމެއް ކަމަށް ބުނެފަ އެވެ.

މަސްވެރިކަމަށް ކުރާނެ އަސަރު

ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކޮށްގެން އާމްދަނީ ލިބޭ ދިވެހި މަސްވެރިންގެ ދިރިއުޅުމަށް ލޭނު މަސްވެރިކަމުގެ ސަބަބުން ބުރޫ އަރާނެ ކަމަށް ޖަމިއްޔާތަކުން ބުނެފައިވެ އެވެ. އެއާއެކު ސަޕްލައި އަންޑަކަޓް ކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ.

"ލޭނުގެ މަސްވެރިކަމުގެ ސަބަބުން ފައިދާވާނީ ކޯޓާ ހޯދުމުގެ ގާބިލުކަން ހުރި މަދު ބަޔަކަށެވެ. އަދި މިކަމުގެ ސަބަބުން ކޯޓާތަކުގެ ކަޅު ބާޒާރެއް އުފެދި ދިވެހިރާއްޖޭގެ އީއީޒެޑް ނަހަމަގޮތުގައި ބޭނުންކުރުމަށް މަގުފަހިވޭ," އެ ކަރުދާހުގައި ލިޔެފައިވެ އެވެ.

ފަތުރުވެރިކަމަށް ކުރާނެ އަސަރު

ރާއްޖެއަށް މިޔަރާއެކު ފީނަން އަންނަ ފަތުރުވެރިންނާ ގުޅުންހުރި ވިޔަފާރިތަކުން އަހަރަކު 51.4 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ ލިބޭއިރު ޓެކްސްގެ ގޮތުގައި ދައުލަތަށް އޭގެ ތެރެއިން 7.2 މިލިއަން ރުފިޔާ ވަންނަ ކަމަށް ޖަމިއްޔާތަކުން ދިރާސާއަކަށް ރިއާޔަތްކޮށް ބުނެފައިވެ އެވެ. ފީނުމުގެ ހަރަކާތްތެރިވާ މުވައްޒަފުންނަށް އަހަރަކު މުސާރައިގެ ގޮތުގައި 4.1 މިލިއަން ޑޮލަރު ދޭކަމަށް ވެސް ބުނެފައިވެ އެވެ.

"ލޭނު މަސްވެރިކަމުގެ ސަބަބުން މިޔަރުގެ އާބާދީ މަދުވެއްޖެނަމަ، މިޔަރާއެކުއެކު ފީނުމުގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކޮށް، މުޅި ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ފީނުމުގެ ހަރަކާތްތައް ހިންގާ ފަރާތްތަކާއި، ސަފާރީ އުޅަނދުތަކާއި، ގެސްޓްހައުސްތަކާއި، ރިސޯޓުތަކާއި، ރެސްޓޯރަންޓުތަކާއި، ފިހާރަތަކާއި އަދި މުދާ ސަޕްލައި ކުރާ ފަރާތްތަކަށް ބޮޑެތި އިގުތިސޯދީ ގެއްލުންތަކެއް ލިބޭނެ," ޖަމިއްޔާތަކުގެ ކަންބޮޑުވުން ހިއްސާކުރަމުން ބުނެފައިވެ އެވެ.

އިގުތިސޯދީ ކަންބޮޑުވުންތައް

"ލޭނުމަސްވެރިކަމުގެ ފައިދާއަކީ ކުޑަ ރާސްތާއަށް ބަލާއިރު ބޮޑު ފައިދާއެއް ލިބޭ ކަމެއް ކަމުގައި ފެނުނު ނަމަވެސް އޭގެ ސަބަބުން ދުރު ރާސްތާގައި ކަނޑުގެ ތިމާވެށީގެ ނިޒާމަށް ލިބޭ ސީދާ އަދި ނުސިދާ ގެއްލުން މާބޮޑު ވެދާނެ ކަމެކެވެ."

މޮނިޓާކޮށް ތަންފީޒުކުރުމާ ގުޅޭ ކަންބޮޑުވުންތައް

ލޭނު މަސްވެރިކަމުގެ ހަރަކާތްތައް އެންމެ ފުރިހަމަ ގޮތެއްގައި ބަލަހައްޓައި އަދި ކޮމްޕްލަޔަންސް ކަށަވަރުކުރުމުގެ ގާބިލުކަމާއި މެދު ޖަމިއްޔާތަކުން ވަނީ ސުވާލު އުފައްދާފަ އެވެ. ގަވާއިދާ ހިލާފު ހަރަކާތްތައް ޕެޓްރޯލްކުރުމާއި، އިންސްޕެކްޓްކުރުމާއި، ދައުވާކުރުމަށް އެކަށީގެންވާ ފައިސާ އާއި މުވައްޒަފުން ތިބި ރެގިއުލޭޓަރީ ބޮޑީއެއް ނެތްކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އިންސާނީ ހައްގުތަކާ ގުޅޭ ކަންބޮޑުވުންތައް

"ލޭނު މަސްވެރިކަމަކީ ދުރު ސަރަހައްދުތަކަށް ދަތުރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ކަނޑުމަތީގައި ފަޅުވެރިން ހޭދަކުރާ ކަމަކެވެ. މީގެ ސަބަބުން މަސްވެރިންނަށް ދިމާވާ ގިނަ މައްސަލަތަކުގެ ތެރޭގައި ދޯނިމަތީގެ ހާލަތް ދައްވުމާއި މަސްވެރިން ދިގު މުށްދަތަށް ރަށާ ދުރުގައި ތިބުމުން ކުރާ އަސަރުގެ އިތުރުން ސިއްހީ އަދި ރައްކާތެރިކަމުގެ ނުރައްކާތައް އިތުރުވުން ހިމެނެ އެވެ."

ސަރުކާރުން އެ ގަވާއިދަށް މި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އެއްވެސް ބަދަލެއް ގެންނާނެކަން އަދި ޔަގީނެއް ނުވެ އެވެ. އެ ނިންމުން މުރާޖާ ކުރުމުގެ އިޝާރާތެއް ވެސް ސަރުކާރުން ދީފައި ނުވެ އެވެ.

ލޭނު އަޅަން ހުއްދަ ދޫކުރުމުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށާއި އަދި ޓޫރިޒަމަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެ ޕެޓިޝަނެއްގައި ވެސް ދަނީ ސޮއިކުރަމުންނެވެ.

ލޭނު އަޅަން ބޭނުންކުރާ ކަންވާރުތައް ކަނޑަށް ގެއްލި އުޅަނދުތައް އެއްގަމަށް މިސްރާބު ޖަހާ ފަހުން ވެސް ކަނޑުގެ ދިރުންތައް އޭގައި ޖެހި އެ ދިރުންތައް ނެތިދާކަން ދިރާސާތަކުން ދައްކަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި 2022 ގައި އެކަނި ވެސް 740,000 ކިލޯމީޓަރުގެ ލޭނު ކަންވާރު ކަނޑަށް ވަނީ ދޫވެފަ އެވެ.

ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޫކުރަމަކީ ދިވެހި މަސްވެރިން ދެކޮޅު ކަމެކެވެ. އަދި, ފަތުރުވެރިކަމާއި އެހެނިހެން ދާއިރާތަކުގައި އުޅޭ މީހުން ވެސް އަންނަނީ އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox