އެމެރިކާގެ އިސް އޮފިޝަލަކު އަނެއްކާވެސް ރާއްޖެ އަންނަނީ، މިފަހަރު ތިމާވެށީގެ މަޝްވަރާތަކަކަށް

އެމެރިކާ ހާރިޖިއްޔާގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނިފާ ލިޓްލްޖޯން: ތިމާވެށީގެ މަޝްވަރާތަކަކަށް އޭނާ މި މަހު ރާއްޖެ ވަޑައިގަންނަވާނެ --- ފޮޓޯ: އެމެރިކާގެ ހާރިޖިއްޔާ

އެމެރިކާ ހާރިޖިއްޔާގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނިފާ ލިޓްލްޖޯން: ތިމާވެށީގެ މަޝްވަރާތަކަކަށް އޭނާ މި މަހު ރާއްޖެ ވަޑައިގަންނަވާނެ --- ފޮޓޯ: އެމެރިކާގެ ހާރިޖިއްޔާ

ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ މަޝްވަރާތަކަކަށް އެމެރިކާ ހާރިޖިއްޔާގެ، އޯޝަންސް އެންޑް އިންޓަނޭޝަނަލް އެންވަރަމަންޓު އެންޑް ސައިންޓިފިކް އެފެއާޒް ޑިޕާޓްމަންޓުގެ އެސިސްޓަންޓް ޖެނިފާ ލިޓްލްޖޯން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ޖެނިފާ ރާއްޖެ ވަޑައިގަންނަވަނީ ދެކުނު އޭޝިއާގެ ގައުމުތަކަށް ކުރައްވާ ދެ ހަފުތާގެ ރަސްމީ ދަތުރެއްގަ އެވެ. މި ދަތުރުގައި މާލޭގެ އިތުރުން އިންޑިއާގެ ޗެންނާއީ އާއި ނިއުދިއްލީ އަދި ސްރީލަންކާގެ ކޮލަމްބޯއަށް އޭނާ ވަޑައިގަންނަވާނެ އެވެ. ރާއްޖޭގައި މަޑުކުރައްވާނީ މި މަހު 28 އިން 30 އަށެވެ.

އެމެރިކާގެ ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނީ، މި ދަތުރުގައި ދިވެހި ސަރުކާރާއި ޖަމިއްޔާތަކާ ޖެނީފާ ބައްދަލުކުރައްވާނެ ކަމަށެވެ. އެ ބައްދަލުވުންތަކުގައި ތިމާވެށި ހިމާޔަތް ކުރުމާއި ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް މަޝްވަރާ ކުރެވޭނެ ކަމަށްވެ އެވެ.

މިފަދަ މަޝްވަރާތަކަކަށް އެމެރިކާގެ އިސް އޮފިޝަލަކު ރާއްޖެއަށް މި ވަޑައިގަންނަވަނީ، ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކުރާ އެންމެންހެން ދެކޮޅު ހަދާ ލޭނުގެ މަސްވެރިކަން ކުރަން ހުއްދަ ދިނުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ. ވަޒީރުންގެ މަޖިލީހުގެ މި ނިންމުމާއެކު ފިޝަރީޒް މިނިސްޓްރީން ވަނީ އެކަމަށް ގަވާއިދެއް އެކުލަވާލާފަ އެވެ.

އެ ގަވާއިދުގެ ދެލިކޮޕީ ޝާއިއުކުރުމާ އެކު މޯލްޑިވްސް އޯޝަން އެލަޔަންސް އަދި ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ގުޅިގެން އޮންލައިން ޕެޓިޝަނެއް ލޯންޗުކޮށްފައިވާއިރު މިހާތަނަށް އޭގައި 12,000 އެއްހާ މީހުން ވަނީ ސޮއިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox