އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރާތް: ހުރިހާ މެޗެއް ކާމިޔާބުކޮށް އެޗްޑީސީ ފައިނަލަށް

އިއްޔެގެ މެޗުގެ ތެރެއިން ކްލަބް އެޗްޑީސީ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ކްލަބް އެޗްޑީސީ/ފޭސްބުކް

އިއްޔެގެ މެޗުގެ ތެރެއިން ކްލަބް އެޗްޑީސީ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ކްލަބް އެޗްޑީސީ/ފޭސްބުކް

މިހާރު ކުރިއަށްދާ މާކަންޓައިލް އޮފީސް/ކޮމްޕެނީ ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ގެ ލީގު ބުރުގެ ހުރިހާ މެޗެއް ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފައިނަލުގެ ސީދާ ޖާގަ ހޯދައިފި އެވެ.

އިއްޔެ ހަވީރު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ މައްޗަށް އެޗްޑީސީން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 18-25, 17-25 އަދި 28-30 އިންނެވެ.

މި މެޗުގެ ފުރަތަމަ ދެ ސެޓުގައި އެމްއެންޑީއެފް ޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު, އޭގެ ފައިދާ އެޗްޑީސީ އިން ވަނީ ނަގާ ފަސޭހަކަމާ އެކު, މި ދެ ސެޓު 25-18 އަދި 25-17 އިން ގެންގޮސްފަ އެވެ.

އެކަމަކު، ތިން ވަނަ ސެޓުގައި އެމްއެންޑީއެފް އިން ވަނީ ކުޅުން ރަނގަޅުކޮށް އެޗްޑީސީ އަށް ރަނގަޅު ފައިޓެއް ދީފަ އެވެ. އެހެންވެ، ފުރަތަމަ ދެ ސެޓުގައި ޑޮމިނޭޓްކޮށްގެން ކުޅުން އެޗްޑީސީ އަށް ތިން ވަނަ ސެޓުގައި ބޮޑު ލީޑެއްގައި އޮވެގެން ކުޅެވޭ ގޮތް ވަނީ ނުވެފަ އެވެ. އެކަމަކު، ސެޓުގެ ފަހު ވަގުތުކޮޅު އެމްއެންޑީއެފް ޓީމަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައި ތިން ވަނަ ސެޓު އެޗްޑީސީ އިން ގެންދިޔައީ 30-28 އިންނެވެ.

ފަސް ޓީމު ވާދަކުރާ މުބާރާތުގެ ލީގު ބުރުގައި، އެޗްޑީސީން މި ވަނީ ކުުޅުނު ހަތަރު މެޗުން މޮޅުވެ، ފައިނަލުގެ ސީދާ ޖާގަ ހޯދައިފަ އެވެ. ފައިނަލުގެ އަނެއް ޖާގަ ލިބޭނީ، ލީގު ބުރުގެ ދެ ވަނަ އާއި ތިން ވަނަ ބައްދަލުކުރާ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ.

މުބާރާތުގައި، ރޭ ވެމްކޯ އިން ވަނީ ސްޓެލްކޯގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 20-25, 14-25 އަދި 23-25 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ވެމްކޯގެ ތަފާތަކަށްވީ އެ ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންނެވެ. އެ ގޮތުން މި ސެޓުގެ ފަހު ކޮޅު ވެމްކޯ ޓީމުގެ އަލީ ހުޒާމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު, މި ސެޓު ވެމްކޯ އިން ގެންދިޔައީ 20-25 އިންނެވެ.

ދެ ވަނަ ސެޓުގައި ސްޓްލެކޯގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެކެވެ. އޭގެ ފައިދާ ނަގާ މި ސެޓު ވެމްކޯ އިން ވަނީ ފަސޭހަކަމާ އެކު, 14-25 އިން ކާމިޔާބު ކޮށްފަ އެވެ. ތިންވަނަ ސެޓުގައި ސްޓެލްކޯ އިން ރަނގަޅު ފައިޓެއްދީ ސެޓު ނެގޭތޯ މަސައްކަތްކުރި ނަމަވެސް ފަހު ވަގުތު ހެދުނު ގޯސްތަކުގެ ފައިދާ ވެމްކޯ އިން ނަގާ މި ސެޓު 23-25 އިން ކާމިޔާބުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox