ބައެއް ގޯޅިތަކުގެ ކަންމަތީގައި ރަތް ރޮނގު ދަމަނީ، އެ ތަންތަނުގައި ޕާކުކުރާ ވެހިކަލްތައް ޓޯ ކުރާނެ

މާލޭގެ މަގެއްގެ މަތި: ޕާކިން މައްސަލަ ހައްލުކުރަން ކަންކަންމަތީ ރަތް ރޮނގު ދަމާ، އެތަންތަނުގައި ޕާކުކުރާ ވެހިކަލްތައް ޓޯ ކުރަން ވަނީ ނިންމާފަ --- ފޮޓޯ: އަދަދު

މާލޭގެ މަގެއްގެ މަތި: ޕާކިން މައްސަލަ ހައްލުކުރަން ކަންކަންމަތީ ރަތް ރޮނގު ދަމާ، އެތަންތަނުގައި ޕާކުކުރާ ވެހިކަލްތައް ޓޯ ކުރަން ވަނީ ނިންމާފަ --- ފޮޓޯ: އަދަދު

ގަވާއިދާ ހިލާފަށް ޕާކު ކުރުން ހުއްޓުވުމަށް މާލޭގެ މަގުތަކާއި ގޯޅިތައް ބައްދަލުވާ ބައެއް ކަންމަތިތަކުގައި ރަތް ރޮނގު ކުރަހައި، އެ ތަންތަނުގައި ޕާކު ކުރާ އުޅަނދުތައް ޓޯ ކުރަން ނިންމާފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފި އެވެ.

މިހާރު މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ޕާކިންގެ މައްސަލަ ހައްލުކުރުމަށް، މާލެ ސިޓީ ކައުންސިލް، ޓްރާންސްޕޯޓު މިނިސްޓްރީ، ހޯމް މިނިސްޓްރީ، ފުލުހުން އަދި އެޗްޑީސީން ބައިވެރިވި ބައްދަލުވުމެއް މިއަދު ބޭއްވި އެވެ. އެއިން ކޮންމެ އިދާރާއެއް ވެސް މި ބައްދަލުވުމުގައި ތަމްސީލުކުރީ އެންމެ އިސްވެރިންނެވެ.

އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލޭ މަގުތަކުގެ ކަންމަތިތަކުގައި ޕާކު ކުރުމަކީ ކަނޑައެޅިގެން މަނާ ކަމެއް ކަމަށެވެ. އަދި ރަތް ރޮނގު ކުރަހަން ނިންމީ އެކަން އިތުރަށް ސަމާލުކަން ގެނައުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

"ކަންކަން މަތީގަ، މުހިންމު ތަންތަނުގަ އަޅުގަނޑުމެން ރެޑު ލައިން ދަމަން ފަށާނަން. އެއާއެކު އެ ރެޑު ލައިން ހުންނަ ތަންތާ ޕާކު ކޮށްފި ކަމަށްވަންޏާމު ވަގުތުން އެ އެއްޗެހި ފުލުހުން އައިސް ނަގައިގެން ގެންދާނެ. މިކަން ކުރަން މިއުޅެނީ ހުރިހާ އެންމެނަށް ފަސޭހަ ކުރަންވެގެން،" މޭޔަރު ވިދާޅުވި އެވެ.

މަޝްވަރާތަކަށް ފަހު ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ޕާކު ކޮށްފިނަމަ ޓޯ ކުރާނެ ނުވަ ސަރަހައްދެއް ކަނޑައަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި އެންމެ ގިނައީ ސްކޫލުތައް ހުންނަ ސަރަހައްދުތައް ކަމަށެވެ.

ފުލުހުންގެ ސީޕީ އަލީ ޝުޖާއު ވެސް ވަނީ ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯކުރާނެ ކަމަށާއި އެހެންނަމަވެސް އެއީ ފުލުހުން ކުރަން ބޭނުންވާ ކަމެއް ނޫން ކަަމަށް ވިދާޅުފަ އެވެ.

"ފަސޭހައެއް ނޫން މާލޭގަ ޕާކު ކުރާނެ ތަނެއް ނެތި އަދި މަގުތައް އެހާ ތޮއްޖެހިފަ އޮތްއިރު، ޕާކު ކުރަން މަނާތަނެއްގައި ޕާކު ކޮށްފައި އޮންނަ އެއްޗެއް ގެންދިއުން. އެހެންނަމަވެސް އެނގިލައްވާނެ އަޅުގަނޑުމެން މިކަން މިކުރަނީ ހުރިހާ ބޭފުޅުންވެސް އެ ފާހަގަކުރެއްވި ގޮތަށް މާލޭގަ ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ސަލާމަތާ ރައްކާތެރިކަމަށް،" ސީޕީ ވިދާޅުވި އެވެ.

މާލޭ ސަރަހައްދުގައި މިހާރު ވެސް 118،000 އަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓްރީކޮށްފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެ އެވެ. އޭގެ ތެރޭގައި އެކެއްގެ ނަމުގައި ވެސް ގިނަ އުޅަނދުތަކެއް ރަޖިސްޓްރީކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox