ރާއްޖޭގެ ފުރަތަމަ ފީފާ ރެފްރީ މައްލާ ޅަތުއްތު އަވަހާރަވެއްޖެ

Aug 15, 2024, 10:35 AM
ރާއްޖޭގެ ފުރަތަމަ ފީފާ ރެފްރީ މައްލާ ޅަތުއްތު އަވަހާރަވެއްޖެ

ރާއްޖޭގެ އެންމެ ފުރަތަމަ ފީފާ ރެފްރީ، މައްލާ ޅަތުއްތު އަވަހާރަވެއްޖެ އެވެ.

އުމުރުން 76 އަހަރުގައި، މައްލާ ޅަހުއްތު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް، މިއަދު އިންޑިއާގެ ޓްރެވިންޑްރަމް ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

މައްލާ އަކީ ރާއްޖޭން ފީފާ ބެޖު ހާސިލްކުރި ފުރަތަމަ ރެފްރީ އެވެ. އަދި އޭނާ ވަނީ އެންމެ މަތީ ފަންތީގައި 1969 އިން 1995 އަށް ރެފްރީކަން ކޮށްފަ އެވެ. ފީފާ ބެޖުގައި ރެފްރީކަން މައްލާ ކުރެއްވީ 1990 އިން 1993 އަކާ ހަމަ އަށެވެ.

Advertisement

ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ، އިބްރާހިމް ފިރާޒް މޫސާ (ކުޑަމައްލާ) އާއި ގައުމީ ބެޑްމިންޓަން ޓީމާ އެކު ގިނަ މުބާރާތްތަކެއް ކުޅުނު، އައިމިނަތު ޝަހުރުނާޒް މޫސާ އަކީ މައްލާ ޅަ ތުއްތުގެ ދަރިންގެ ތެރެއިން ކުޅިވަރުގައި ފާހަގަކޮށްލެވޭ ދެ ނަމެވެ.

މީގެ އިތުރުން މައްލާ އަކީ ރެފްރީން ތަމްރީނުކުރެއްވުމުގައި ވެސް ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ބޭފުޅެކެވެ. އެ ގޮތުން މަޝްހޫރު ރެފްރީ އަލީ ސަލީމާއި, އަހުމަދު އަބީރު އަދި އަހުމަދު އަމީޒު ތަމްރީނުކޮށްދެއްވީ މައްލާ އެވެ.

މައްލާ ވަނީ ރާއްޖޭގެ ކުޅިވަރަށް 52 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވައިފަ އެވެ. އަދި ކުޅިވަރުގެ ގިނަ އެވޯޑްތަކެއް ހޯދި އެެވެ. އޭގެ ތެރޭގައި، 1990 ވަނަ އަހަރު ހޯދި ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން ޢާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 2018 ވަނަ އަހަރު، އެފްއޭއެމްގެ "ޕްރެޒިޑެންޝަލް އެވޯޑް"، 2022 ވަނަ އަހަރު ރާއްޖޭގެ ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން އާންމު ހިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ހޯދުމުގެ އިތުރުން، މިދިޔަ އަހަރު ހޯދި ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމް އަދި މިދިޔަ އަހަރު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ހޯދި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހިމެނެ އެވެ.

ދައުލަތަށް އެކި ރޮނގުރޮނގުން ހިދުމަތްކޮށްދެއްވި، މައްލާ ޅަތުއްތު ވަނީ މީގެ ކުރިން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސްގެ އެކި މަގާމުތަކުގައި 11 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފަ އެވެ.

މައްލާ ޅަތުއްތު އެންމެ ފަހުން ހިދުމަތްކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ. އެ އިދާރާގައި ހަ އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި، މައްލާ ވަނީ އެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓާ ޖެނެރަލުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމުގެ ޒިންމާ އަދާކުރައްވައިފަ އެވެ. އޭނާ އެންމެފަހުން އަދާކުރެއްވީ، އެ އިދާރާގެ ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox