ސަރުކާރުން ދަރާފައިވާ އަދަދު 251 މިލިއަނަށް އަރައި، އޭޑިކޭ ނުހިންގޭ ހިސާބުގައި

އޭޑީކޭ ހޮސްޕިޓަލުގެ އޭ ބްލޮކު އިމާރާތް: އޭޑީކޭ ހިންގަން މަހެއްގެ މައްޗަށް 45 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް އެ ހޮސްޕިޓަލުން ބުނި --- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އޭޑީކޭ ހޮސްޕިޓަލުގެ އޭ ބްލޮކު އިމާރާތް: އޭޑީކޭ ހިންގަން މަހެއްގެ މައްޗަށް 45 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް އެ ހޮސްޕިޓަލުން ބުނި --- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އޭޑީކޭ ހޮސްޕިޓަލުން ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް އާސަންދަ އާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ލިބެން ޖެހޭ ފައިސާގެ އަދަދު 250 މިލިއަން ފަހަނައަޅައި ގޮސް، ހޮސްޕިޓަލުގެ ހިންގުމަށް ބުރޫއަރައިފި ކަމަށް އޭޑީކޭ ގްރޫޕުގެ ބާނީ އަހުމަދު ނާޝިދު މިއަދު ވިދާޅުވެއްޖެ އެވެ.

އާސަންދަ އާއި އެންސްޕާއިން އޭޑީކޭއަށް ލިބެން ޖެހޭ ފައިސާގެ މައްސަލަ ބަލަމުންދާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި، ނާޝިދު ވަނީ އެ ހޮސްޕިޓަލުން ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ފައިސާ ނުލިބި ލަސްވާ މައްސަލައިގައި އެ ކުންފުނީގެ ގިނަ ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ނާޝިދު ވިދާޅުވި ގޮތުގައި މި މައްސަލައިގައި މަޖިލީހަށް ފުރަތަމަ ސިޓީއެއް ފޮނުވިއިރު، އެއީ އޮކްޓޫބަރު، 2023 ގައި، އޭޑީކޭ ގްރޫޕަށް ނުލިބި ވަނީ 167 މިލިއަން ރުފިޔާ ކަމަށެވެ. އެފަހުން އެވަރެޖުކޮށް މަހަކު 25 އާއި 30 މިލިއަން ރުފިޔާ ލިބުނު ނަމަވެސް އޭޑީކޭއިން ކޮންމެ މަހަކު 40 މިލިއަން ރުފިޔާ ބިލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އޭޑީކޭއަށް ލިބެން ޖެހޭ ފައިސާ ނުލިބި، ސަޕްލަޔަރުންނަށް ފައިސާ ނުދެއްކޭ ހިސާބަށް ކަންކަން ދިޔުމުން އެ ފައިސާ ލިބޭތޯ އެކި ގޮތްގޮތުން މަސައްކަތް ކުރި ކަމަށް ނާޝީދު ވިދާޅުވި އެވެ.

އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު، 11 ގައި އެ އަދަދު 200 މިލިއަން ރުފިޔާއަށް އެރި ހިސާބުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުގެ ސަމާލުކަމަށް ގެނެވުނެވެ. އަދި އަހަރު ނިމެން އުޅެނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ސިޓީއެއްގެ ޒަރިއްޔާއިން މިކަން ހައްލުކޮށްދޭން އެދިފައިވާނެ ކަމަށް ނާޝިދު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑުމެން ސިޓީއެއް ފޮނުވާފައި ދެންނެވިން 200 މިލިއަން ރުފިޔާއަށް މިހާރު އަރައިފިޔޭ. އަޅުގަނޑުމެން 2023 ގައި އަޅުގަނޑުމެންގެ އޮޕަރޭޝަންސް ހުއްޓުމަކަށް އަންނަނިއްޔޭ،" އޭނާ ވިދާޅުވި އެވެ.

އެފަހުން މި އަހަރުގެ ތެރޭގައި އިތުރު ސިޓީއެއް ފިނޭންސް މިނިސްޓަރަށް ފޮނުވުމަށް ފަހު، އޭޑިކޭގެ ހަރަދުތައް ނުކުރެވޭ ހިސާބަށް ދިޔުމުން މެއި، 20 ގައި ފިނޭންސަށް ސިޓީއެއް ފޮނުވައި އެ ކަންބޮޑުވުން ހިއްސާކުރި ކަމަށް ވެސް ނާޝީދު ވިދާޅުވި އެވެ. އަދި މި ފައިސާ މިހެން ހޯދަން އާދޭސް ކުރަން ޖެހުން ވަރަށް ބޮޑު "ސްޓްރެސް" އަކަށް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކަންކަން މި ހިސާބުގައި އޭޑީކޭއަށް އިތުރު ގޮންޖެހުންތަކެއް ދިމާވީ، ނަޝީދު ވިދާޅުވި ގޮތުގައި، އެ ކުންފުންޏަށް އޯވާޑްރާފްޓް ފެސިލިޓީއެއް ދޫކޮށްފައިވާ އެޗްއެސްބީސީން އަންނަ އޮކްޓޫބަރުން ފެށިގެން ރާއްޖޭގައި ބޭންކިން އޮޕަރޭޝަންތައް ހުއްޓާލާތީ އެވެ. އެޗްއެސްބީސީގެ އޮޕަރޭޝަންތައް ހުއްޓާލާތީ އެ ބޭންކުން ވަނީ އޯވާޑްރާފްޓް ފެސިލިޓީ އޮކްޓޫބަރުގެ ކުރިން ހަލާސްކުރަން އަންގާފަ އެވެ.

އޭޑީކޭ ގްރޫޕަށް ލިބެން ޖެހޭ ފައިސާގެ އަދާހަމަ އަދަދުތައް މާލިއްޔަތު ކޮމިޓީއާ ހިއްސާކުރައްވަމުން ނަޝީދު ވިދާޅުވީ 251 މިލިއަން ރުފިޔާގެ ތެރެއިން 55 މިލިއަން ރުފިޔާއަކީ އޭޑީކޭ ހޮސްޕިޓަލަށް ލިބެން ޖެހޭ ފައިސާ ކަމަށެވެ. ބާކީއަކީ އޭޑީކޭ ފާމަސީތަކުން ވިއްކާ ބޭހަށް ލިބެން ޖެހޭ ފައިސާ އެވެ.

މި މައްސަލަ ހައްލުކޮށްދޭން ކޮމިޓީ މެމްބަރުން ކުރެން އެ ހޮސްޕިޓަލުން އެދޭ ސަބަބު ހިއްސާކުރައްވަމުން ނަޝީދު ވިދާޅުވީ އޭޑީކޭ އާއި މެމްބަރުންގެ ވެސް ކަންބޮޑުވުމަކަށް ވާނީ މިހާރު އޮތް ހާލަތުގެ ސަބަބުން ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ހިސާބަށް ދިޔުން ކަމަށެވެ. ނަމަވެސް މިހާރު ކަންކަން ހުރީ އެ ހިސާބުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިބޭފުޅުންނަށް ވެސް އަޅުގަނޑުމެންނަށް ވެސް އޮންނާނެ ކޮންސާނަކަށް ވާނީ، އަޅުގަނޑުމެން މިދޭ ސާވިސްގެ ތެރޭގައި ލައިފް ސޭވިން ޑްރަގެއް އެއްޗެއް ނެތިގެން އެއްވެސް ފަރުދަކަށް ގެއްލުން، ފުރާނައަށް ގެއްލުންވުން. މިއީ އަޅުގަނޑުމެންގެ ކޮންސާނަކަށް ވާނީ. މިހާރު އެ ސްޓޭޖަށް އެބަދޭ،" ނާޝީދު ވިދާޅުވި އެވެ.

ކޮމިޓީގައި އޭޑީކޭއިން ވަނީ އެ ކުންފުނިން ހުށަހަޅާ ގޮތް މެމްބަރުންނާ ހިއްސާކުރައްވާފަ އެވެ. އެއީ ކުރިއަށް އޮތް ތިން މަހު 50 މިލިއަން ރުފިޔާ، އޭގެ ފަހުން 48 މިލިއަން ރުފިޔާ އާއި 47 މިލިއަން ރުފިޔާ އަހަރެއް ވަންދެން ދެއްކުމެވެ. މިގޮތަށް ފައިސާ ދެއްކި ނަމަވެސް 167 މިލިއަން ރުފިޔާ އޭޑީކޭއަށް ލިބެން ޖެހޭނެ ކަމަށް އެ ކުންފުނިން ކޮމިޓީގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox