އެޗްޑީސީ އަށް ފަސޭހަ މޮޅެއް, އެމްއެންޑީއެފް އަށް ޕޮލްކޯ އަތުން އުނދަގޫ މޮޅެއް

އިއްޔެގެ މެޗުގެ ތެރެއިން އެޗްޑީސީ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ކްލަބް އެޗްޑީސީ

އިއްޔެގެ މެޗުގެ ތެރެއިން އެޗްޑީސީ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ކްލަބް އެޗްޑީސީ

މިހާރު ކުރިއަށްދާ މާކަންޓައިލް އޮފީސް/ކޮމްޕެނީ ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިން ފަސޭހަކަމާ އެކު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ބަލިކުރިއިރު, ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އުނދަގޫ މޮޅެއް ހޯދައިފި އެވެ.

އިއްޔެ ހަވީރު އެޗްޑީސީ ޕާކު ކޯޓުގައި ކުޅުނު މެޗުގައި ވެމްކޯ އިން އެޗްޑީސީގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އެޗްޑީސީ އިން ގެންދިޔައީ 25-11, 25-17 އަދި 25-14 އިންނެވެ.

ރޭ ޕޮލްކޯގެ މައްޗަށް އެމްއެންޑީއެފް އިން ކުރިހޯދީ 3-2 ސެޓުންނެވެ. ޕޮލްކޯ އިން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އެޗްޑީސީ އަތުން 3-1 ސެޓުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި ސްޓެލްކޯ އަތުން 3-2 ސެޓުން ވަނީ މޮޅުވެފަ އެވެ.

ރޭގެ މެޗުގެ ސެޓުތައް ދިޔައީ, 25-21, 23-25, 19-25, 25-21 އަދި 15-12 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު އެމްއެންޑީއެފް އިން ކާމިޔާބުކުރި ނަމަވެސް ޖެހިގެން އައި ދެ ސެޓު ޕޮލްކޯ އިން ވަނީ މޮޅަށް ކުޅެ, ގެންގޮސްފަ އެވެ. އެކަމަކު ހަތަރު ވަނަ ސެޓުގަިއ އެމްއެންޑީއެފް އިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު, މި ސެޓު އެ ޓީމުން ވަނީ 25-21 އިން ކާމިޔާބު ކޮށްފަ އެވެ.

މެޗުގެ ފަހު ސެޓުގައި ވެސް ޕޮލްކޯ ޓީމުން ފެނިގެންދިޔައީ ހަތަރު ވަނަ ސެޓުގައި ކުރި މަސައްކަތް ތަކުރާރުކުރި މަންޒަރެވެ. އެއާ އެކު, މި ސެޓު ޕޮލްކޯ އިން ކާމިޔާބުކުރީ 15-12 އިންނެވެ.

މުބާރާތުގައި މިއަދު ހަވީރު ސްޓެލްކޯ އިން ކުޅޭނީ އެޗްޑީސީއާ އެވެ. އަދި މިރޭ، ޕޮލްކޯ އާއި ވެމްކޯ ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox