އިންޓަ އޮފީސް/ކޮމްޕެނީ ވޮލީބޯލް ޗެމްޕިއަންޝިޕް: ޕޮލިސް ބަލިކޮށް އޮފީސް ވޮލީގެ ތަށި ވެސް ވެމްކޯ އަށް

އިންޓަ އޮފީސް/ކޮމްޕެނީ ވޮލީބޯލް ޗެމްޕިއަންޝިޕް: ޕޮލިސް ބަލިކޮށް އޮފީސް ވޮލީގެ ތަށި ވެސް ވެމްކޯ އަށް

މާޗެންޓައިލް އިންޓަ އޮފީސް/ކޮމްޕެނީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ޕޮލިސް ކްލަބްގެ މައްޗަށް 3-1 ސެޓުން ކުރިހޯދާ ކްލަބް ވެމްކޯ އިން އޮފީސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ހުޅުމާލެ, އެޗްޑީސީ ވޮލީ ކޯޓުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު ޕޮލިސް ކްލަބުން ގެންދިޔަ ނަމަވެސް ޖެހިގެން އައި ތިން ސެޓުގައި ވެމްކޯ އިން ވަނީ ތަފާތު ރޫހެއްގައި ކުޅެ މެޗު ކާމިޔާބުކޮށްފަ އެވެ.

މި މެޗުގެ ސެޓުތައް ދިޔައީ, 17-25, 25-17, 25-21 އަދި 25-21 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ޕޮލިސް ކްލަބުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު, މި ސެޓުގައި ޕޮލިހުގެ ހައްވާ ރާޝިދާ (ހައްވަ) އަދި ޝަހާ ޝާމިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ. ހާއްސަކޮށް ސެޓުގެ ފަހުކޮޅު ޝަހާ ވަނީ ފެންވަރު ރަނގަޅު ސާވިސްތަކެއް ގާތްގާތުގައި ކާމިޔާބުކޮށް ބޮޑު ލީޑެއް ޕޮލިހަށް ނަގައިދީފަ އެވެ. އެއާއެކު، އެ ޓީމުން މި ސެޓު ގެންދިޔައީ 25-17 އިންނެވެ.

އެކަމަކު، ވެމްކޯ އިން ދެ ވަނަ ސެޓުގައި ފެނިގެންދިޔައީ ތަފާތުކޮށެވެ. މި ސެޓުގައި ވެމްކޯ އަށް ފުރަތަމަ ސެޓުގައި ދިމާވި ރިސީވްގެ މައްސަލަ ހައްލުކުރިއިރު, މި ސެޓުގައި ވެމްކޯގެ ސެޓަރު، ފާތިމަތު ޖޫޒާން ޒަރީރް (ޖޫޒް), އައިޝަތު މާޖިދާ (މާޖީ) ގެ މޮޅު ކުޅުން ފެނިގެންދިޔަ އެވެ.

މި ސެޓު ވެމްކޯ އިން ކާމިޔާބުކުރީ 25-17 އިންނެވެ.

ޕޮލިސް އާއި ވެމްކޯ ބައްދަލުކުރި ފައިނަލް މެޗުގެ ތެރެއިން ވެމްކޯގެ ކުޅުންތެރިން ޕޮއިންޓް ސްކޯކުރުމަށްފަހު އުފާފާޅުކުރަނީ - ފޮޓޯ: އަތޫފް އާތިފް / އަދަދު
ޕޮލިސް އާއި ވެމްކޯ ބައްދަލުކުރި ފައިނަލް މެޗުގެ ތެރެއިން ވެމްކޯގެ ކުޅުންތެރިން ޕޮއިންޓް ސްކޯކުރުމަށްފަހު އުފާފާޅުކުރަނީ - ފޮޓޯ: އަތޫފް އާތިފް / އަދަދު

ޕޮލިސް އާއި ވެމްކޯ ބައްދަލުކުރި ފައިނަލް މެޗުގެ ތެރެއިން ވެމްކޯގެ ކުޅުންތެރިން ޕޮއިންޓް ސްކޯކުރުމަށްފަހު އުފާފާޅުކުރަނީ - ފޮޓޯ: އަތޫފް އާތިފް / އަދަދު

ތިންވަނަ ސެޓާއި ހަތަރު ވަނަ ސެޓުގައި ވެސް ވެމްކޯ އިން ވަނީ ދެ ވަނަ ސެޓުގައި އެ ޓީމުން ދެއްކި ކުޅުން ތަކުރާރު ކޮށްފަ އެވެ. މި ދެ ސެޓު އެ ޓީމުން ގެންދިޔައީ, 25-21 އަދި 25-21 އިންނެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވެމްކޯގެ މާޖި އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ވެމްކޯގެ މާޖީ, ޖޫޒް, ނުހާ ވަހީދު, ޕޮލިސް ކްލަބްގެ, ހައްވަ, އައިމިނަތު އަރީޝާ (އަރީ), މަރިޔަމް އަޒުމާ އަދި އިމިގްރޭޝަންގެ ނަރީމާ އިދުރީސް (ނަންނި) އެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ވެމްކޯގެ ކޯޗު އަހުމަދު އަދީލް (ބޭބެ) އެވެ. އަދި މުބާރާތުގެ މޮޅު ކުޅުންތެރިއަކީ މާޖީ އެވެ.

އަންހެން ވޮލީގައި މި އަހަރު ބޭއްވި އެސޯސިއޭޝަން ކަޕް، ގައުމީ ލީގު އަދި ގައުމީ މުބާރާތް ވެސް ކާމިޔާބުކޮށްފައިވަނީ ކްލަބް ވެމްކޯ އިންނެވެ. އެހެންކަމުން، މިއީ، ރާއްޖޭގެ ވޮލީ ސީޒަނެއްގައި އަންހެން ޓީމެއްގެ އެންމެ ރަނގަޅު އެއް ނަތީޖާ އެވެ.

ވެމްކޯ އިން ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އެސޯސިއޭޝަން ކަޕް ކާމިޔާބުކުރިއިރު، ގައުމީ ތަށި ވަނީ މިލްކްކޮށްފަ އެވެ. ގައުމީ ލީގު ބޭއްވީ 2017 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށެވެ. އަދި ކޮމްޕެނީ މުބާރާތް އަންހެން ޑިވިޝަނަށް މި ބޭއްވީ ވެސް ގިނަ އަހަރުތަކަކަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox