އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރާތުގައި މި ފަހަރު ފަސް ޓީމެއް

Aug 7, 2024, 6:37 AM
މިދިޔަ އަހަރުގެ އިންޓަ އޮފީސް/ކޮމްޕެނީ ވޮލީ މުބާރާތުގެ ތެރެއިން.--- ފޮޓޯ: އަދަދު

މިދިޔަ އަހަރުގެ އިންޓަ އޮފީސް/ކޮމްޕެނީ ވޮލީ މުބާރާތުގެ ތެރެއިން.--- ފޮޓޯ: އަދަދު

އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރާތުގައި މި ފަހަރު ފަސް ޓީމެއް ވާދަކުރަން ހަމަޖެހިފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ހާމަކޮށްފި އެވެ.

މާކަންޓައިލް އޮފީސް/ކޮމްޕެނީ ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ކުރިއަށްދާނެ ކަމަށް ވީއޭއެމް އިން ކަލަންޑަރު ނެރެފައިވަނީ، މި މަހު 10-17 އަށެވެ. މުބާރާތް ކުޅެން ހަމަޖައްސާފައިވަނީ ހުޅުމާލޭ، އެޗްޑީސީ ޕާކް ވޮލީ ކޯޓުގަ އެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރަނީ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަދި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެވެ.

މި މުބާރާތުގެ ގަވާއިދު ނެރުނު ފަހުން، ސިފައިންގެ ޓީމުގެ ނަން، އެ މުއްސަސާގެ ކުންފުނީގެ ނަމަަށް ބަދަލުކުރަން ވީއޭއެމް އިން އެންގި އެވެ. އެކަަމަކު، މީގެ ކުރިން ވެސް މި މުބާރާތުގައި އެމްއެންޑީއެފްގެ ނަމުގައި ވާދަކޮށްފައިވާތީ، ބައިވެރިވާ ނަން ބަދަލުކުރުމެއްނެތި ކުރިއަށްދާން ފުރުސަތު ދީފައިވެ އެވެ.

މިދިޔަ އަހަރު، އޮފީސް/ކޮމްޕެނީ ވޮލީ މުބާރާތް ބާއްވާފައިވަނީ، ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. މިދިޔަ އަހަރު ތަށި ހޯދީ ކްލަބް އާބަންކޯ (މިހާރު އެޗްޑީސީ) އިންނެވެ. އެއީ، ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ފައިނަލުގައި އެ ޓީމުން ވަނީ ވެމްކޯ އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ.

މިދިޔަ އަހަރުގެ މުބާރާތަށް ބަލާއިރު، ހުޅުމާލޭ ޕާކް ވޮލީ ކޯޓުގައި ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ފަހު، ސެމީ ފައިނަލާއި ފައިނަލް ކުޅުނީ ސޯޝަލް އިންޑޯގަ އެވެ. އިންޑޯ އަށް ބަދަލުކުރީ ވިއްސާރައިގެ ސަބަބުން ސެމީ މެޗުތައް ފަސްކުރަން ޖެހުމުންނެވެ.

ވީއޭއެމް އިން މި ފަަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ޓީމު ލިސްޓު އިއުލާނުކޮށްފައިވާއިރު، ގައުމީ ފިރިހެން ވޮލީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ޓީމުތަކުގައި ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox