ވަރުގަދައަށް ވާދަކޮށް ޕޮލްކޯ އިން ސްޓެލްކޯ ބަލިކޮށްފި

ވަރުގަދައަށް ވާދަކޮށް ޕޮލްކޯ އިން ސްޓެލްކޯ ބަލިކޮށްފި

މިހާރު ކުރިއަށްދާ މާކަންޓައިލް އޮފީސް/ކޮމްޕެނީ ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ގައި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ނިސްބަތްވާ ޕޮލްކޯ އިން ސްޓެލްކޯގެ މައްޗަށް 3-2 ސެޓުން ކުރި ހޯދައިފި އެވެ.

ޕޮލްކޯ އިން މި މުބާރާތުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އެޗްޑީސީ އަތުން 3-1 ސެޓުން ވަނީ ބަލިވެފަ އެވެ. އަނެއްކޮޅުން ސްޓެލްކޯ އިން ފުރަތަމަ މެޗުގައި އެމްއެންޑީއެފް އަތުން 3-2 ސެޓުން ވަނީ ބަލިވެފަ އެވެ.

ރޭ ކުޅުނު މެޗު ޕޮލްކޯ އިން ކާމިޔާބުކުރީ 3-2 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 25-20, 24-26, 21-25, 30-28 އަދި 10-15 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ސްޓެލްކޯ އިން ވަނީ އިތުބާރާއެކު ކުޅެފަ އެވެ. އަދި މެޗުގެ ފަހުކޮޅު ޕޮލްކޯ ޓީމުގެ ކުޅުން ދަށްވުމުގެ ފައިދާ ނަގާ ސްޓެލްކޯ އިން މި ސެޓު ގެންދިޔައީ, 25-20 އިންނެވެ.

އެކަމަކު ދެވަނަ ސެޓުގައި, ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު, މި ސެޓުގައި އެއްވެސް ޓީމަކަށް ބޮޑު ލީޑެއް ނަގައިގެން ކުޅެވޭ ގޮތެއް ނުވި އެވެ. މި ސެޓު ޕޮލްކޯ އިން ގެންދިޔައީ ފަހު ވަގުތު ހޯދި ދެ ޕޮއިންޓުން 24-26 އިންނެވެ.

މެޗުގެ ތިންވަނަ ސެޓުގައި ސްޓެލްކޯގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު, މި ސެޓު ޕޮލްކޯ އިން ވަނީ 25-21 އިން ގެންގޮސްފަ އެވެ. އެކަމަކު ހަތަރުވަނަ ސެޓުގައި ރަނގަޅު ފައިޓެއްދީ ސްޓްލްކޯ އިން ވަނީ 30-28 އިން ސެޓު ކާމިޔާބު ކޮށްފަ އެވެ.

ނަމަވެސް ހަތަރުވަނަ ސެޓުގައި ސްޓެލްކޯއިން ދެއްކި ކުޅުން ފަސްވަނަ ސެޓުގައި އެ ޓީމަށް ތަކުރާރުނުކުރެވި, ޕޮލްކޯ އިން ވަނީ ފަހު ސެޓު 10-15 އިން ކާމިޔާބު ކޮށްފަ އެވެ.

މި މުބާރާތުގައި މިއަދު ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު, އެޗްޑީސީ އިން ނުކުންނާނީ ވެމްކޯ އާ ދެކޮޅަށެވެ. އަދި މިރޭ, އެމްއެންޑީއެފް އިން ނުކުންނާނީ ޕޮލްކޯ އާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox