މި ސަރުކާރުން ވައުދުވި ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް އަދިވެސް ނުފެށޭ ކަމަށް ހައިދަރު ވިދާޅުވެއްޖެ

ހައުސިން މިނިސްޓަރު ހައިދަރު މިއަދު މަޖިލީހުގެ ތަޅުމުގައި: އޭނާ ވަނީ ވައުދުވި ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް އަދިވެސް ނުފެށޭ ކަމަށް އެއްބަސްވެފަ --- ފޮޓޯ: މަޖިލިސް އިދާރާ

ހައުސިން މިނިސްޓަރު ހައިދަރު މިއަދު މަޖިލީހުގެ ތަޅުމުގައި: އޭނާ ވަނީ ވައުދުވި ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް އަދިވެސް ނުފެށޭ ކަމަށް އެއްބަސްވެފަ --- ފޮޓޯ: މަޖިލިސް އިދާރާ

ރިޔާސީ ކެމްޕޭނުގައި ޕީއެންސީން ވައުދުވި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން އެއްވެސް މަޝްރޫއެއް މިހާތަނަށް ފެށިފައިނުވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހައިދަރު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އޮތީ މަޑުޖެހިފަ ކަމަށެވެ.

އާ މަޝްރޫއެއް ފެށެން އޮތީ ކުރީ ސަރުކާރުގެ މަޝްރޫއުތަކުގައި ޖެހިފައިހުރި މައްސަލަތައް ހައްލުކޮށްގެން ކަމަށާއި ސަރުކާރުން ކުރަމުންދަނީ އެ މަސައްކަތް ކަމަށް ވެސް ހައިދަރު ވިދާޅުވި އެވެ.

"އެހެންވީމަ ތިބޭފުޅުންނަށް ތިބޭފުޅުންނަށް ފެނިވަޑައިނުގަންނަވަނީ އަޅުގަނޑުމެން އާ މަޝްރޫއެއް އެހެން ތަނެއްގަ ފެށިގެން ކުރިއަށް ނުގެންދާތަން. އެހެންނަމަވެސް އަޅުގަނޑު ޔަގީންކަންދެން މި އަހަރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ ވަރަށް ބޮޑު މަޝްރޫއެއް ފެށިގެންދާނެ،" ހައިދަރު ވިދާޅުވި އެވެ.

ރިޔާސީ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގިނަ ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ނަމަވެސް، ގައުމުގެ އިގުތިސޯދީ ހާލަތު ގޯސްވެ ރަށްރަށުގައި ފެށިފައި ހުރި ތަރައްގީގެ އެކި މަޝްރޫއުތައް ވެސް ވަނީ މަޑުޖެހިފަ އެވެ. އަލަށް މަޝްރޫއެއް، ހާއްސަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް އެއްވެސް ރަށެއްގައި ފެށިފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން މީގެ ކުރިންވެސް އިދިކޮޅު ފަރާތްތަކުން ދިޔައީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ސަރުކާރުން އެކަށޭނަ މަސައްކަތެއް ނުކުރާ ކަމަށް އެ ފަރާތްތަކުން ތުހުމަތު ކުރެ އެވެ. ނަމަވެސް ސަރުކާރުން އެ ވާހަކަތައް މީގެ ކުރިން ދިޔައީ ދޮގު ކުރަމުންނެވެ.

ބޯހިޔާވަހިކަމާ ބެހޭ ގިނަ ސުވާލުތަކެއް ކުރި މިއަދު ޖަލްސާގައި ވަޒީރުގެ ސާފު ޖަވާބުތަކެއް ނުލިބި، ހައުސިން މިނިސްޓަރު ހާޒިރުކުރި މިއަދުގެ މަޖިލީހުގެ ޖަލްސާވެސް ހޫނުވި އެވެ. އެގޮތުން އިދިކޮޅު ހަތަރު މެންބަރުންގެ ނަން އިއްވާ މަޖިލިސް މިހާރު ވަނީ މެދުކަނޑާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox