ޕޮލްކޯ ބަލިކޮށް ޗެމްޕިއަން އެޗްޑީސީން މޮޅަކުން ފަށައިފި

އެޗްޑީސީ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އެޗްޑީސީ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މިހާރު ކުރިއަށްދާ މާކަންޓައިލް އޮފީސް/ކޮމްޕެނީ ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ބަލިކޮށް, އެންމެ ފަހުގެ ޗެމްޕިއަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މޮޅަކުން މުބާރާތް ފަށައިފި އެވެ.

ޕޮލްކޯގެ މައްޗަށް އެޗްޑީސީ އިން ކުރިހޯދީ 3-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް އެޗްޑީސީން ގެންދިޔައީ, 25-12, 21-25, 25-19 އަދި 25-15 އިންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ޕޮލްކޯ ޓީމު ފެނިގެންދިޔައީ ވަރަށް ދަށްކޮށެވެ. އޭގެ ފައިދާ ނަގާ މި ސެޓު އެޗްޑީސީ އިން ވަނީ ފަސޭހަކަމާ އެކު, 25-12 އިން މި ސެޓު ނަގައިފަ އެވެ. އެކަމަކު، ޖެހިގެން އައި ސެޓުގައި ޕޮލްކޯ ފެނިގެންދިޔައީ ތަފާތުކޮށެވެ. އެޗްޑީސީ އަށް ސެޓުގެ ފަހު ކޮޅު ހެދުނު ގޯސްތަކުގެ ފައިދާ ނަގާ މި ސެޓު ޕޮލްކޯ އިން ވަނީ 25-21 އިން ކާމިޔާބު ކޮށްފަ އެވެ.

މެޗުގެ ތިން ވަނަ ސެޓުގައި އެޗްޑީސީ އިން ވަނީ އަލުން ކުޅުން ރަނގަޅުކޮށް އެ ޓީމުގައި ތިބި ތަކުރިބާކާރު ކުޅުންތެރިންގެ ބޭނުން ހިފައިފަ އެވެ. އެ ގޮތުން މި ސެޓުގައި އެޗްޑީސީގެ އާދަމް ފައިރޫޒް, އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އަދި ޝަމާއިލް ހުސެއިންގެ މޮޅު ކުޅުން ފެނިގެންދިޔައިރު, މި ސެޓު އެޗްޑީސީ އިން ކާމިޔާބުކުރީ 25-19 އިންނެވެ.

ޖެހިގެން އައި ހަތަރު ވަނަ ސެޓުގައި ޕޮލްކޯ ޓީމު ފެނިގެންދިޔައީ ދަށް ކޮށެވެ. އަމިއްލަ ގިނަ ގޯސްތަކެއް ހެދި އެ ޓީމަށް މި ސެޓު ގެއްލުނީ 25-15 އިންނެވެ.

އިއްޔެ ހަވީރު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މައްޗަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ވަނީ 3-2 ގެ ނަތީޖާއަކުން ކުރިހޯދައިފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 24-26, 25-21, 26-28, 25-18 އަދި 15-12 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox