ފިނޭންސުން ބުނި ތާރީހަށް މާލީ ހިސާބުތައް އާއްމެއް ނުކުރި، މިހާރު 50 ދުވަސް

ވީކްލީ ފިސްކަލް ރިޕޯޓުތައް ރަމްޒުކޮށްދޭ ކުރެހުމެއް -- އާޓްވޯކު: އަދަދު

ވީކްލީ ފިސްކަލް ރިޕޯޓުތައް ރަމްޒުކޮށްދޭ ކުރެހުމެއް -- އާޓްވޯކު: އަދަދު

ދައުލަތުގެ މާލީ ހިސާބުތަކުގެ ރީކޮންސިލިއޭޝަން މަސައްކަތް ނިންމުމަށް ފަހު ޖުލައިގެ ފަހު ހަފުތާގެ ތެރޭގައި އާންމުކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނުމަށް ފަހު އެ ތާރީހަށް ވެސް ހިސާބުތަކެއް އާންމެއް ނުކުރެވުނެވެ.

ފިނޭންސުން އެންމެ ފަހުން ދައުލަތުގެ މާލީ ހިސާބުތަކުގެ އަދާހަމަކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓެއް އާންމުކުރީ ޖޫން 20, ގަ އެވެ. އެއީ މީގެ 50 ދުވަސް ކުރިންނެވެ. އެ ފަހުން ދައުލަތަށް ލިބުނު އާމްދަނީއެއް ކުރި ހަރަދެއް އަދި ބަޖެޓުގައި ބާކީ ހުރި ވަރެއް އެނގޭނެ ގޮތެއް އަދި ނެތެވެ.

މާލީ ހިސާބުތައް އާންމުނުކުރާ މައްސަލައިގައި ހަނު ތިބުމަށް ފަހު، މީޑިއާތަކާއި އާންމުންނާއި އިދޮކޮޅު ސިޔާސީ ޕާޓީތަކުން ޕްރެޝަރުކުރަން ފެށުމުން ފިނޭންސުން ބުނީ އެ ހިސާބުތައް އާންމުނުކުރެވިގެން އުޅެނީ ރީކޮންސިލިއޭޝަން މަސައްކަތް ކުރާތީ ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި، ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް އާންމުކުރުމާ ގުޅޭ ގޮތުން ޖަހާފައިވާ ނޯޓިސް ފެންނަ ސްކްރީން ޝޮޓެއް --
ފިނޭންސް މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި، ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް އާންމުކުރުމާ ގުޅޭ ގޮތުން ޖަހާފައިވާ ނޯޓިސް ފެންނަ ސްކްރީން ޝޮޓެއް --

ފިނޭންސް މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި، ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް އާންމުކުރުމާ ގުޅޭ ގޮތުން ޖަހާފައިވާ ނޯޓިސް ފެންނަ ސްކްރީން ޝޮޓެއް --

މި މަސައްކަތް ނިންމުމަށް ފަހު ޖުލައިގެ ހަތަރު ވަނަ ހަފުތާގެ ތެރޭގައި ހިސާބުތައް އާންމުކުރާނެ ކަމަށް ފިނޭންސުގެ ވެބްސައިޓުގައި ނޯޓިސްއެއް ޖަހާފައިވެ އެވެ. ނަމަވެސް މި ތާރީހު ފަހަނައަޅައި ގޮސް ހަފުތާއެއް ހިނގިއިރު، އަދިވެސް އެއްވެސް ހިސާބެއް ފިނޭންސުގެ ވެބްސައިޓުގައި ޝާއިއުކޮށްފައި ނެތެވެ.

މާލީ ހިސާބުތައް އާންމު ނުކުރުމުގެ އިތުރުން، މިފަހުން ފިނޭންސް މިނިސްޓްރީން ކަންކަން ކުރަމުން އަންނަނީ މާލީ ހާމަކަމުގެ އަސާސާ ދިމާ އިދިކޮޅަށެވެ. އޭގެ އެއް މިސާލަކީ މެދު ރާސްތާގެ ފިސްކަލް އިސްތިރާޖު (ސްޓްރެޓަޖީ) ބަޔާނާއި ދަރަނީ އިސްތިރާޖު ބަޔާން ސިއްރިއްޔާތުގައި މަޝްވަރާކުރަން ރައްޔިތުންގެ މަޖިލީހުގައި އެދުމެވެ.

ފިނޭންސުން އެދިގެން، މި ބަޔާންތައް މަޝްވަރާކުރަން ބާއްވާ ކޮމިޓީ ސިއްރުކުރަން މާލިއްޔަތު ކޮމިޓީން ވަނީ ރުހުންދީފަ އެވެ. އެކަމަކު މިއީ 2018 އިން ފެށިގެން ގަވާއިދުން ފިނޭންސުގެ ވެބްސައިޓުގައި އެންމެނަށް ފެންނާނެހެން އާންމުކުރަމުން އައި ރިޕޯޓުތަކެކެވެ.

މި މައްސަލައިގައި އިދިކޮޅު ސިޔާސީ މީހުންނާއި އާންމުންގެ ކަންބޮޑުވުން ހުރި ނަމަވެސް މިއަދާ ހަމައަށް ސަރުކާރުން ވެސް އަދި ރައްޔިތުންގެ މަޖިލީހުން ވެސް މިކަމުގައި އެއްވެސް އެއްޗެއް ނުބުނެ އެވެ.

އިތުރަށް ކިޔާލަން - މާލީ ހިސާބުތައް "ރީކޮންސިލިއޭޝަން" ގައި ތާށިކުރުން، ސަރުކާރަށް ލިބޭ ޗޮއިސްއެއް ނޫން

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox