ކުރީގެ ސިޔާސީ ލީޑަރުންގެ ފިކުރު ރައްޔިތުންނަށް ކަމުނުދާ ކަމަށް ނައިބު ރައީސް ވިދާޅުވެއްޖެ

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ: ސިޔާސީ ލީޑަރުން ތިބީ ޖީލެއް ހަލާލުކޮށްލާފައި ކަމަށް ނައިބު ރައީސް ހުސެއިން ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަނީ: ސިޔާސީ ލީޑަރުން ތިބީ ޖީލެއް ހަލާލުކޮށްލާފައި ކަމަށް ނައިބު ރައީސް ހުސެއިން ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ސިޔާސީ ގޮތުން އިސްކޮށް ތިބި ލީޑަރުން ތާއީދުކޮށް އުފެދިފައިވާ ފިކުރުތަކަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށާއި އެ ފިކުރުތައް ރައްޔިތުންނަށް ކަމު ނުދާ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ޕޯޑިއަމަކުން ނުފެންނަތާ ދުވަސްތަކެއް ފަހުން އެ ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީން ހޯދި ކާމިޔާބީއާ ގުޅުވަ އެވެ.

މި ވާހަކަ ފައްޓަވަމުން ނައިބު ރައީސް ހުސެއިން ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން އިސްކޮށް ތިބި ލީޑަރުންގެ ފިކުރުތަކުގައި ގެންގުޅުނީ ރައްޔިތުންގެ ބޭނުންވާ ކަންކަން ނޫންކަން ކޮންމެ އިންތިހާބަކުން ސާފުވެ އެވެ.

"ސިޔާސީ ގޮތުން އަޅުގަނޑުމެންގެ އިސްކޮށް ތިއްބެވި ލީޑަރުން މިދިޔަ މާޒީވި ދުވަސްތަކުގައި، ތާރީހުން ވެސް ހެކި ދޭން އޮތީ، އެ ލީޑަރުން އަޅުގަނޑުމެން ގެންގުޅެފައި ތިބީ، ނޫނީ އެ ލީޑަރުންނަށް ތާއީދުކޮށް އުފެދިފައިވާ ފިކުރުތަކުގައި ގެންގުޅެމުން އައީކީ މިއަދު ރައްޔިތުން ބޭނުންވި ކަންކަން ނޫންކަން ސާފުވެގެން އެބަދޭ މިދާ ކޮންމެ އިންތިހާބަކުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ އެ ލީޑަރުންގެ ފަރާތުން ދަސްވީ ކަމަކީ އަދި މުޖުތަމައުގެ ތެރެއިން ފެންނަން ހުރީ، އުފެދުނު ނަފުރަތާއި ރުޅިވެރިކަމާއި އަދާވާތްތެރިވުމާއި ސިޔާސީ ގޮތުން ޒާތީކޮށް ބޭނުންވާ އެއްޗެއް ބުނަން ކަމަށެވެ. ނަމަވެސް، މިއީ ރައްޔިތުން ބޭނުންވާ ގޮތް ނޫން ކަން ރައްޔިތުންގެ ވޯޓުން ފެނުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިކަމަށް އެންމެ ބޮޑަށް ބާރު ދޭން ނައިބު ރައީސް ބޭނުންކުރެއްވީ ނިމިދިޔަ މަޖިލިސް އިންތިހާބުގައި ޕީއެންސީން ހޯދި ބޮޑު ކާމިޔާބީ އެވެ. ނައިބު ރައީސް ވިދާޅުވީ އެ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ވެސް ރުޅިވެރިކަމާއި ނަފުރަތު އުފައްދަން މަސައްކަތް ކުރި ކަމަށާއި އެ މާޒީ އިޔާދާ ކުރަން ނޫނެކޭ ބުނީ ރައްޔިތުން ކަމަށެވެ.

އެހެން ވިދާޅުވުމަށް ފަހު އެމަނިކުފާނު ވަނީ ސިޔާސީ ލީޑަރުން ޖީލެއް ހަލާކުކޮށްލާފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިއަދު މި ފެންނަ އިޖުތިމާއި ބޮޑެތި މައްސަލަތައް ވެސް ހުރީ އެ ސަބަބާ ހުރެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"މާޒީން އަޅުގަނޑުމެންނަށް ލިބުނީ ވަރަށް ހިތި ތަޖުރިބާއެއް. [] އޭގެ ސަބަބުން އަޅުގަނޑުމެންގެ ޖީލެއް ހަލާކޮށްލާފައޭ އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން އެ ތިބީ. އެހެންކަމުން އޭގެ ހިތި ނަތީޖާ. މިއަދު ވެސް މި މުޖުތަމައު ތެރެއިން މި ފެންނަ އިިޖުތިމާއީ ބޮޑެތި މައްސަލަތައް އެހެރީ އެހެރަ ސަބަބުތަކާ ހެދިއޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސްގެ ވާހަކައިގައި އެމަނިކުފާނު ވަނީ ރައްޔިތުންގެ މެދުގައި ނަފުރަތު އުފައްދަން ސިޔާސީ ވެރިން ދައްކަވާ ވާހަކަތަކުގެ ހިތި ނަތީޖާ ބަޔާންކުރައްވަމުން ވިދާޅުވީ ސިޔާސީ ގޮތުން އަރައިރުންވާން ހަދައިގެން މުޅި ރާއްޖޭގައި އަނިޔާވެރިކަން މޫލާފައިވާ ކަމަށެވެ.

"މި ދަންނަވާ ވެރިން ނިކުމެ އެކި ޒާތްޒާތުގެ ވާހަކަ ދެއްކި ކަމުގައި ވިޔަސް، ރައްޔިތުންގެ ތެރޭގައި ނަފުރަތާއި ރުޅިވެރިކަން އުފައްދައިގެން އޭގެ ނަތީޖާއަކަށްވީ އަޅުގަނޑުމެންގެ ދޭ ދޭ ފަރުދުންގެ މެދުގައި ތަޅާފޮޅުން ހިންގުން. ޕާޓީ ނިޒާމުގެ ތެރޭގައި ވެސް ތަޅާފޮޅުން ހިންގުން. އަޅުގަނޑުމެންގެ ގާނޫނީ މުއައްސަސާތައް ނެރެގެން ވިޔަސް އަޅުގަނޑުމެން އަނިޔާކުރުން،" އެމަނިކުފާނު ވިދާޅުވި އެވެ.

"މިހެން ގޮސްފައި އަނިޔާވެރިކަން އޮތީ މުޅި ރާއްޖޭގައި ފޫލައި، މޫލާފައި،"

ނައިބު ރައީސް ހުސެއިން ވަނީ ރައްޔިތުން މިހާރު ބޭނުންވަނީ ސުލްހަވެރިކަން ގާއިމުކުރަން ކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެ އަމާޒަށް ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ވެސް އެ މަގުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox