އިދިކޮޅު ޕާޓީތަކާ މަޝްވަރާކުރަން ޖެހޭ ކަމަށް މުއިއްޒު ގަބޫލެއް ނުކުރެއްވި

މުހައްމަދު މުއިއްޒު: އިދިކޮޅު ޕާޓީތަކާ މަޝްވަރާ ކުރުމަކީ ރައްޔިތުން އެމަނިކުފާނާ ހަވާލުކޮށްފައިވާ މެންޑޭޓުން ބޭރު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު މުއިއްޒު: އިދިކޮޅު ޕާޓީތަކާ މަޝްވަރާ ކުރުމަކީ ރައްޔިތުން އެމަނިކުފާނާ ހަވާލުކޮށްފައިވާ މެންޑޭޓުން ބޭރު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން އިސްލާހުކުރަން ޖެހޭ ކަންކަމާ ގުޅިގެން މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައިވާ ދަނޑިވަޅެއްގައި، އިދިކޮޅާ މަޝްވަރާ ކުރަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ އިދިކޮޅު ޕާޓީތަކާ މަޝްވަރާ ކުރުމަކީ ރައްޔިތުން އެމަނިކުފާނާ ހަވާލުކޮށްފައިވާ މެންޑޭޓުން ބޭރު ކަމެއް ކަމަށެވެ. 

ރައްޔިތުން އެމަނިކުފާނާ ވެރިކަން ހަވާލުކުރެއްވީ އިއުލާންކުރެއްވި މެނިފެސްޓޯ އާއި ވައުދުތައް ފުއްދުމަށް ކަމަށާއި ފަސް އަހަރުގެ ދައުރު ފުރިހަމަކުރައްވާނީ ރައްޔިތުން ހަވާލުކުރި މަސައްކަތް ނިންމުމުގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

"އަޅުގަނޑު ހިތުން ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓުން ބޭރު ކަމެއް އެއީ. ރައްޔިތުން އަޅުގަނޑަަށް ދީފައިވާ މެންޑޭޓަކީ ފަސް އަހަރުގެ ދައުރެއް ތިމަންނަމެން ހަވާލުކުރީއޭ، އަޅުގަނޑު އިއުލާނުކުރި މެނިފެސްޓޯ އާއި ވައުދުތަކާ އެއްގޮތަށް ކަންކަން ކުރަން. އެހެންވީމަ އަޅުގަނޑު ދާނީ ރައްޔިތުން އަޅުގަނޑާ ހަވާލުކުރި މަސައްކަތައިގެން ކުރިއަށް،" މުއިއްޒު ވިދާޅުވި އެވެ. 

ނަޝީދު އިއްޔެ ވަނީ ގާނޫނުއަސާސީ އާއި ރާއްޖޭގައި ވެރިކަން ކުރަމުން އަންނަ ގޮތަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި އެކަމުގެ ބަހުސް ކުރަން މަޝްވަރާގެ މޭޒަށް އައުމަށް ގޮވާލައްވާފަ އެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ އެބޭފުޅުން ގެންނަން ބޭނުންވެވަޑައިގަންނަވާ ނިޒާމީ ބަދަލުތަކެއް އިއްޔެ އާންމު ކުރައްވައި، އެ ބަދަލުތައް ގެނައުމަށްޓަކައި ސަރުކާރުން މަޝްވަރާ ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ. 

ސަރުކާރުން މަޝްވަރާގެ މޭޒަށް އައުމަށް ނަޝީދު ގޮވާލައްވައިފި

ގާނޫނުއަސާސީއާއި ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަޝްވަރާކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައިފިއެވެ. މި ބަދަލުތަކުގެ ތެރޭގައި ދައުލަތުގެ ބާރުތައް ވަކިކުރުމާއި އަސާސީ ހައްގުތައް ކަށަވަރުކުރުން ހިމެނޭއިރު، މިކަން ހާސިލުކުރުމަށް ސުލްހަވެރި ހަރަކާތްތައް ހިންގާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ބަދަލުތައް މިހާރު ބޭނުން. އެއީކީއެއް 2028 ވަނަ އަހަރުގެ ފަހުން އަޅުގަނޑުމެން ހޯދާންވީ ބަދަލެއް ނޫން. ދިވެހި ސަރުކާރަށް އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއެކު ދަންނަވަން އަޅުގަނޑުމެން މި ވާހަކަ މި ދައްކަނީ އިހުލާސްތެރިކަމާއެކުގައި. މޭޒު ދޮށަށް ވަޑައިގަންނަވާށޭ،" ނަޝީދު ވިދާޅުވި އެވެ. 

ނަޝީދާއި ފައްޔާޒް ހުށަހެޅުއްވި "ބޮޑު ބަދަލު" ގެ ތެރޭގައި ސަރުކާރާއި ދައުލަތުގެ ވެރިޔަކު އިންތިހާބު ކުރުމާއި މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުގެއަށް މަޖިލީހާއި ވެރިކަން ކުރާ ފަރާތުން ހިންގާ ބާރުވެރިން ނައްތާލުމާއި އަސާސީ ހައްގުތަކާއި އިގްތިސާދީ ރައްކާތެރިކަން ކަށަވަރު ކުރުން ހިމެނެ އެވެ. 

އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ވަނީ ސަރުކާރު އިސްލާހު ކުރުމަށް ޖުމްލަ 12 ޑިމާންޑެއް ވެސް ކޮށްފަ އެވެ. ނަމަވެސް އެ ޑިމާންޑުތަކާ ގުޅިގެން ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. 

އެމްޑީޕީން އަންނަނީ އެ ޕާޓީން ކުރި ޑިމާންޑުތައް ތަންފީޒުކުރުމަށް ގޮވާލައި ސިލްސިލާކޮށް ކޮންމެ ރެޔަކު އިހުތިޖާޖު ކުރަމުންނެވެ. އޭގެއިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފް އިން ވެސް އަންނަނީ ސަރުކާރާ ދެކޮޅަށް ސިލްސިލާކޮށް އިހުތިޖާޖުތައް ކުރިއަށް ގެންދަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox