ރާއްޖެއިން ހައްޔަރުކުރި ރަޝިޔާގެ ހެކަރު އެމެރިކާއިން ދޫކޮށްލައިފި

ރަޝިޔާގެ ހެކަރު، ރޯމަން ސެލެޒްނޯވް، 40,: އޭނާ މިހާރު ހައްޔަރުކުރީ ދިވެހި ފުލުހުންނާއި އެމެރިކާގެ ސީކްރެޓް ސާވިސް ގުޅިގެން --- އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު

ރަޝިޔާގެ ހެކަރު، ރޯމަން ސެލެޒްނޯވް، 40,: އޭނާ މިހާރު ހައްޔަރުކުރީ ދިވެހި ފުލުހުންނާއި އެމެރިކާގެ ސީކްރެޓް ސާވިސް ގުޅިގެން --- އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު

އާއިލާގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރަން ގޮސް ހުއްޓާ އެއާޕޯޓުން ހައްޔަރުކޮށް އެމެރިކާއާ ހަވާލުކުރި ރަޝިޔާގެ ހެކަރު، ރޯމަން ސެލެޒްނޯވް، 40، އެމެރިކާއިން ދޫކޮށްލައިފި އެވެ.

އޭނާ ދޫކޮށްލަން އެމެރިކާއިން ނިންމީ ރަޝިއާ އާއި ހުޅަނގުގެ ގައުމުތަކާ ދެމެދު މި ފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު ކުށްވެރިން ބަދަލުކުރުމުގެ ޕްރޮގްރާމުގެ ދަށުންނެވެ. މި ޕްރޮގްރާމުގައި 24 ކުށްވެރިއަކު ވަނީ ދޫކޮށްލާފަ އެވެ.

ރާއްޖެއިން ހައްޔަކުރި ހެކަރަކީ އޭރު ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ވެސް ކުރި އެ ގައުމުގެ އޮލިގާކުންގެ ތެރޭ ހިމެނޭ މަހުޖަނެއްގެ ދަރި އެކެވެ. މީގެ ކުރިން 2022 ގައިވެސް ކުށްވެރިން ބަދަލުކުރުމުގެ ޕްރޮގްރާމެއްގެ ދަށުން އޭނާ ދޫކޮށްލަން ރަޝިއާއިން އެދުނެވެ. އެކަމަށް އެމެރިކާއިން އެއްބަސްވި ނަމަވެސް ފަހު ވަގުތު ނިންމުން ބަދަލުކުރީ އެވެ.

Advertisement

ހެކަރުންގެ ތެރޭގައި ސެލެޒްނޯވް މަޝްހޫރު ވެފައިވަނީ "ޓްރެކް2"، "ބުލްބާ" އަދި "އެންސަސް-3" ގެ ނަމުންނެވެ. ސެލެޒްނޯވް ރާއްޖެއިން ހައްޔަރުކުރިއިރު އެކުގައި ލޯބިވެރިޔާވެސް ހުއްޓެވެ. ނަމަވެސް ފުލުހުން އޭނާ ހައްޔަރެއް ނުކުރެ އެވެ.

މައްސަލާގެ ފަސްފަހަތް

ޖުލައި، 2014، ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސެލެޒްނޯވް ހައްޔަރުކުރީ އެތައް މިލިއަން ބައެއްގެ ކްރެޑިޓު ކާޑު ވަގަށް ނެގުމުގެ ތުހުމަތުގަ އެވެ. ހައްޔަރުކުރުމަށްފަހު އެމެރިކާގެ ސީކްރެޓް ސާވިސްގެ އެޖެންޓުން އޭނާ ގެންދިޔައީ ގުއާމުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށެވެ.

ރަޝިއާ އަދި ސެލެޒްނޯވްގެ ވަކީލުން ވަނީ އޭނާ ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށާއި އެމެރިކާއިން އޭނާ ރަހީނުކުރީ ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ. ރާއްޖޭގެ ބައެއް ނޫސްތަކުން އެއްކުރި މައުލޫމާތުތަކުން، ދިވެހި ފުލުހުންނަށް އެމެރިކާގެ އެޖެންޓުން ދެއްކީ އަސްލެއް ނެތް އިންޓަޕޯލް އަމުރެއް ކަމަށް ވެސް މީގެ ކުރިން ތުހުމަތުކުރި އެވެ.

ނަމަވެސް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުންތަކުގައި ގުއާމު އަދި އެމެރިކާގެ ކޯޓުތަކުން ވެސް ވަނީ ސެލެޒްނޯވް ހައްޔަރުކުރީ ރަނގަޅަށް ކަމަށް ބުނެފަ އެވެ.

އޭނާ ހައްޔަރުކުރި އޮޕަރޭޝަނަށް ސީކްރެޓް ސާވިސްގެ އެޖެންޓުން ރާއްޖެ އައި ނަމަވެސް ހައްޔަރުކުރީ ދިވެހި ފުލުހުން ކަަމަށް ދެ ގައުމުގެ ސަރުކާރުން ވެސް އޭރު ބުންޏެވެ. އެމެރިކާއިން ބުނާ ގޮތުން އެ ގައުމުގެ އެޖެންޓުން ރާއްޖެ އައީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިންނެވެ. އަދި ދެ ގައުމުގެ ދެމެދު ކުށްވެރިން ބަދަލުކުރުމުގެ މައި އެއްބަސްވުމެއް ނެތް ނަމަވެސް މި މައްސަލާގައި ވަކި އެއްބަސްވުމަކަށް އާދެވެނު ކަމަށް އެމެރިކާ ސަރުކާރުން ކޯޓުގައި ބުންޏެވެ.

އެމެރިކާއިން އޭނާ ދޫކޮށްލަން ނިންމީ 27 އަހަރުގެ ޖަލު ހުކުމެއް އިއްވިތާ ހަތް އަހަރު ފަހުންނެވެ. އޭނާގެ މައްޗަށް އެމެރިކާއިން ބޭންކު ފްރޯޑުގެ ފަސް ދައުވާ، ރައްކާތެރިކޮށްފައިވާ ކޮމްޕިއުޓަރުތަކަކަށް ގެއްލުން ދިނުމުގެ އަށް ދައުވާ، ރައްކާތެރިކޮށްފައިވާ ކޮމްޕިއުޓަރުތަކަކުން މައުލޫމާތު ނެގުމުގެ އަށް ދައުވާ، 15 ނުވަތަ އެ އަށް ވުރެ ވެސް ގިނަ އެކްސެސް ޑިވައިސް ގެންގުޅުމުގެ ދައުވާ، މަނާކޮށްފައިވާ އެކްސެސް ޑިވައިސް ވިއްކުމުގެ ދެ ދައުވާ އަދި އައިޑެންޓިޓީ ތެފްޓުގެ ފަސް ދައުވާ ކުރި އެވެ.

އެމެރިކާގެ ތަހުގީގީ އިދާރާތަކުން ބުނާ ގޮތުގައި ސެލެޒްނޯވް ބައިވެރިވި ހެކިން ސްކީމެއްގެ ދަށުން އާންމުންގެ އެކައުންޓުތަކުން 50 މިލިއަން އެމެރިކާ ޑޮލަރު އަދި ބޭންކުތަކުން ނުވަ މިލިއަން ޑޮލަރު ފޭރުނެވެ. އަދި، އޭނާ ވަގަށްނެގި ކްރެޑިޓް ކާޑުގެ މައުލޫމާތު ވިއްކުމުގެ ސަބަބުން ބޭންކުތަކަށް 169 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox