ރަފާ، ޓީޓީ ކޯޗިން އަށް މަގުކޮށަނީ ވެސް އިސްކަންދަރު ސްކޫލުން

މުބާރާތުގެ މެޗެއްގެ ތެރެއިން އިއްޔެ، ރަފާ، އިސްކަންދަރު ކުޅުންތެރިންނަށް ބުނެދެނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

މުބާރާތުގެ މެޗެއްގެ ތެރެއިން އިއްޔެ، ރަފާ، އިސްކަންދަރު ކުޅުންތެރިންނަށް ބުނެދެނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްދާ މި އަހަރުގެ އިންޓަ ސްކޫލް ޓޭބަލް ޓެނިސް މުބާރާތް އިއްޔެ ފެށިއިރު, މި މުބާރާތުގައި ސްކޫލްތަކުގެ ކޯޗުންގެ ގޮތުގައި ގައުމީ ޓޭބަލް ޓެނިސް ޓީމުގެ ގިނަ ކުޅުންތެރިންތަކެއް އަންނަނީ ހަރަކާތްތެރި ވަމުންނެވެ. އޭގެ ތެރެއިން، ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔަކީ އިސްކަންދަރު ސްކޫލްގެ ކޯޗެއްގެ ގޮތުގައި ފެނިގެންދާ އެ ސްކޫލްގެ ކުރީގެ ދަރިވަރު، އައިޝަތު ރަފާ ނާޒިމް އެވެ.

ރަފާ، 20، އެންމެ ފުރަތަމަ ގައުމީ މުބާރާތް 2016 ވަނަ އަހަރު ކާމިޔާބުކުރިއިރު, އޭނާ ތައުލީމު ހާސިލްކުރަމުން ގެންދިޔައީ, އިސްކަންދަރު ސްކޫލުގަ އެވެ. އެއިރު، އުމުރުން 13 އަހަރެވެ.

އޭގެ ފަހުން، ޓީޓީގައި ރާއްޖޭން ބައިނަލްއަގުވާމީ ލެވަލްގައި ގިނަ ކާމިޔާބީތަކެއް ރަފާ ހޯދާފައިވާއިރު، އޭނާ އަކީ މި ވަގުތައް ބަލާއިރު ވެސް ރާއްޖޭގެ އެންމެ މަތީ ފަންތީގައި ޓީޓީ ކުޅެމުން އަންނަ، އެއް ކުޅުންތެރިޔާ އެވެ.

މި ވަގުތު ރާއްޖޭގެ އެންމެ މޮޅު އަންހެން ދެ ކުޅުންތެރިންގެ ތެރޭގައި ރަފާ ހިމެނެ އެވެ.

"އަދަދު ސްޕޯޓްސްއާ" އާ ވާހަކަ ދައްކަމުން، ރަފާ ބުނީ, މި ފަހަރުގެ އިންޓަ ސްކޫލް މުބާރާތައް ކޯޗުކަން ކޮށްދޭން ގިނަ ސްކޫލުތަކުގެ ހުށަހެޅުންތައް އޭނާ އަށް ލިބުން ކަމަށެވެ. އެކަމަކު، އިސްކަންދަރު ސްކޫލުގެ ހުށަހެޅުން ގަބޫލުކުރީ ސްކޫލްދައުރުގެ ގިނަ ދުވަސްތައް އެ ސްކޫލުގައި ހޭދަކުރެވިފައި ވުމުން ކަން ރަފާ ފާހަގަކުރި އެވެ.

"އެހެން އެއްވެސް ސްކޫލަކަށް ކޯޗުކަން ކޮށްދިނުމަށް ވުރެ އިސްކަންދަރަށް ކޯޗުކަން ކޮށްދިނުން އެއީ ލިބޭ އުފަލެއް. ގިނަ ސްކޫލުތަކުގެ ހުށަހެޅުން ލިބުނު. އެކަމަކު، އިސްކަންދަރު ހިޔާރުކުރީ ރަފާ ސްކޫލް ހަޔާތުގެ ބޮޑު ބަޔެއް ހޭދަކުރި ސްކޫލަކީ އެއީ ކަމުގައި ވުމުން" މައިލޯ ކަލާސް އެވޯޑް ވެސް ހާސިލްކޮށްފައިވާ ރަފާ ބުންޏެވެ.

ރަފާ ބުނީ އިސްކަންދަރަކީ އޭނާގެ ހަޔާތުގެ މުހިންމު ދައުރެއް އަދާކުރި ސްކޫލެއް ކަމަށެވެ. އަދި އޭގެ ބަދަލުގައި އިސްކަންދަރަށް ކަމެއް ކޮށްދެވޭތީ ހިތްހަމަޖެހޭ ކަމަށެވެ. އަދި އިސްކަންދަރުގައި ޓީޓީ އަށް ލޯބިކުރާ ގިނަ ކުދިންތަކެއް ތިބުން އެއީ ލިބޭ އުފަލެއް ކަމަށާއި، އިތުރު ކުދިންވެސް ޓީޓީ އަށް ލޯބިކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އިސްކަންދަރު ސްކޫލްގައި ރަފާ ވަނީ ސްޕޯޓްސް ކެޕްޓަންގެ ޒިންމާ ވެސް އަދާކޮށްފަ އެވެ. އަދި، އެ ސްކޫލްގެ ޑެޕިއުޓީ ބޭންޑް ލީޑަރުގެ މަގާމާއި ޑެޕިއުޓީ ކެޕްޓަންގެ މަގާމު އަދާކުރި ރަފާ ވަނީ، އިސްކަންދަރު ސްކޫލުން 2019 ވަނަ އަހަރު ހޮވި އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދައިފަ އެވެ.

އިއްޔެ އިން ފެށިގެން މި މަހު 10 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ޓީޓީ ހޯލުގައި، އިންޓަ ސްކޫލް ޓޭބަލްޓެނިސް މުބާރާތް ކުރިއަށްދާނެ އެވެ. މި މުބާރާތުގައި 16 ސްކޫލަކުން ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox