އެމްބާޕޭގެ ކުންފުނިން 15 މިލިއަން ޑޮލަރު ހަރަދުކޮށްފައި ކްލަބެއް ގަނެފި

Jul 31, 2024, 5:09 PM
އެމްބާޕޭގެ ކުންފުނިން 15 މިލިއަން ޑޮލަރު ހަރަދުކޮށްފައި ކްލަބެއް ގަނެފި

ޕެރިސް (ޖުލައި 31) - ދާދި ފަހުން ރެއާލް މެޑްރިޑަށް ބަދަލުވި ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ، ފްރާންސްގެ ދެ ވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ ކާއެންގެ މެޖޯރިޓީ ހިއްސާ ގަނެފި އެވެ.

އެމްބާޕޭ، 25، ގެ ކުންފުނި، އިންޓަކަނެކްޓެޑް ވެންޗާސް އިން ވަނީ 15 މިލިއަން ޑޮލަރު އިންވެސްޓްކޮށްފަ އެވެ. އެ ގޮތުން، އިންޓަކަނެކްޓެޑް ވެންޗާސް އިން މި ޑީލް ނިންމީ، ކޯލިޝަން ކެޕިޓަލް މެދުވެރިކޮށެވެ.

މީގެ ކުރިން، ކާއެން ހިންގަމުން އައީ، އެމެރިކާގެ އިންވެސްޓްމަންޑް ފަންޑެއް ކަމަށްވާ އޯކްޓްރީ އިންނެވެ.

ކާއެންގެ ސުޕަވައިޒަރީ ބޯޑުގެ ރައީސް، ޕިއޭރޭ-އަންޓުއާން ކަޕްޓޯން އަކީ މިހާރު އެ ކްލަބްގެ މައިނޯރިޓީ ހިއްސާދާރެކެވެ. ކަޕްޓޯން ވިދާޅުވީ، އަލަށް ކްލަބް ހިންގަން އައި ފަރާތްތަކުން، މިހާރު އޮތް ލެވަލުން މައްޗަށް އެ ޓީމު ގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މީގެ ކުރިން، ފްރެންޗް ލީގު 1 (ފްރާންސްގެ ފުރަަތަމަ ޑިވިޝަން)ގައި އޮތް ކާއެން ރެލިގޭޓްވީ، 2019 ވަނައިގަ އެވެ.

ކާއެން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކްލަބް ކުރިން އޮތް މަގާމަކީ، ފްރާންސްގެ ފުރަތަމަ ޑިވިޝަން ކަމަށާއި އާ މެނޭޖްމަންޓާ އެކު، އެ ހިސާބަށް ގޮސް، ކްލަބްގެ ހައިބަތު ބޮޑުކުރަން ބޭނުންވާ ކަމަށެވެ.

މިދިޔަ ސީޒަނުގައި ކާއެން ފްރާންސްގެ ދެ ވަނަ ޑިވިޝަނުގައި ނިންމީ ހަ ވަނައިގަ އެވެ. ފްރާންސްގެ ދެ ވަނަ ޑިވިޝަނުގެ އާ ސީޒަން ފަށާނީ އޮގަސްޓް 17 ވަނަ ދުވަހު އެވެ. އެއީ، އެމްބާޕޭ، މި ފަހުން ބަދަލުވި، ރެއާލް މެޑްރިޑަށް، ސްޕެނިޝް ލީގުގައި ފުރަތަމަ މެޗު ކުޅޭ ދުވަސް ފަހުންނެވެ.

ސްޕެނިޝް ލީގުގެ އާ ސީޒަންގެ ފުރަތަމަ މެޗުގައި، ރެއާލުން ކުޅޭނީ ރެއާލް މަޔޯކާއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox