ހުލާސާކޮށް އިއްޔެ: ފްލެޓު ލިބޭ މީހުންގެ ލިސްޓު އޮކްޓޫބަރު މަހު ނެރެނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހަދަން ފެށި ފްލެޓުތައް. މި ފްލެޓުތައް ލިބޭ 4000 މީހުންގެ ލިސްޓު އޮކްޓޫބަރު މަހު ނެރޭނެ ކަމަށް ހައުސިން މިނިސްޓަރު ހައިދަރު ވަނީ ވިދާޅުވެފައި. -- ފޮޓޯ: އަދަދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހަދަން ފެށި ފްލެޓުތައް. މި ފްލެޓުތައް ލިބޭ 4000 މީހުންގެ ލިސްޓު އޮކްޓޫބަރު މަހު ނެރޭނެ ކަމަށް ހައުސިން މިނިސްޓަރު ހައިދަރު ވަނީ ވިދާޅުވެފައި. -- ފޮޓޯ: އަދަދު

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު މި އަހަރުގެ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން އާންމު ކުރާނެ ކަމަށް ހައުސިން މިނިސްޓަރު، ހައިދަރު ވިދާޅުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް މިނިސްޓަރު ހައިދަރު ހާޒިރުކޮށް މެންބަރުން އިއްޔެ ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވިދާޅުވީ ހައުސިން މިނިސްޓްރީން މަސައްކަތް ކުރަމުން ދަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް އަޅަމުން ދާ އިމާރާތްތަކުގެ މަސައްކަތްތައް ނިމުމުގެ ކުރިން ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓެއް އެކުލަވައިލެވޭތޯ ކަމަށެވެ.

"އިމާރާތްކޮށް ނިމެންވާއިރަށް އަޅުގަނޑުމެން ހުރިހާ، ހޮވޭ ފަރާތްތައް އިއުލާނުކޮށް ފައިނަލް ލިސްޓު ގެޒެޓު ކުރާނަމޭ އިނގޭތޯ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި 32 ޓަވަރުގެ ތެރެއިން ފުރަތަމަ ހަ ޓަވަރު ނިމޭނީ އޮކްޓޫބަރު މަސް ނިމޭހައި ތަނަށް އަޅުގަނޑުމެން ފައިނަލް ލިސްޓު އާންމު ކުރާނަން،" ހައިދަރު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން އިއުލާނުކޮށްފައިވާ ފުލެޓު ލިސްޓު ބާތިލު ކުރުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ވެސް ހައިދަރު ވިދާޅުވި އެވެ. ނަމަވެސް ފައިނަލް ލިސްޓުގައި ހިމެނޭ މީހުންނަކީ ހަގީގަތުގައި ވެސް ފުލެޓު ހައްގުވާ މީހުންތޯ ކަށަވަރު ކުރާނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަލާނަން ވީހައި ވެސް ބޮޑަކަށް ހައްގު ފަރާތްތަކަށްކަން އަޅުގަނޑުމެންނަށް މި ފުލެޓުތައް ހަވާލު ކުރެވެނީ، އެންމެ ބޮޑަށް ބޭނުންވެފައި ތިބި ބަޔަކަށް ދީފިއްޔާ އަޅުގަނޑަށް ހީވަނީ ކުއްޔަށް ދިނުމާއި އެތަނުގައި ދިރިނޫޅުމުގެ މައްސަލަތައް ނާންނާނެހެން، އެކަން އަޅުގަނޑުމެން ޔަގީން ކުރާނަން، މިނިސްޓަރީން،" ހައިދަރު ވިދާޅުވި އެވެ.

ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓެއް އެކުލަވައިލާއިރު، ފޯމު ހުށަހަޅައިފައިވާ މީހުންގެ ދިރިއުޅުމުގެ ހާލަތަށް ވެސް ބަލާނެ ކަމަށް ހައިދަރު ވިދާޅުވި އެވެ. ނަމަވެސް އެކަން ކުރާނީ ރަސްމީކޮށް ފެންނަން ހުރި ލިޔެކިޔުންތަކަށް ބެލުމަށްފަހު ކަމަށް ހައިދަރު ވިދާޅުވި އެވެ.

"އިވެލުއޭޓު ކުރުމުގެ މަސައްކަަތް ކުރިއަށް ގެންދާނީ އަޅުގަނޑުމެންގެ ތެރެއިން ޓީމެއް އެކުލަވައިލައިގެން އިނގޭތޯ، އޭގައި، ޓީމު އެކުލަވައިލުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމަށް އަޅުގަނޑުމެން ފުލެޓު ކޮމެޓީއަށް މަޝްވަރާ ކުރާނަން،" ހައިދަރު ވިދާޅުވި އެވެ.

ހައިދަރު ވިދާޅުވީ ގެދޮރުވެރިޔާގެ ދަށުން ފުރަމަތަ ފުލެޓު ލިބޭ 4000 މީހުންގެ ތެރޭގައި ހިމެނޭ ކަސްޓަމްސްގެ ފުލެޓުތަކަކީ ވުޖޫދުގައި ނެތް އެއްޗެއް ކަމަށެވެ. އެގޮތުން މިދިޔަ ސަރުކާރުން ފުރަތަމަ 4000 ފުލެޓު އިއުލާނު ކުރި އިރުވެސް ކަސްޓަމްސްއަށް ދޫކުރާ 100 ފުލެޓުގެ ވާހަކަ ނެތް ކަމަށް ހައިދަރު ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން އިއުލާނު ކުރި ފުލެޓު ލިސްޓުގައި މައްސަލައެއް ނެތް މީހުންނަށް ވީހައިވެސް އަވަހަކަށް ފުލެޓު ދިނުމަށް ފާސްކޮށް މާލެ ސިޓީ ކައުންސިލުން ވަނީ މީގެ ދެ ހަފުތާ ކުރިން ވަނީ ހައުސިން މިނިސްޓަރީއަށް ލަފާ ދީފަ އެވެ.

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފުލެޓު ދިނުމަށެވެ. ނަމަވެސް އެ ވެރިކަން ނިމުނުއިރު، ކޮންޓްރެކްޓު ކޮށް، މަސައްކަތް ފަށާފައި ވަނީ 4000 ފުލެއްޓެއްގެ އެވެ.

ފުރަތަމަ 4،000 ފްލެޓް ލިބޭނީ ޕޮއިންޓް ތަރުތީބުން އެންމެ ގިނަ ޕޮއިންޓު ލިބޭ މީހުނަށް ކަމަށް ކަނޑައަޅާފައިވަނިކޮށް އޭސީސީއަށް ހުށަހެޅު މައްސަލައަކާ ގުޅިގެން އެ މަސައްކަތް މަޑުޖައްސާލަން އެންގި އެވެ. އެ ސްކީމަށް ތައްޔާރުކުރި ޕޯޓަލްގެ އެކްސެސް ލިބުމުން، މައްސަލަ ތަހުގީގު ކުރުން ގެންދިޔުމަށް ފަހު، މަސައްކަތް އަލުން ފަށަން ކޮމިޝަނުން ހުއްދަ ދިނީ ފެބްރުއަރީ އެކެއްގަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox