މުޖުތަމައުގައި އަންހެނުންނާއި ފިރިހެނުންގެ ދައުރު މުރާޖައާކުރުން

މުޖުތަމައުގައި އަންހެނުންނާއި ފިރިހެނުންގެ ދައުރު މުރާޖައާކުރުން

ދުނިޔޭގައި އިންސާނުން ދިރިއުޅެން ފެށި ދުވަސްވަރަކާމެދު ކުރެވެން އޮތީ އަންދާޒާއެކެވެ. ދެލައްކަ އަހަރެއްހައި ދުވަސް ވެއްޖެކަމަށް ބެލެވޭ އިންސާނީ ތާރީހުގެ ފެށުމުގައިވެސް މުޖުތަމައުގެ އިންތިޒާމުތަކެއް ހުންނާނޭކަން ގައިމެވެ. މި އިންތިޒާމުތައް ކަނޑައެޅިގެން ދިއުމުގައި ބެލި ހަމައެއްވެސް އޮންނާނެ އެވެ. އަންހެން ފިރިހެން ދެ ޖިންސަށް ވަކި ދައުރުތަކެއް އެކަށައެޅިފައި އޮންނަންވާނޭކަމަށް ދެކުމަކީ މިހާރު ފެށިގެން އުޅޭ އާދައެއް ނޫނެވެ. އެއީ އެންމެ އިހަށްވެސް އެކަން އޮތް ގޮތެވެ. އެހެންނަމަވެސް ކުރިއްސުރެ ވަކި ގޮތަކަށް އަމަލުކުރަމުން ގޮސްފައިވުމަކީ އެގޮތަކީ އެންމެ ރަނގަޅު ގޮތްކަމަށް ވާންޖެހޭ ސަބަބެއްވެސް ނޫނެވެ.

މިހާރު، ބޯދާ ވިސްނުމޭ ކިޔަސް، މުޖުތަމައުގައި ދެ ޖިންސަށްމެ ގަރާރުކުރެވޭ ކަމަށް ގަބޫލުކުރާ ވަޒީފާތަކެއް ހުރެ އެވެ. އެ ވިސްނުން ނިޔާކުރާ ގޮތުން ކައްކައި ކާންދިނުމާއި، ކުނިކެހުމާއި، ގޭތެރެ ބެލެހެއްޓުމަކީ އަންހެނުންގެ ދައުރެވެ. ދިރިއުޅުމުގެ ހަރަދުބަރަދު ބެލެހެއްޓުމަށް އާމްދަނީ ހޯދާނީ ފިރިހެނުންނެވެ. މި އުސޫލު އެކަށައެޅުމުގައި ބެލި ހަމައެެއް އޮންނަންވާނެތާ އެވެ. މި ކަމެއް ފެށިގެން އައި ޒަމާނުގައި ހަމަ ޔަގީނުންވެސް ފައިސާ އަކީ އެއްވެސް މީހަކު ވިސްނަންޖެހިފައި އޮންނާނޭ ކަމެއް ނޫނެވެ. ދިރިއުޅޭ ތަނުގެ ކުއްޔާއި، އެނޫންވެސް އެފަދަ ހަރަދުތައް އެއީ ނެތް އެއްޗެކެވެ. ހަމައެކަނި ޒިންމާއަކަށް އޮތީ ދުނިޔޭގައި ދިރިއުޅުމަށްޓަކައި ކައިބޮއި އުޅުމާއި ދުނިޔޭގެ ވަގުތީ މަންޒިލުން އުފާ ހޯދުމެވެ. ވަކި އީމާނެއްގައި ތިބި ބަޔަކު ނަމަ އާހިރަތަށް ތައްޔާރުވުމެވެ. މިގޮތަށް އުޅޭ އުޅުމުގައި އިންސާނީ ނަސްލު ގިނަކުރުމުގެ ޒިންމާ އުފުލަންޖެހޭ ބަޔަކީ އަންހެނުންކަމަށްވާތީ، ދިރިއުޅުމުގެ ޒަރޫރަތްތައް ހަމަޖެއްސުމަށް އަންހެނުންނަށް އޮންނަ ޒިންމާ ލުއިކުރުމަށް މަޝްވަރާކުރެވި އެއްބަސްވެވުނީ އެވެ. އެހެންވެ, ކެއުންބުއިމަށް ބޭނުންވާ ސާމާނު ހޯދުމުގެ ބުރަ ޒިންމާއާއި ދިރިއުޅެވޭނޭ ހިޔާވަހި ތައްޔާރުކުރުން ފަދަ ބަރު މަސައްކަތްތަކާ ހަވާލުވީ ފިރިހެނުންނެވެ. މި އިންތިޒާމުތައް ހަމަޖައްސައިދޭކަމަށްޓަކައި ފިރިހެނުންނަށް ކައްކައި ކާންދިނުމުގެ ޒިންމާ އަންހެނުންނާ މަތިކުރެވުނީ ކަމަށް ވެދާނެ އެވެ. އެއީ ވިހެއުމުގައި އެ އުފުލާ ތަކުލީފާއި ހަށިގަނޑުގެ ތަބީއީ ތަފާތަށް ބަލައި ދެވުނު ލުޔަކަށް މެނުވީ ނުވާނެ އެވެ. މި އެއްބަސްވުން އެކުލަވާލެވިފައި އޮންނާނޭ ޒަމާނުގެ ހާލަތުންނަމަ އެ އެއްބަސްވުން އިންސާފުވެރި އެވެ.

މި އިންތިޒާމަށް އެތައް ގަރުނެއް ވެގެން ދިޔައިރު، އިންސާނީ ދިރިއުޅުން ތަރައްގީވެއްޖެ އެވެ. އެހެންނަމަވެސް އަންހެނުންނާ ފިރިހެނުންނާ ދެމެދު އެންމެ އިހުގެ ހާލަތަށް ބަލައި ވެވުނު އެއްބަސްވުން މުރާޖައާ ނުކުރެވި ހަމައެގޮތުގައި އޮތީ އެވެ. ދުނިޔެ އާރާސްތުކުރުމަށް ކުރަންޖެހޭ ހުރިހާ ބަރު މަސައްކަތްތަކެއް ކުރަންޖެހޭ ބަޔަކީ ފިރިހެނުންކަމަށްވެ، އަންހެނުންނަކީ ފިރިހެނުންގެ އެހީތެރިންގެ ދަރަޖައިގައި ތިބޭ ބަޔަކަށްވެ، އެގޮތަށް ސިއްކަޖެހި ނިމިއްޖެ އެވެ. ދެން ދައުރުވެ އާލާވާންފެށީ އެ ވިސްނުމެވެ. ދުނިޔެ ހިންގާނީ ފިރިހެނުންނެވެ. އަންހެނުންނަކީ ހަމައެކަނި އެހީތެރިންނެވެ. ނުވަތަ ފިރިހެނުންގެ ހިދުމަތުގައި ތިބެންޖެހޭ ބައެކެވެ.

Advertisement

ދެ ޖިންސުގެ ދައުރު ބެހިގެން ދިޔަ ސަބަބާއި, އެކަން އެގޮތުގައި ބަދަލުނުވެ އޮތްގޮތްކަމަށް އަޅުގަނޑަށް ވިސްނޭ ގޮތަކީ މިއީ އެވެ. މި ނަޒަރިއްޔާއަށް ބާރުދޭ ހެއްކެއް ދަލީލެއް އޮތީއަކީއެއް ނޫނެވެ. ހަމައެކަނި ބުއްދިއަށް ފެންނަ ގޮތެވެ.

ދެން ހިތަށް އަރަ އެވެ. އެއްޒަމާނެއްގައި އެކަން އެހެން ހިނގާފައި އޮތަސް މިހާރު މިއޮތީ ޒަމާން ބަދަލުވެފަ އެވެ. ފިރިހެނުން އަދާކުރާ ދައުރު، މި މުޖުތަމައުގައި އަންހެނުންވެސް މިހާރު އެބަ އަދާކުރެ އެވެ. މިހާރު ދިރިއުޅުމުގެ ޒަރޫރަތަކީ ހަމައެކަނި ބަނޑުފުރާނަ މުއްތިކުރުމެއް ނޫނެވެ. އަސާސީ ބޭނުންތައް ކަމަށް ބެލެވޭ ކިތަންމެ ހަރަދަކާއި ޒިންމާއެއް އިންސާނުން އުފައްދައިފި އެވެ. ކުއްޔާއި ކަރަންޓާއި ފެން ބިލާއި އިންޓަނެޓް ބިލު ފަދަ 'ޒަރޫރީ އަދި އަސާސީ’ ކިތަންމެ ބޭނުމެއް މިހާރު އެބަހުއްޓެވެ. އަނެއްކޮޅުން މިހާރުގެ ފިރިހެނުންނަކީ ހަމައެކަނި އެމީހުންކުރާ މަސައްކަތްތަކުން އަންހެނުންގެ އެ ޒަރޫރަތްތައް ފުރިހަމަކޮށްދެވޭ ބައެއް ނޫނެވެ. އެހެންވީމާ އޭގެ ނަތީޖާއަކަށްވަނީ ދިރިއުޅުން ތަނަވަސްކުރުމަށް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންވެސް މަސައްކަތް ކުރަންޖެހުމެވެ. ކުރަންޖެހެނީވެސް ހަމަ އެއްކަހަލަ މަސައްކަތްތަކެކެވެ.

މިހާރުގެ ފިރިހެނުން ކޮށްއުޅެނީކީ 'އަންހެނުންނާ ފިރިހެނުންގެ ދައުރުގެ އަސާސީ އެއްބަސްވުން' އެކުލަވާލެވުނު ޒަމާނުގައި ފިރިހެނުން ކޮށްއުޅުނުހައި ބުރަ މަސައްކަތެއްވެސް ނޫނެވެ. ހަމަ މި ޒަމާނުގައި އަންހެނުންވެސް އަދާކުރާފަދަ ވަޒީފާތަކެވެ. އެހެންވީމާ ދެބައި މީހުންމެ އަދާކުރާ އެއްބާވަތުގެ ވަޒީފާތަކުގެ އިތުރަށް، ކައްކައި ކާންދިނުމުގެ މަސްއޫލިއްޔަތު އަންހެނުންނާ މަތިކުރެވުމަކީ އެއްކަލަ އިޖުތިމާއީ އެއްބަސްވުން ވަކި އަތަކަށް ބުރަވުމެވެ. ފިރިހެނުންގެ ޒިންމާއަކީ ވަޒީފާ އަދާކޮށް އާމްދަނީ ހޯދުން އެކަނި ކަމަށްވެފައި، އަންހެނުންގެ ޒިންމާއަކީ ވަޒީފާ އަދާކުރުމާއެކު ގޭތެރެ ބެލެހެއްޓުމާއި ކައްކައި ކާންދިނުމާއި ދަރިން ބެލުންކަމަށްވީމާ އެ ގާއިމުކުރެވެނީ ބޭއިންސާފު އެއްބަސްވުމެކެވެ.

މި އެއްބަސްވުމަށް އަންހެނުން ބޯލަނބަމުން އެ ގެންދަނީ އެއީ ގަދީމީ ކަމަކަށްވެ، ޅަފަތުގެ ތަރުބިއްޔަތަށްވީތީ އަދި އެ އާދަ ކަށީގައި ހިފާފައި ހުރީތީ އެވެ. ސަބަބުވެރި ވިސްނުމަކުން އެކަމާމެދު ވިސްނައިފި ކޮންމެ އަންހެނަކު އެ އިސްކުރަނީ އައު ޒަމާނުގެ ވިސްނުމެވެ. އެއީ އަންހެނުންނާއި ފިރިހެނުންގެ ގަދީމީ އެއްބަސްވުން މުރާޖައާކުރުމުގެ ވިސްނުމެވެ.

ދެމަފިރިންނަކީ ވަޒީފާ އަދާކޮށް އާމްދަނީ ހޯދާ ދެމީހުން ކަމުގައިވާނަމަ އެމީހުންގެ އާމްދަނީން ބައެއް ހޭދަކޮށްގެން އެ ދެމީހުންގެ ކެއުން ބުއިމާއި ގޭތެރެ ބެލެހެއްޓުމަށް މަސައްކަތްތެރިޔަކަށް އުޖޫރައެއް ދީގެން ގެންގުޅުމަކީ އިޖުތިމާއީ ކުށެއް ނޫނެވެ. އައިބު ކަމެއްވެސް ނޫނެވެ. އަދި ކީއްތޯ އެވެ. އެއީ އެކަން ކުރާން އެންމެ ރަނގަޅުވެސް ގޮތެވެ.

އަނބިމީހާގެ ބަދަލުގައި ބިދޭސީ ފިރިހެނަކު ކައްކައި ކާންދޭތީ އެކަމުގެ ޝަކުވާ ކުރާ މީހާއަށް އޮތް ގޮތަކީ ޒަމާނަށް ހޭލުމެވެ. ކޮންމެ ކަމެއްގައިމެ ބަދަލަކީ ދުނިޔޭގެ އަސާސީ ގާނޫނުކަން ގަބޫލުކޮށް އެ ގާނޫނާ ތަބާވުމެވެ. ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފަސޭހަކުރެވިފައިވާ މިޒަމާނުގައި ގެވެހި އެއްވެސް މަސައްކަތަކީ ވަކި ޖިންސަކަށް ނުކުރެވޭނޭ ބުރަ މަސައްކަތަކަށް ނުވާނެ އެވެ. އެ ހަގީގަތަށް ބޯލެނބުމާއެކު ދެޖިންސުގެ ދައުރާ ގުޅޭ ގަދީމީ އެއްބަސްވުން މުރާޖައާކޮށް އައު ދައުރަކަށް ހޭލަންވީ އެވެ. އަންހެނުންނާއި ފިރިހެނުން ޒިންމާތަކާއި ހައްގުތަކުގައި ހަމަހަމަވުމަށް ދުނިޔޭގެ ތަބީއަތުން ހިފާފައި މިއޮތް އޮއިވަރާ ދެކޮޅަށް ފަތާން މީހަކު މަސައްކަތް ކުރާނަމަ އެ ކުރެވެނީ ކާމިޔާބުވުމެއް ނެތް ހުސް މަސައްކަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox