ވޮލީބޯލް އެސޯސިއޭޝަންގެ އޮޑިޓް ފައިނަލް ރިޕޯޓް އަންނަ މަހު ނިމޭނެ: ލަތީފް

ވޮލީބޯލް އެސޯސިއޭޝަންގެ އޮޑިޓް ފައިނަލް ރިޕޯޓް އަންނަ މަހު ނިމޭނެ: ލަތީފް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ މި ދައުރުގެ އޮޑިޓް ރިޕޯޓްތައް އަންނަ މަހު ނިންމައި، ކްލަބްތަކާ ހިއްސާ ކުރާނެ ކަމަށް އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ވިދާޅުވެއްޖެ އެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވަނީ މީގެ ކުރިން ވީއޭއެމް އަށް އޮޑިޓް ރިޕޯޓްތައް ނިންމައި، ހުށަހެޅުމަށް 90 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އޮޑިޓް ނިންމައި ކުލަބްތަކާ ހިއްސާ ކުރައްވާނެ ކަމަށް ވީއޭއެމްގެ ރައީސް ކަމަށް މި ފަހުން ހަވާލުވި ލަތީފް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، އެކަމަށް ހަތަރު މަސް ހަމަވެގެންދިޔައިރު, ވީއޭއެމް އިން ސްޕޯޓްސް ކޮމިޝަނަށް ހުށަހަޅާފައިވަނީ އޮޑިޓް ރިޕޯޓްތަކުގެ ޑްރާފްޓެކެވެ.

"އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން، ލަތީފް ވިދާޅުވީ, އަންނަ މަހު އޮޑިޓްގެ ހުރިހާ މަސައްކަތެއް ނިންމައި ކުލަބްތަކާ އޮޑިޓް ރިޕޯޓް ހިއްސާ ކުރާނެ ކަމަށެވެ. އަދި ކުލަބްތަކާ ރިޕޯޓްތައް ހިއްސާ ކުރާނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރޭގައި ކަމަށް ލަތީފް ވަނީ ވިދާޅުވެފަ އެވެ.

"އަންނަ އޮގަސްޓް މަހު ތެރޭގައި އިރާދަ ކުރެއްވިއްޔާ އޮޑިޓްގެ ހުރިހާ ކަމެއް ނިމޭނެ. އޮޑިޓްގެ ކަންކަން ނިމުމުން. އެކަން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވާ ކްލަބްތަކާ ހިއްސާ ކުރާނަން" ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ރައީސްކަން ވެސް ކުރައްވަމުން އަންނަ ލަތީފް ވިދާޅުވި އެވެ.

ކޮމިޝަނަރަށް ޑްރާފްޓް އޮޑިޓް ރިޕޯޓް ފޮނުވިއިރު، އެ ރިޕޯޓްތައް ކްލަބްތަކާ ހިއްސާނުކުރާތީ، ބައެއް ކްލަބްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ވޮލީ އެސޯސިއޭޝަންގެ ރައީސްގެ މަގާމު ހުސްވީ، އެ މަގާމު އަދާކުރަމުން އައި، މުހައްމަދު ރަނޭޝް (ރަނޭ) އިސްތިއުފާދިނުމުންނެވެ. ފެބްރުއަރީ 27 ވަނަ ދުވަހު، ރަނޭޝް، ވީއޭއެމްގެ ރައީސްކަމުން އިސްތިއުފާ ދިނީ، ދިިރިއުޅުމުގެ ކަންކަން ހުރި ގޮތުން ކަމަށް ބުނެ، މާޗް އެއް ވަނަ ދުވަހުން ފެށިގެން މަގާމުގެ ޒިންމާތައް ދޫކޮށްލާނެކަން ހާމަކުރެއްވުމަށް ފަހު އެވެ.

މިއީ، ލަތީފް، ވީއޭއެމްގެ ރައީސްކަން ކުރައްވާ ދެ ވަނަ ފަަހަރެވެ. އެންމެ ފުރަތަމަ 2016 ވަަނަ އަހަރު މަގާމަށް އިންތިހާބުވުމަށް ފަހު، 2019 ވަނަ އަހަރު މަގާމުން ވަކިވީ، ކޮމިޝަނާ އޮފް ސްޕޯޓްސް އަކަށް ކުރިން ހުންނެވި، ހީނާ އަހުމަދު ސަލީމް، އެ އެސޯސިއޭޝަން ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރަން ނިންމުމުންނެވެ.

ލަތީފް، މި ވަގުތު، ވީއޭއެމްގެ ރައީސަކަށް އެ ހުންނެވީ، ހިނގަމުން މިދާ ވޮލީ އެސޯސިއޭޝަންގެ ދައުރުގެ ފަހު އަހަރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox