ބިދޭސީންގެ ފީގެ ގޮތުގައި ހާހެއްހާ ކުންފުނިން 636 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި

ބިދޭސީން ތަކެއް އިމާރާތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ: ހަ ކުންފުންޏަކުން 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އެބައޮތް -- އަދަދު ފައިލް ފޮޓޯ

ބިދޭސީން ތަކެއް އިމާރާތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ: ހަ ކުންފުންޏަކުން 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ އެބައޮތް -- އަދަދު ފައިލް ފޮޓޯ

ބިދޭސީންނާއި ގުޅިގެން ދައްކަން ޖެހޭ ފީގެ ގޮތުގައި ޖުމްލަ 636.5 މިލިއަނަށްވުރެ ރުފިޔާ، ނުދައްކާ ހުރި 1،026 ކުންފުނީގެ ލިސްޓް ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީން ރޭގައި އާންމު ކޮށްފި އެވެ.

މިނިސްޓްރީން އިއްޔެ އާންމު ކުރި ލިސްޓުގައި ހިމެނެނީ، މިދިޔަ އަންގާރަ ދުވަހާ ހަމައަށް އެކި ފަރާތްތަކުން ނުދައްކާ ހުރި ފައިސާގެ ތެރެއިން 100،000ރ. އަށްވުރެ ގިނައިން ދައްކަން ހުރި ފަރާތްތަކުގެ ނަމެވެ.

މިނިސްޓްރީން އާންމުކުރި ލިސްޓުގައި ވާގޮތުން ވޯކް ޕާމިޓް ފީގެ ގޮތުގައި 573،840،450ރ. އާއި ކޯޓާ ފީގެ ގޮތުގައި 96،550،286ރ. އާއި ކެންސަލޭޝަން ޖޫރިމަނާގެ ގޮތުގައި 2،144،000ރ. އާއެކު ޖުމްލަ 636،534،736ރ. ނުލިބި އެބަ އޮތެވެ.

އެންމެ ގިނަ ފައިސާ ނުދައްކާ 10 ކުންފުނި

  1. ފުޓްސަން އިންޓަނެޝަނަލް ޕްރައިވެޓް ލިމިޓެޑް: 26.8 މިލިއަން ރުފިޔާ
  2. އެޑްވާންސް ގޯ ކޮންޓްސްރަކްޝަން: 14.8 މިލިއަން ރުފިޔާ
  3. ބްރައުން ބިލްޑާސް: 14.5 މިލިއަން ރުފިޔާ
  4. ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން: 12.6 މިލިއަން ރުފިޔާ
  5. ޓިއުމެރިކް ޕްރައިވެޓް ލިމިޑެޓް: 11.9 މިލިއަން ރުފިޔާ
  6. ސީލައިފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް: 11.1 މިލިއަން ރުފިޔާ
  7. ކްއާޓާ ޕަވާ ޕްރައިވެޓް ލިމިޑެޓް: 9.1 މިލިއަން ރުފިޔާ
  8. ވައިޓް ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑް: 8.6 މިލިއަން ރުފިޔާ
  9. އެސްއެސްބީ އީކޯ ހޯލްޑިންގްސް: 7.9 މިލިއަން ރުފިޔާ
  10. އައިލެންޑް އެކްސްޕާޓް: 7.3 މިލިއަން ރުފިޔާ

މިނިސްޓްރީގެ ލިސްޓުގައި ވާގޮތުން ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ 18 ފަރާތަކުން ޖުމަލް 173.8 މިލިއަން ރުފިޔާ ނުލިބިވެ އެވެ. އެއް މިލިއަން ރުފިޔާ އާއި ފަސް މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދެއް 105 ކުންފުންޏަކުން ދައްކަން ޖެހޭއިރު، ޖުމަލަ އަދަދު 212 މިލިއަން ރުފިޔާ އަށް އަރައެވެ.

ބިދޭސީންނާ ގުޅޭ ފީ ނުދައްކާ ފަރާތްތަކުގެ ލިސްޓް އާންމު ކުރުމުގެ ކުރިން ހޯމް މިނިސްްޓްރީން ވަނީ، ފީ ދެއްކުމަށް މިދިޔަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް މުއްދަތު ދީފަ އެވެ. އޭރު މިނިސްޓްރީން ބުނެފައިވާ ގޮތުގައި 10،619 ވަޒީފާދޭ ފަރާތުގެ (އެމްޕްލޯޔަރުންގެ) ނަންމަތީގައި ރަޖިސްޓަރީ ކުރެވިފައިވާ 102،807 ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox