23 އަހަރަށް ފަހު ނަޗޯ ރެއާލަށް އަލްވަދާއު ކިޔައިފި

Jul 24, 2024, 7:50 PM
23 އަހަރަށް ފަހު ނަޗޯ ރެއާލަށް އަލްވަދާއު ކިޔައިފި

މެޑްރިޑް (ޖުލައި 25) - ސްޕެއިންގެ ރެއާލް މެޑްރިޑްގައި ކާމިޔާބު 23 އަހަރު ހޭދަކުރުމަށްފަހު، ސްޕެއިންގެ ޑިފެންޑަރު ނަޗޯ ފެނާންޑޭޒް އެ ކްލަބަށް އަލްވަދާއު ކިޔައިފި އެވެ.

ނާޗޯގެ ކެޕްޓަންކަމުގެ ދަށުން ރެއާލް ވަނީ މިދިޔަ ސީޒަންގައި ލަ ލީގާ އާއި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި މި މަހު ނިމުނު ޔޫރޯ މުބާރާތް ކާމިޔާބުކުރި ޓީމުގައިވެސް ނަޗޯ ހިމެނެ އެވެ.

ރެއާލްއާ އެކު ހަދާފައިވާ ކޮންޓުރެކްޓް މިދިޔަ ސީޒަނަށް ފަހު ހަމަވުމާ އެކު، ނަޗޯ ،34، އެ ކްލަބާ ދުރަށް ދާނެކަން އޮތީ އެނގިފަ އެވެ. އަދި ދެން ފެންނާނީ ސައުދީ އަރަބިއްޔާގެ އަލް ގަދްސިއާ އިން ކަމަށް އޭނާ ވަނީ މި މަހު ބުނެފަ އެވެ.

އެހެން ނަމަވެސް، ނަޗޯ އަށް އަލްވަދާއު ކިއުމުގެ ގޮތުން ރެއާލް އިން ވަނީ މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. މި ރަސްމިއްޔާތުގައި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާއި ރެއާލްގެ އެހާރާއި މިހާރުގެ ކުޅުންތެރިން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި އަސަރާ އެކު ވާހަކަދައްކަމުން ނަޗޯ ބުނީ ރެއާލް އިން އޭނާ ވަކިވާނީ، "އަހަންނަށް ކްލަބަށްޓާކައި ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދީފައި،" ކަމަށެވެ.

"އަހަރެން މި ކްލަބުން މި ވަކިވަނީ ކެޕްޓަންގެ ގޮތުގައި، އަދި (ރެއާލްގެ) 15 ވަނަ ޗެމްޕިއަންސް ލީގު ތަށި އުފުލާލި ކެޕްޓަންގެ ޝަރަފާއެކު،" ނަޗޯ ބުންޏެވެެ.

"އަހަރެން މި ކްލަބާ މި ދުރަށް ދަނީ އާ ކަމެއް ތަޖުރިބާކުރަން ބޭނުންވާތީ. އަހަންނަށް މޮޅުވުމާއި ބަލިވުމާއި، ދިރިއުޅެން ދަސްކޮށްދިނީ ރެއާލް މެޑްރިޑް އިން."

އުމުރުން 10 އަހަރުގައި ރެއާލްއާ ގުޅުނު ނަޗޯ އެ ކްލަބުން ވަކިވަނީ ޖުމްލަ 26 ތަށި ހޯދުމަށްފަހު އެވެ. ރެއާލްގެ ހުރިހާ ޓީމުތަކަށް ކުޅުނު ނަޗޯ ރެއާލްގެ ސީނިއާ ޓީމަށް އޭނާ ކުޅެން ފެށީ 2012 ވަނަ އަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox