އެއް ބިލިއަންގެ އާމްދަނީއެއް ހޯދި ފުރަތަމަ ކްލަބަކަށް ރެއާލް

Jul 24, 2024, 6:17 AM
ރެއާލްގެ ރައީސް ޕެރޭޒް (ކ) އެ ކްލަބްގެ ކޯޗު އަންޗެލޮޓީއާ އެކު.

ރެއާލްގެ ރައީސް ޕެރޭޒް (ކ) އެ ކްލަބްގެ ކޯޗު އަންޗެލޮޓީއާ އެކު.

މެޑްރިޑް (ޖުލައި 24) - އާމްދަނީއަށް އެއް ބިލިއަން ޔޫރޯ ހޯދައި، ސްޕެއިންގެ ރެއާލް މެޑްރިޑުން އާ ރެކޯޑެއް ހޯދައިފި އެވެ.

ރެއާލް އަކީ އެއް ބިލިއަން ޔޫރޯގެ އާމްދަނީއެއް ހޯދި ފުރަތަމަ ކްލަބެވެ.

ރެއާލް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކްލަބަށް 2023/2024 ވަނަ މާލީ އަހަރުގައި އާމްދަނީގެ ގޮތުގައި 1.073 ބިލިއަން ޔޫރޯ ލިބިފައިވާ ކަމަށެވެ. ރެއާލް އިން ބުނީ މިއީ ކުޅުންތެރިންގެ ޓްރާންސްފާ ފީތައް ނުލައި އެ ކްލަބަށް ލިބުނު އާމްދަނީ ކަމަށެެވެ.

މިއީ 2022/2023 ވަނަ މާލީ އަހަރާ އަޅާބަލާއިރު، ރެއާލްގެ އާމްދަނީއަށް 27 އިން ސައްތަ ކުރިއެރުމެކެވެ.

ރެއާލް އިން ބުނީ 2023/2024 ވަނަ އަހަރުގެ މާލީ އަހަރުގައި އެ ކްލަބަށް ފައިދާގެ ގޮތުގައި 16 މިލިއަން ޔޫރޯ ލިބިފައިވާ ކަމަށެވެ.

ރެއާލްގެ މާލީ ހިސާބުތަކުން ފެންނަމުންދާ ކުރިއެރުމަކީ ފާއިތުވި ފަސް އަހަރުގައި މާލީ ގޮތުން އެ ކްލަބުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެވެ. ހާއްސަކޮށް ކޮވިޑް-19ގެ ޕެންޑަމިކްގެ ތެރޭގައިވެސް ކްލަބު މާލީ ކަންތައްތައް ބައްޓަންކުރުމުގައި އެ ކްލަބުން ކުރި މަސައްކަތްތަކާއި ގުޅިގެން، ޔޫރަޕްގެ އެހެން ކްލަބުތަކަށްވުރެ އެ ކްލަބު އަދިވެސް އޮތީ މާލީ ގޮތުން ރަނގަޅު ހާލާތެއްގައެވެ. ކޮވިޑް ތެރޭގައިވެސް އެ ކްލަބުން ފައިދާ ނެރުނެވެ.

ރެއާލްގެ އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެ ކްލަބުގެ ސްޓޭޑިއަމްކަމަށްވާ ސެންޓިއާގޯ ބާރްނަބެއޫ ސްޓޭޑިއަމް އިތުރަށް ތަރައްްޤީކުރުމެވެ. މި ޕްރޮޖެކްޓަށް ރެއާލް އިން 300 މިލިއަން ޔޫރޯ ހަރަދުކުރިއެވެ. ރެއާލްގެ ސްޓޭޑިއަމްގައި މިހާރު ކޮންސެޓްތަކާއި އިވެންޓްތައް ބޭއްވުމުގެ ސަބަބުން އެ ކްލަބުގެ އާމްދަނީ ވަނީ އިތުރުވެފައެވެ. ސްޓޭޑިއަމްގެ މަސައްކަތްތައް ފުރިހަމަ ވާނީ 2024/2025 ވަނަ އަހަރެވެ. ސްޓޭޑިއަމް އެއްކޮށް ނިމުމުން، އިތުރު ވިޔަފާރީތަކުން ރެއާލްގެ އާމްދަނީއަށް ކުރިއެރުން ލިބޭނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox