ސީދާ ތިން ސެޓުން ލަންކާ ބަލިކޮށް ކާވާ 20 އަހަރުން ދަށުގެ ޗެމްޕިއަންކަން ކިރްގިސްތާން އަށް

ސީދާ ތިން ސެޓުން ލަންކާ ބަލިކޮށް ކާވާ 20 އަހަރުން ދަށުގެ ޗެމްޕިއަންކަން ކިރްގިސްތާން އަށް

ރާއްޖޭގައި ބޭއްވި ކާވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ސްރީ ލަންކާގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދާ ކިރްގިސްތާނުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މުބާރާތުގެ ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ކާމިޔާބުކުރީ 3-2 ސެޓުން ސްރީ ލަންކާ އެވެ. އެކަމަކު މިރޭ ކުރިއަށްދިޔަ ފައިނަލުގައި ކިރްގިސްތާނުން ވަނީ ލަންކާގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިފަ އެވެ. މި މެޗުގެ ސެޓުތައް ކިރްގިސްތާނުން ގެންދިޔައީ 28-26, 17-25 އަދި 25-19 އިންނެވެ.

މުޅި މެޗުގައި ވެސް އެންމެ ވާދަވެރިކޮށް ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ސެޓެވެ. މި ސެޓު ފަށައިގެން ތިން ޕޮއިންޓްގެ ލީޑަކާއެކު ލަންކާ ކުޅުނު ނަމަވެސް ސެޓުގެ މެދުތެރެއިން ކުޅުން ރަނގަޅުކޮށް ކިރްގިސްތާނުން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފަ އެވެ. އަދި މި ސެޓުގެ މެދުތެރެއިން ކިރްގިސްތާނުން ފަސް ޕޮއިންޓްގެ ލީޑެއްވެސް ނެގިއެވެ. އެކަމަކު ސެޓުގެ ފަހު ކޮޅު ލަންކާއިން ވަނީ އަލުން ލީޑު ނަގާފަ އެވެ. އަދި އެ ޓީމަށް ސެޓު ނިންމަން ވެސް ފުރުސަތު ލިބުނެވެ. އެކަމަކު ފަހު ވަގުތު ހެދުނު ގޯސްތަކުގެ ސަބަބުން 28-26 އިން ސެޓު ލަންކާ އަށް ގެއްލުނީ އެވެ.

ކިރްގިސްތާނާއި ލަންކާ ކުޅުނު ކާވާ 20 އަހަރުން ދަށުގެ މުބާރާތުގެ ފައިނަލް މެޗުގެ ތެރެއިން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

ޖެހިގެން އައި ސެޓު ފަށައިގެންވެސް ލަންކާގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. އަދި މި ސެޓުގައި އެ ޓީމުގެ ގިނަ ސާވިސްތަކެއް މިސްވި އެވެ. ލަންކާ ޓީމުން މުޅި މުބާރާތައް ބަލާއިރުވެސް އެންމެ ރަނގަޅަށް ފެނުނީ އެ ޓީމުގެ ސާވިސްތަކެވެ. އެކަމަކު މި މެޗުގެ ދެވަނަ ސެޓުގައި އެ ޓީމުގެ ފަރާތުން ގިނަ ސާވިސްތަކެއް މިސްވި އެވެ. އަދި ކިރްގިސްތާނުން ފޮނުވާލި ގިނަ ހަމަލާތަކެއް ލަންކާ އަށް ރިސީވް ކުރަންވެސް އުނދަގޫވި އެވެ. އެއާއެކު މި ސެޓު ކިރްގިސްތާނުން ކާމިޔާބުކުރީ 25-17 އިންނެވެ.

ތިންވަނަ ސެޓު ލަންކާއިން ރަނގަޅަށް ފެށި ނަމަވެސް ސެޓުގެ މެދުތެރެއިން ލަންކާ ކުޅުންތެރިންގެ ފަރާތުން ކިރްގިސްތާންގެ ހަމަލާތައް ރިސީވް ކުރުމުގައި އުނދަގޫތަކެއް ފެނިގެންދިޔަ އެވެ. އެއާއެކު ޓީމު ޕްރެޝަރަށް ވެއްޓި ގިނަ ޕޮއިންޓްތަކެއް ގެއްލުނެވެ. މި ސެޓު ކިރްގިސްތާނުން ކާމިޔާބުކުރީ 25-19 އިންނެވެ.

މި މެޗު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox