ހުލާސާކޮށް އިއްޔެ: ބޮޑު ވައްކަމެއްގެ ތުހުމަތެއް، އެޗްޑީސީން އަޅައިވެސް ނުލާ!

ހުލާސާކޮށް އިއްޔެ: ބޮޑު ވައްކަމެއްގެ ތުހުމަތެއް، އެޗްޑީސީން އަޅައިވެސް ނުލާ!

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުން ބޮޑު ހަރަދެއް ކޮށްގެން ތައްޔާރުކުރި އެންޓަޕްރައިޒް ރިސޯސް ޕްލޭނިން (އީއާރުޕީ) ސޮފްޓުވެއާގެ ނަކަލެއް ހަދައި ވިއްކަމުންދާ މައްސަލައެއް ފެންމަތިވެއްޖެ ކަމަށް އިއްޔެ ރިޕޯޓު ކުރި އެވެ.

އީއާރުޕީ ސޮފްޓުވެއާތަކަކީ އޭގެތެރެއިން ކުންފުނީގެ ހިސާބުކިތާބާއި ޕްރޮކިއުމަންޓުގެ އިތުރުން އެޗްއާރު އަދި އެކައުންޓިން ވެސް ބެލެހެއްޓޭ ގޮތަށް ޑިވެލޮޕްކޮށް ބޭނުން ކުރާ އެއްޗެކެވެ.

އެ ސޮފްޓްވެއާގެ ނަކަލެއް އެހެން ނަމެއްގައި ވިއްކަމުންދަނީ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގައި ކުރިން ވަޒީފާ އަދާކުރި ބައެއް މުވައްޒަފުންނާއި މިހާރު ވެސް އެ ކުންފުނީގެ ވަޒީފާގައި ތިބި މުވައްޒަފުންތަކެއް ގުޅިގެން އުފައްދާފައިވާ ކުންފުންޏަކުން ކަމަށް މި ނޫހާ ވާހަކަ ދެއްކި މީހުން ބުންޏެވެ.

އެޗްޑީސީގެ ކުރީގެ މެނޭޖުމެންޓުން ޑިވެލޮޕަރުން ނަގައިގެން އުފައްދާފައިވާ އަގުބޮޑު އެ ސޮފްޓުވެއާ ވިއްކަމުންދާ ކަމަށް ތުހުމަތުކޮށް، އެޗްޑީސީގެ ހިއުމަން ރިސޯސަސް ޑިޕާޓުމެންޓަށް މައްސަލަ ހުށަހަޅާފައިވެ އެވެ. އެކަން އެ ކުންފުނީގެ ސީނިއާރު އޮފިޝަލަކު ކަށަވަރުކޮށް ދެއްވި އެވެ.

ނަމަވެސް މައްސަލަ އޮތީ މަޑުޖައްސާލައިފަ އެވެ.

މި ނޫހަށް މައުލޫމާތު ދިން އެޗްޑީސީގެ މުވައްޒަފަކު ބުނީ މި މައްސަލައިގައި ސީރިއަސް ތަހުގީގެއް އަދި ކުރަމުން ނުދާ ކަމަށެވެ.

"މިއީ ކަނޑައެޅިގެން ބޮޑު ވައްކަމެއް. އެއްކާއެކު އެޗްއާރު ޑިޕާޓްމެންޓުގައި މައްސަލަ އެބަ އޮތް. އެކަމަކު އަޅައި ނުލައި ތިބި މައުލޫމާތު ލިބިފައި ވަނީ،"އޭނާ ބުންޏެވެ.

އެޗްޑީސީގެ އީއާރުޕީ ސޮފްޓުވެއާގެ ނަކަލެއް އެހެން ނަމެއްގައި ވިއްކަމުންދާ މައްސަލައެއް ފެންމަތިވެފައި ވާއިރު، މިފަހުން ބަޔަކު ވަނީ އެ ކޯޕަރޭޝަނުގެ ޑޭޓާބޭސް ހެކުކޮށް މީހުންގެ ޒާތީ މައުލޫމާތު ހޯދަން މަސައްކަތް ކޮށްފަ އެވެ. އެކަމާ ގުޅިގެން ސަމާލުވުމަށް އެދި ފުލުހުން އިލްތިމާސް ވެސް ކުރި އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox