ގދ. ގައްދޫގައި 18 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުން ބުނީ ރޭގެ ވަގުތެއްގައި ގައްދޫގެ 18 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގެ ޝަކުވާ އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން 28 އަހަރުގެ ދިވެހި ފިރިހެނަކު ހަމަ ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އިދާރާ އިން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.












