މާލޭ ކޭއެފްސީ ބިއްލޫރިގަނޑު ތަޅައިލި މައްސަލައިގައި އެކަކު ހައްޔަރުކޮށްފ

ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލާފައި: މައްސަލައާ ގުޅިގެން 48 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލާފައި: މައްސަލައާ ގުޅިގެން 48 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

މާލޭގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅައިލި މައްސަލައިގައި އެކަކު ހައްޔަރުކޮށްފި އެވެ.

ކޭއެފްސީގެ ބިއްލޫރިގަނޑު ރޭ ތަޅައިލުމުގެ އިތުރުން މިދިޔަ ހޯމަ ދުވަހުގެ ރޭ ވެސް އެތަނުގެ ބިއްލޫރިގަނޑެއް ތަޅައިލި އެވެ.

ފުލުހުން ބުނީ ކޭއެފްސީގެ ބިއްލޫރިގަނޑު ހޯމަ ދުވަހުގެ ރޭ ތަޅައިލި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 48 އަހަރުގެ ފިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ނަމަވެސް ރޭ ބިއްލޫރިގަނޑު ތަަޅައިލި މައްސަލައާ ގުޅިގެން މިހައިތަަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޭއެފްސީގެ ބިއްލޫރިގަނޑު މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ވަނީ ތަޅައިލަފަ އެވެ. މީގެ ކުރިން އެތަނަށް ކަޅުތެޔޮ ވެސް ޖެހި އެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ގަތުލުއާންމާ ގުޅިގެން ކޭއެފްސީ ބޮއިކޮޓު ކުރުމަށް ގޮވާލައި އެތަނުގެ ބޭރުގައި، ލިޔުންތައް ހަރުކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އިޒްރޭލަށް ވާގިވެރިވެ މާލީ އެހީދޭ ބްރޭންޑުތަކުގެ ތެރޭގައި ކޭއެފްސީ ހިމެނެ އެވެ.

ފަލަސްތީނުގެ ރައްޔިތުން އިސްވެ ހިންގާ ބޮއިކޮޓް، ޑައިވެސްޓްމަންޓް، ސެންްކްޝަންސް (ބީޑީއެސް) ހަރަކާތުން ބޮއިކޮޓް ކުރާ ލިސްޓުގައިވެސް ކޭއެފްސީ ހިމެނެ އެވެ.

ފްރެންޗަައިޒް އުސޫލުން ހިންގާ މި ރެސްޓޯރަންޓު ރާއްޖޭގައި ހިންގަނީ ގަމާ އައިލެންޑް ފުޑް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. މި ކުންފުނީގެ ހިއްސާދާރުންނަކީ އައިލެންޑް ފުޑް ޕްރައިވެޓް ލިމިޓެޑް ކިޔާ ދިވެހި ކުންފުންޏަކާއި އިންޑިއާގެ ގަމާ ޕިއްޒާކްރާފްޓް އޯވާސީސް ލިމިޓެެޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑެތި ހުރިހާ މަޝްރޫއެއް ވަނީ މަޑުޖެހިފައި: މުއިއްޒު

ދަރަނި ދެއްކުމަށާއި ޒަރޫރީ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވި. މިކަން މިގޮތަށް ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން ފިސްކަލް މެނޭޖްމަންޓަށް ބަދަލު ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މިރޭގެ ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް ހިފި އަމާޒަށް މިރޭގެ ޖަލްސާއާ ހަމައަށް ވާސިލުނުވެވުމުން، އެ އަމާޒު ހާސިލުކުރުމުގެ ވަގުތު މިރޭ މެންދަމު 12 އާ ހަމައަށް ވަނީ އިތުރުކޮށްފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީއަށް އެއްލައްކަ ހަމަވާން އަދި 1,992 މެންބަރުން އިތުރަށް ބޭނުންވޭ.

ހުޅުމާލޭގައި އަޅާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި 699.8 މިލިއަން ރުފިޔާގެ މަޝްރޫއެއް. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ.

ޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ކުށަކަށް ހަދާ ބިލެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މީކާއީލް ނަސީމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކޮށް، ވަކި ޕާޓީއަކަށް ވަނުމަށް ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވުން ހުއްޓުވުން.

ސިޓިޒެންސް ޕޯޓަލް ދެވަނަ ފަހަރަށް އިފްތިތާހުކޮށްފި

ރައީސް މުއިއްޒަށް ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ޕޯޓަލް ދެވަނަ ފަހަރަށް ވަނީ އިފްތިތާހުކޮށްފައި އީ-ފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓުން ލިބުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

"މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށާއި، މި މަޝްރޫއުގެ މާލީ ތަފްސީލުތައް ކަމާބެހޭ އިދާރާތަކަށް ނޭނގޭއިރު، މިއީ މަދު ބައެއްގެ މެދުގައި ސިއްރުވެފައިވާ ކަމެއްކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox