އަމާޒަކީ 2027 ގެ އައިއޯއައިޖީގެ ފައިނަލުގައި ކުޅުން: ލަތީފް

ކާވާ 20 އަހަރުން ދަށުގެ ވޮލީބޯލް ޗެމްޕިއަންޝިޕް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ވީއޭއެމްގެ އަދި ކާވާގެ ރައީސް ލަތީފް - ފޮޓޯ: އަތޫފް އާތިފް / އަދަދު

ކާވާ 20 އަހަރުން ދަށުގެ ވޮލީބޯލް ޗެމްޕިއަންޝިޕް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ވީއޭއެމްގެ އަދި ކާވާގެ ރައީސް ލަތީފް - ފޮޓޯ: އަތޫފް އާތިފް / އަދަދު

ރާއްޖޭގެ ވޮލީބޯލް ޓީމުތަކުން މިހާރު އަމާޒު ހިފާފައިވަނީ 2027 ވަނަ އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ފައިނަލުގައި ކުޅުމަށް ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ބުނެފި އެވެ.

ރާއްޖޭގައި މިއަދު ފެށި ކާވާ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯލް ޗެމްޕިއަންޝިޕް މުބާރާތް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ، ވީއޭއެމްގެ ރައީސްގެ ހައިސިއްޔާތުން ދޭން ބޭނުންވާ އުންމީދަކީ 20 އަހަރުން ދަށުގެ ގައުމީ ޓީމުން މިއަދު ފެށި މި ދަތުރަކީ 2027 ވަނަ އަހަރުގެ އައިއޯއައިޖީގެ ފައިނަލް ކުޅުމުގެ އަޒުމު ކަމަށެވެ.

"ވޮލީބޯލް އެސޯސިއޭޝަންގެ ރައީސްގެ ހައިސިއްޔަތުން މިއަދު އަޅުގަނޑު އަޅުގަނޑުމެންގެ ވޮލީބޯލް އާއިލާ އަށް ޔަގީންކަމެއް ދޭން ބޭނުންވޭ. މިއަދު އަޅުގަނޑުމެންގެ 20 އަހަރުން ދަށުގެ ޓީމުން މި ފަށަނީ ވަރުގަދަ އަޒުމެއްގައި ފަށާ ދަތުރެއް. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ދަތުރުގެ އުންމީދަކީ 2027 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފައިނަލް ކުޅުން. ފިރިހެން ޓީމާ އަންހެން ޓީމު ވެސް." ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ, އައިއޯއައިޖީ އަށް ރާއްޖެ އިން ދާނީ ރިހި މެޑަލް އެންމެ މަދުވެގެން ހޯދުމުގެ އަޒުމުގައި ކަމަށެވެ. އަދި މި ވަގުތު ވީއޭއެމްގެ މަސައްކަތް ހުރީ އެ ކާމިޔާބީ އަށް ވާސިލްވެވޭނެ މަގުތައް ހޯދުމަށް ކަމަށް ލަތީފް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު (ރާއްޕެ) ވިދާޅުވީ، މި ސަރުކާރުން ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެެވެ. މިއީ ޒުވާން ކުޅުންތެރިން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމަށް މަގު ކޮށައިދޭނެ މުބާރާތެއް ކަމަށް ވެސް މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.

ވިހި އަހަރުން ދަށުގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު ފުރަތަމަ މެޗުން މިއަދު ވަނީ ކިރްގިސްތާން އަތުން ބަލިވެފަ އެވެ.

ލަތީފް، ވީއޭއެމްގެ ރައީސްގެ މަގާމަށް ދެ ވަނަ ފަަހަރަށް އިންތިހާބުވީ، މީގެ ހަތަރު މަސް ކުރިން ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ. ލަތީފް، އިންތިހާބުވީ، ވީއޭއެމްގެ ރައީސްކަމުން އިސްތިއުފާދިން، މުހައްމަދު ރަނޭޝް (ރަނޭ)ގެ ދައުރުގައި ބާކީ އޮތް އެއް އަހަރު ދުވަހަށް ރައީސްގެ މަގާމު ފުރުއްވުމަށެވެ. ދެން، އޮންނަ އައިއޯއައިޖީއަކާ ހަަމައަށް ލަތީފް، ވީއޭއެމްގެ ލީޑަޝިޕްގައި ހުންނަވާނަަމަ، އިތުރު ދައުރަކަށް ވީއޭއެމްގެ ރައީސްގެ މަގާމު ފުރުއްވަން ޖެހިވަޑައިގަންނަވާނެ އެވެ.

ލަތީފް ވަނީ، 2016-2019 އަށް ވީއޭއެމްގެ ރައީސްގެ މަގާމު ފުރުއްވައިފަ އެެވެ. ލަތީފް އަތުން ވޮލީ އެސޯސިއޭޝަންގެ ރައީސްގެ މަގާމު ގެއްލުނީ، މިދިޔަ ސަރުކާރުގެ ކޮމިޝަނާ އޮފް ސްޕޯޓްސް، ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ)، ވޮލީ އެސޯސިއޭޝަންގެ މައްސަލައެއް ބަަލައި، އޭރު އޮތް ލަތީފްގެ ހިންގާ ކޮމިޓީ އުވާލައި، އެސޯސިއޭޝަން އިންޓަރިމް ހާލަތަކަށް ގެންނަން ނިންމުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox