ބިދޭސީ މަސައްކަތްތެރިންގެ ފީ ނުދައްކާ ކުންފުނިތަކުގެ މައުލޫމާތު ނުދޭން ހޯމް މިނިސްޓްރީން ނިންމައިފި

ހޯމް މިނިސްޓަރު އިހުސާން: އެ މިނިސްޓްރީން ވަނީ ބިދޭސީ މަސައްކަތްތެރިންގެ ފީ ނުދައްކާ ކުންފުނިތަކުގެ މައުލޫމާތު ނުދޭން ނިންމާފަ - ފޮޓޯ: ރައީސް އޮފީސް

ހޯމް މިނިސްޓަރު އިހުސާން: އެ މިނިސްޓްރީން ވަނީ ބިދޭސީ މަސައްކަތްތެރިންގެ ފީ ނުދައްކާ ކުންފުނިތަކުގެ މައުލޫމާތު ނުދޭން ނިންމާފަ - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ ފީ ނުދައްކާ ކުންފުނިތަކުގެ ނަމާއި ނުދައްކާ ފައިސާގެ ތަފުސީލު ހާމަކުރަން ހޯމް މިނިސްޓްރީން ދެކޮޅު ހަދައިފި އެވެ.

ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ 1.7 ބިލިއަން ރުފިޔާ ނުދައްކައި އެބަ އޮތް ކަމަށް އެ މިނިސްޓްރީން ފުރަތަމަ ބުނީ ޖޫން 4، ގައި ގެޒެޓުކުރި އިއުލާނެއްގަ އެވެ. އެ އިއުލާނާއެކު ޖޫން 18، ގެ ކުރިން ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ. ނަމަވެސް އެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

މިނިސްޓްރީގެ އިއުލާނާއެކު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" އިން ވާނީ ފައިސާ ނުދައްކާ ކުންފުނިތަކުގެ ނަމާއި ފީގެ ގޮތުގައި ނުދައްކާ ފައިސާ އަދި ޖޫރިމަނާގެ ގޮތުގައި ހުރި ފައިސާގެ ތަފުސީލުތައް ހޯދަން އެދިފަ އެވެ.

ޖޫން 5، ގައި ހުށަހެޅި އެ އާރުޓީއައި ރިކުއެސްޓަށް ހޯމް މިނިސްޓްރީން ޖަވާބު ދީފައިވަނީ ޖުލައި 10، ގަ އެވެ.

ޖަވާބުގައި ބުނެފައިވަނީ އެ މައުލޫމާތު ތަކަކީ މިވަގުތަށް ހިއްސާކުރެވެން ނެތް މައުލޫމާތުތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެދުނު މައުލޫމާތުތައް މިނިސްޓްރީން އާންމުކުރާނެ ކަމަށް ފޮރިން ލޭބާ ޑިޕާޓްމަންޓުން ބުނެފައިވާ ކަމަށްވެސް އިންފޮމޭޝަން އޮފިސަރުގެ ޖަވާބުގައި ބުނެފައިވެ އެވެ.

މިހާތަނަށްވެސް ހޯމް މިނިސްޓްރީން އެ މައުލޫމާތުތަކެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް ނުލިބިވާ ފައިސާގެ ތެރެއިން 74 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ހޯމް މިނިސްޓްރީން ޖުލައި 14، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވެ އެވެ. ޖުމްލަ ފައިސާގެ ތެރެއިން އަދިވެސް 1.6 ބިލިއަން ނުލިބެ އެވެ.

ހޯމް މިނިސްޓްރީން ފުރަތަމަ ކުރި އިއުލާނުގައި ބުނީ، ނުލިބޭ ފައިސާ އަކީ ޖުމްލަ 10،619 ވަޒީފާދޭ ފަރާތުގެ (އެމްޕްލޯޔަރުންގެ) ނަންމަތީގައި ރަޖިސްޓަރީ ކުރެވިފައިވާ 102،807 ބިދޭސީ މަސައްކަތްތެރިންގެ ފީ އާއި ޖޫރިމަނާގެ ފައިސާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox