ޖޫންމަހުގެ ޓޫރިޒަމް ތަފާސްހިސާބުތައް އަދިވެސް އާންމުނުކުރޭ

ޓޫރިޒަމް މިނިސްޓަރު ފައިސަލް: އެ މިނިސްޓްރީން މަސް ދެބައިވިއިރުވެސް ޖޫން މަހުގެ ފަތުރުވެރިކަމުގެ ތަފާސް ހިސާބުތައް އާންމުނުކުރޭ - ފޮޓޯ: މަޖިލިސް

ޓޫރިޒަމް މިނިސްޓަރު ފައިސަލް: އެ މިނިސްޓްރީން މަސް ދެބައިވިއިރުވެސް ޖޫން މަހުގެ ފަތުރުވެރިކަމުގެ ތަފާސް ހިސާބުތައް އާންމުނުކުރޭ - ފޮޓޯ: މަޖިލިސް

މަހުން މަހަށް ނެރޭ ޓޫރިޒަމްގެ ތަފާސް ހިސާބުތައް ނެރުން މި މަހު މަޑުޖެހިއްޖެ އެވެ.

މިދިޔަ މެއި މަހުގެ ރިޕޯޓު ޓޫރިޒަމް މިނިސްޓްރީން އާންމުކުރީ ޖޫން ތިނެއްގަ އެވެ. އާންމު އުސޫލުގެ ދަށުން ކޮންމެ މަހަކުވެސް ނިމުން މަހުގެ ރިޕޯޓު، ފެށޭ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އާންމުކުރެ އެވެ.

ނަމަވެސް މި މަސް ދެބައިވިއިރުވެސް ޖޫން މަހުގެ ރިޕޯޓު އާންމުކޮށްފައެއް ނުވެ އެވެ. މަހުގެ ރިޕޯޓުތަކުގެ އިތުރުން ޓޫރިސްޓުން ރާއްޖެ އަންނަ ނަމްބަރުތަކާއެކު ކޮންމެ ދުވަހަކު ނެރޭ ތަފާސް ހިސާބުތައް ނެރުންވެސް މިހާރު ވަނީ މަޑުޖެހިފަ އެވެ. އެ ރިޕޯޓު އެންމެ ފަހުން ނެރެފައިވަނީ މި މަހު އަށެއްގަ އެވެ.

Advertisement

މިކަމާ ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން ޓޫރިޒަމް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ، މި ހަފުތާގެ ތެރޭގައި ޖޫން މަހުގެ ތަފާސް ހިސާބުތައް އާންމުކުރާނެ ކަމަށް މިނިސްޓްރީގެ ސްޓެޓިސްޓިކްސް ޑިޕާޓްމަންޓުން ބުނި ކަމަށެވެ.

"މި ދޭތެރެއިން ސްޓެޓްސްގެ އެއް ބޭފުޅަކު ޗުއްޓީގަ އުޅުމާއި އަނެއް ބޭފުޅާ ވަރަށް ބޮޑަށް ބަލިވެ އުޅުއްވާތީ އަޕްލޯޑުނުވެ އޭނީ،" އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމްގެ ރިޕޯޓުތައް މަޑުޖެހިފައިމިވަނީ ރާއްޖެއަށް ޓޫރިސްޓުން އަންނަ އަދަދު ދަށްވެ އެ ދާއިރާވެސް މަޑުޖެހިފައިވާ ދުވަސްވަރެއްގަ އެވެ. މިއީ އާންމުކޮށްވެސް ރާއްޖެއަށް އޮފް ސީޒަނެވެ. ނަމަވެސް މި އަހަރުގެ އޮފް ސީޒަނުގައި ފަތުރުވެރިން އަންނަ މިންވަރު ވަނީ ކުރީ އަހަރުތަކާ އަޅާ ބަލާއިރު ދަށަށް ގޮސްފަ އެވެ.

މިދިޔަ މަހަކީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އަށް އެންމެ މަދުން ޓޫރިސްޓުން އައި މަސް ކަމަށް ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެ އައިސްފައިވަނީ 119,875 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ މޭ މަހު ރާއްޖެ އައީ 120,959 ޓޫރިސްޓުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox