ރާއްޖެ-އެމެރިކާ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކައުންސިލުގެ ބައްދަލުވުމެއް އެމެރިކާގައި ބާއްވައިފި

ރާއްޖެ-އެމެރިކާގެ ޓީއައިއެފްއޭ ކައުންސިލް ބައްދަލުކުރުން -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ރާއްޖެ-އެމެރިކާގެ ޓީއައިއެފްއޭ ކައުންސިލް ބައްދަލުކުރުން -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ރާއްޖެ-އެމެރިކާގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ފްރޭމްވޯކް (ޓީއައިއެފްއޭ) ކައުންސިލުގެ ތިންވަނަ ބައްދަލުވުން އެމެރިކާގެ ވޮޝިންޓަންގައި ބާއްވައިފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކޯޗެއާކަން ކުރެއްވި އެ ބައްދަލުވުމުގައި އެމެރިކާއިން ދެކުނު އަދި ސެންޓްރަލް އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނެވި އެސިސްޓެންޓް ޓްރޭޑް ރިޕްރެސެންޓޭޓިވް ބްރެންޑަން ލިންޗްގެ އިތުރުން ދެ ގައުމުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެމެރިކާގެ ޓްރޭޑް ރިޕްރެޒެންޓޭޓިވް އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިނިސްޓަރު ސައީދު އަދި ލިންޗް ވަނީ އެ ބައްދަލުވުމުގައި ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަކޮށް، ކުރިއެރުމަށް އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ.

Advertisement

ރާއްޖޭގެ ފަރާތުން ބައްދަލުވުމަށް ރާއްޖޭގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިގްތިސާދީ ސިޔާސަތު ހުށަޅައި، އެ ހުށަހެޅުމަށް ދެވެން އޮތް އެންމެ ފުރިހަމަ އެއްބާރުލުމަށް ވަނީ އެދިފަ އެވެ.

އޭގެއިތުރުން، ރާއްޖޭގައި މާލީ، ކަނޑުގެ ދާއިރާއިން، ރިއަލް އެސްޓޭޓް އަދި ޓޫރިޒަމް ދާއިރާއިން އިންވެސްޓް ކުރެވޭނެ ފުރުސަތުތައް ރާއްޖޭގެ ވަފްދުން ވަނީ ފާހަގަކުރައްވާފަ އެވެ.

ދެ ގައުމުން ވެސް ވަނީ މުވައްޒަފުންގެ ހައްގާއި، ޑިޖިޓަލް ޓްރޭޑް އަދި ތިމާވެށީގެ ގޮތުން ދެމެހެއްޓިނިވި ގޮތެއްގައި ކުރާ މަސައްކަތް އިތުރު ކުރުމަށް އެއްބާރުލުން އިތުރުކުރުމަށް އެއްބަސްވެފަ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ދިވެހި ސަރުކާރުން އެމެރިކާއާއެކު ރަސްމީ ވިޔަފާރީގެ މަޝްވަރާތައް ކުރައްވަމުންނެވެ.

އެގޮތުން، އެމެރިކާގެ ޗެމްބާ އޮފް ކޮމާސް އިން ރޭވި ރައުންޑް ޓޭބަލް މަޝްވަރާއެއްގައި އެމެރިކާގެ ކޯޕަރޭޓް ދާއިރާގެ އޮފިޝަލުންނާއެކު ވެސް ސައީދު ވަނީ ބައްދަލުކުރައްވާފަ އެވެ.

މި ސަރުކާރުން ރާއްޖެއާ އެމެރިކާއާ ދެމެދު އޮންނަ ހާރިޖީ ގުޅުން ބަދަހިކުރަމުންދާއިރު ހާރިޖީ ވަޒީރު މޫސާ ޒަމީރުވެސް ވަނީ މިދިޔަ މަހު އެމެރިކާއަށް ވަޑައިގެންފަ އެވެ. އެމެރިކާއިންވެސް ދަނީ އިސް އޮފިޝަލުން ފޮނުވާ މަޝްވަރާތައް ބާއްވަމުންނެވެ.

ނަމަވެސް، އެމެރިކާއިން ބޮޑެތި އެހީތަކެއްވާ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދިމާކޮށް ރާއްޖެއިން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން ނިންމި ނިންމުމާއެކު އެ ގައުމުގެ ސެނެޓުގައި ރާއްޖެއަށް ދަތިކުރަން މަސައްކަތްތަކެއް ކުރި އެވެ. ނަމަވެސް އެކަމުގައި ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox