ޝަމްނާޒުމެން ގެއިން ގެންދިޔަ ޑޯލްގައި ސިހުރުގެ އެއްވެސް ކަމެއް ނެތް ކަމަށް އިސްލާމިކް މިނިސްޓަރީން ބުނެފި

ޝަމްނާޒުގެ ގެއިން ފުލުހުން ގެންދިޔަ ވޫލުން ވިޔެފައިވާ ޑޯލްއާއި ފޯނު -- ފޮޓޯ: އަދަދު

ޝަމްނާޒުގެ ގެއިން ފުލުހުން ގެންދިޔަ ވޫލުން ވިޔެފައިވާ ޑޯލްއާއި ފޯނު -- ފޮޓޯ: އަދަދު

ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ތިމާވެއްޓާ ބެހޭ މިނިސްޓަރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، ފާތިމަތު ޝަމްނާޒު އާއި އޭނާގެ ކޮއްކޮ، ހައްވާ ސަނާ ސަލީމްގެ ގެއިން ހެކީގެ ގޮތުގައި ފުލުހުން ގެންދިޔަ ތަޅުދަނޑި ފުލު [ވޫލުން ގަތާފައިވާ ޑޯލް] ގައި ސިހުރުގެ އެއްވެސް ކަމެއް ނެތް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ޝަމްނާޒުގެ މައްސަލައާ ގުޅޭ ގޮތުން "އަދަދު" އާ ވާހަކަ ދައްކަވަމުން އޭނާގެ ވަކީލު އަލީ ޝާހު ވިދާޅުވީ ޝަމްނާޒުއާ ދެކޮޅަށް މިހާތަނަށް ފުލުހުންނަށް އެއްވެސް ހެއްކެއް ދެއްކިފައި ނުވާ ކަމަށާއި އެ ގެއިން ގެންދިޔަ ޑޯލްގައި ވެސް ސިހުރުގެ އެއްވެސް ކަމެއް ނެތް ކަމަށް އިސްލާމިކް މިނިސްޓްރީއާ ހަވާލާދީ ފުލުހުން ކޯޓުގައި ބުނެފައިވާ ކަމަށެވެ.

"ޝަމްނާޒުމެން ގެއިން ގެންދިޔަ ކަމަށް އެ ބުނާ ފަށު ފުލަކާއި އަނެކައްޗަކާއި އެ ހުރިހާ އެއްޗެއް އިސްލާމިކް މިނިސްޓަރީން ތަހުލީލު ކުރުމަށްފަހު އިސްލާމިކް މިނިސްޓަރީން ރައުޔު ދީފައި އެބައިން އޭގައި ނެތޭ ސިހުރާ ގުޅޭ ނުވަތަ ޝިރުކުގެ އެއްވެސް އެއްޗެއް ނުހިމެނެޔޭ،" ޝާހު ވިދާޅުވި އެވެ.

"ކޯޓުގައި ފުލުހުން ބުނީ އިސްލާމިކް މިނިސްޓަރީން އެގޮތަށް ރައުޔު ދީފައި އެބަ އޮތޭ ޝިރުކުގެ އެއްވެސް އެއްޗެއް އޭގައި ނުހިމެނޭ ކަމަށް."

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ޝަމްނާޒުމެންގެ ގެއިން ފުލުހުން ގެންދިޔަ ތަކެތީގެ ތެރޭގައި، ޝަމްނާޒު އާއި ސަނާގެ ފޯނުގެ އިތުރުން ސީލްކޮށްފައިވާ ފޯނެއް ކެނޑުމަށް ފަހު އެ ފޯނާއި، އައިއޯއައިޖީ [އިންޑިއަން އޯޝަން އައިލެންޑް ގޭމްސް] މުބާރާތެއްގައި ބެހި ތަޅުދަނޑިފުލަކާއި، ސަނާގެ ކޮޓަރިން ފެނުނު އިސްތަށިކޮޅަކާއި، ސަމްނާޒުގެ ކޮޓަރިން، ކަރު އަޅާ ފަށެކެވެ.

ފުލުހުން ގެންދިޔަ ތަޅުގަނޑިފުލުލާ އެއްޗަކީ ވޫލުން ވިޔެފައިވާ ޑޯލްއެކެވެ.

މި މައްސަލައިގައި ޝަމްނާޒު ހައްޔަރުކުރީ، އަދި ގެ ބަލައި ފާސްކުރީ ހަމައެކަނި އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށެވެ.

ސިހުރުގެ ތުހުމަތުގައި ޝަމްނާޒު އާއި ސަނާގެ އިތުރުން ދެން ހައްޔަރު ކުރީ ސިހުރު ހެދި ކަމަށް ބުނާ ތ. ކިނބިދޫ، ނިވައިދޮށުގޭ، ހުސައިން ސަމީރު އެވެ. އެކަމަކު ސަމީރު ވަނީ މިހާރު ދޫކޮށްލައިފަ އެވެ.

ޝަމްނާޒު އާއި ސަނާ ހައްޔަރުކުރީ ސަމީރަށް އެކި ފަހަރުމަތިން، ފައިސާ ދީގެން "ދެމަފަރިން ދުރުމުރުމަށާއި ލޯބި ހާސިލްކުރުމަށާއި މީހުންނާ ގާތް ގުޅުން އުފެއްދުމަށް ސިހުރު ހާހޫރާ ހަދަމުން އަންނަ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މީނާގެ ފުށުން މިފަދަ ކުށުގެ އަމަލެއް ތަކުރާރުކޮށްފާނެ ކަމަށް ބެލެވޭތީ މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި" ކަމަށް ބުނެ އެވެ.

ޝާހު ވިދާޅުވީ ޝަމްނާޒު ހައްޔަރު ކޮށްފައި ވަނީ ސިޔާސީ ނުފޫޒުން ކަމަށާއި އޭނާ ހުރީ ފްރޭމް ކޮށްފައި ކަމަށެވެ. ޝަމްނާޒުއާ ދެކޮޅަށް އެއްވެސް ހެއްކެއް ފުލުހުންނަށް ނުދެއްކެނީ އެ ސަބަބާ ހުރެ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox