ހެއްކެއް ނެތް؛ ފުލުހުން ބުނަނީ ޝަމްނާޒުގެ ކުރީގެ ފިރިމީހާ، އާދަމް ރަމީޒުއާ ދެކޮޅަށް ބަޔާން ދިނީމަ ދޫކޮށްލާނެ ކަމަށް: ވަކީލު

ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޝަމްނާޒު -- ފޮޓޯ: އަދަދު

ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޝަމްނާޒު -- ފޮޓޯ: އަދަދު

ސިހުރު ހެދިކަމުގެ ތުހުމަތުކޮށް ހައްޔަރު ކޮށްފައި ހުރި، އެންވަޔަރަމެންޓު މިނިސްޓަރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒު އަލީ ސަލީމްއާ ދެކޮޅަށް އެއްވެސް ހެއްކެއް މިހައިތަނަށް ފުލުހުންނަށް ނުދެއްކޭ ކަމަށާއި ޝަމްނާޒުގެ ކުރީގެ ފިރިމީހާ، އާދަމް ރަމީޒުއާ ދެކޮޅަށް ބަޔާން ދީފިނަމަ ދޫކޮށްލާނެ ކަމަށް ފުލުހުން ތަކުރާރުކޮށް ޝަމްނާޒު ގާތުގައި ބުނަމުން ދާކަމަށް ޝަމްނާޒުގެ ލޯޔަރު، އަލީ ޝާހު ވިދާޅުވެއްޖެ އެވެ.

ޝަމްނާޒުގެ މައްސަލައާ ގުޅޭގޮތުން "އަދަދު" އާ ވަހަކަދައްކަމުން ޝާހު ވިދާޅުވީ ޝަމްނާޒުއާ ދެކޮޅަށް އެއްވެސް ހެއްކެއް ފުލުހުންނަށް ނުދެއްކޭއިރު ވެސް، އޭނާ ހައްޔަރު ކޮށްފައި ހުރީ ސިޔާސީ ގޮތުން ފްރޭމް ކޮށްގެން ކަމަށެވެ. އަދި ޝަމްނާޒުގެ ކުރީގެ ފިރިމީހާ، އާދަމް ރަމީޒުއަށް އެނގޭ، ސަރުކާރުގެ ބޮޑެތި ސިއްރުތަކެއް ޝަމްނާޒުއަށް ވެސް އެނގޭ ކަމަށް ޝާހު ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ "އިރުކޮޅުކޮޅާ ފުލުހުން ގޮސް ޝަމްނާޒު ކައިރީ މި ބުނަނީ އާދަމް ރަމީޒުއާ ދެކޮޅަށް ބަޔާން ދޭށޭ ދޫކޮށްލަ ދޭނަމޭ،" ބުނާ ކަމަށެވެ.

"ކޮންމެ ގޮތެއްވިޔަސް [ކުރީގެ ފިރިމީހާ] ރަމީޒު ފްރޭމް ކުރުމަކަށް، ރަމީޒުއާ ދެކޮޅަކަށް އޭނަ ބަޔާނެއް ނުދޭނެތާ،"

ސިހުރު ހެދުމުގެ ތުހުމަތުގައި ޝަމްނާޒު އާއި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ، ހައްވާ ސަނާ ސަލީމް ހައްޔަރު ކުރީ ޖޫން 23 ވަނަ ދުވަހު އެވެ. އޭގެފަހުން ދެ ފަހަރެއްގެ މަތިން ހަތް ދުވަހުގެ މުއްދަތު ޖެހުމަށްފަހު މިދިޔަ ހޯމަ ދުވަހު ވަނީ އެ ދެމީހުންގެ ބަންދަށް އިތުރު ފަސް ދުވަސް ޖަހައިފަ އެވެ.

ތިންފަހަރެއްގެ މަތިން އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރިއިރު ވެސް ޝަމްނާޒުއާ ދެކޮޅަށް އެއްވެސް ހެއްކެއް ފުލުހުންނަށް ނުދެއްކޭ ކަމަށް ޝާހު ވިދާޅުވި އެވެ.

"ފުލުހުންނަކަށް ބުނެއެއް ނުދެވޭ އޭނާގެ މައްޗަށް އެޕްލައި ކުރެވޭ ގާނޫނީ މާއްދާތައް ހުރީ ކިހިނެއް ކަމެއް ވެސް އެއްވެސް އެއްޗެއް ބުނެއެއް ނުދެވޭ، ހަމައެކަނި ފުލުހުން ބުނާ ބުނުމަށް މުއްދަތު އިތުރު ކޮށްދެނީ، އެއްވެސް އަސާސެއް ހުރެގެން ހެއްކެއް ހުރެގެނެއް ނޫން، އަނިޔާ ލިބުނު ފަރާތެއް ނެތް، ޝަކުވާ ކުރި ފަރާތެއް ނެތް، ޝަކުވާ ކުރި ފަރާތަކީ ކާކުތޯ، މައްސަލަ ހުށަހެޅި ފަރާތަކީ ކާކުތޯ ބުނީމަ ފުލުހުން ބުނަނީ އެއީ އިންޓެލިޖެންސުން ކުރާ ކަމެކޯ،" ޝާހު ވިދާޅުވި އެވެ.

ޝަމްނާޒު ހައްޔަރު ކުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އާދަމް ރަމީޒް ވަނީ ކޯޓުން ބޭރުން ޝަމްނާޒު ވަރިކޮށްފަ އެވެ.

ޝަމްނާޒު ހައްޔަރު ކުރިއިރު ވެސް ރަމީޒު "އެކަހެރި" ކޮށްފައިވާކަމުގެ އަޑުތައް ހުރީ ގަދަކޮށެވެ. ރައީސް މުއިއްޒުއާ ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި އާދަމް ރަމީޒް، ރައީސްއާ އެއްކޮށް ނުފެންނަތާ މަސްތަކެއް ވެއްޖެ އެވެ.

ޝަމްނާޒާއި ރަމީޒު ވެސް ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވިއިރު ކައުންސިލް މެންބަރުކަން ކުރެއްވި އެވެ. ދެ ބޭފުޅުން ވެސް ކައުންސިލުން އިސްތިއުފާ ދިނީ ސަރުކާރުގެ މަގާމުތަކަށް އައުމަށެވެ.

ޝަމްނާޒުއާއި އޭނާގެ ކޮއްކޮގެ އިތުރުން ސިހުރު ހެދި ކަމަށް ތުހުމަތު ކުރާ، ތ. ކިނބިދޫ ހުސައިން ސަމީރު ވެސް ފުލުހުން ހައްޔަރު ކުރި އެވެ. ނަމަވެސް އޭނާ މިހާރު ވަނީ ޝަރުތުތަކެއް ކުރުމަށްފަހު ބަންދުން ދޫކޮށްލައިފަ އެވެ.

އެ ހުރިހާ އެންމެން ވެސް ހައްޔަރު ކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ރިޕޯޓާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އާންމެއް ނުކުރެ އެވެ.

ޝާހު ވިދާޅުވީ ޝަމްނާޒުގެ ފަރާތުން ކަމުގެ ހަގީގަތް ސާފުކޮށް، އެކަމާ ގުޅޭގޮތުން ކުރިއަށް އޮތް ތަނުގައި ސާފު މައުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox