ރާއްޖެއިން އެމެރިކާ އާއެކު ވިޔަފާރީގެ މަޝްވަރާތައް ފަށައިފި

އެމެރިކާއާއެކު ރާއްޖެއިން ބާއްވާ މަޝްވަރާތަކުގެ ތެރެއިން: އެ މަޝްވަރާތައް ކުރިއަށް ގެންދަނީ އެމެރިކާގެ ވެރިރަށުގައި - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އެމެރިކާއާއެކު ރާއްޖެއިން ބާއްވާ މަޝްވަރާތަކުގެ ތެރެއިން: އެ މަޝްވަރާތައް ކުރިއަށް ގެންދަނީ އެމެރިކާގެ ވެރިރަށުގައި - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ދިވެހި ސަރުކާރުން އެމެރިކާއާއެކު ރަސްމީ ވިޔަފާރީގެ މަޝްވަރާތައް ފަށައިފި އެވެ. މި ދަތުރަކީ ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ބަދަހިކޮށް އިންވެސްޓްމަންޓު ހޯދުމުގެ ބޭނުމުގައި ކުރާ ދަތުރެކެވެ.

މި މަޝްވަރާތަކުގައި ބައިވެރިވި ރާއްޖޭގެ ވަފުދުގައި މިނިސްޓަރު ސައީދުގެ އިތުރުން އެމެރިކާގައި ހުންނަވާ ރާއްޖޭގެ ސަފީރު އަބްދުލްގަފޫރު މުހައްމަދުގެ އިތުރުން އެސްޓީއޯގެ ސީއީއޯ ޝިމާދު އިބްރާހިމްގެ އިތުރުން ސަރުކާރުގެ އޮފިޝަލުންނާއި ރާއްޖޭގައި ހުންނަވާ އެމެރިކާގެ ސަފީރުވެސް ހިމެނެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މަޝްވަރާތަކަކީ އެމެރިކާގެ ޗެމްބާ އޮފް ކޮމާސް އިން ރޭވި ރައުންޑް ޓޭބަލް މަޝްވަރާއެއް ކަމަށެވެ. އަދި މި ބައްދަލުވުމުގައި އެމެރިކާގެ ކޯޕަރޭޓް ދާއިރާއިން އޮފިޝަލުން ބައިވެރިވި ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެ އެވެ.

ވިޔަފާރީގެ ގުޅުން ބަދަހިކުރަން ރާއްޖޭގެ ޓީމުން ކުރާ މި ދަތުރު އެންމެ ފުރަތަމަ އިއުލާނުކުރެއްވީވެސް މިނިސްޓަރު ސައީދު އެވެ. އޭނާ އެހެން ވިދާޅުވީ މަޖިލިސް އިންތިހާބާ ދިމާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ވަޒީރުންގެ ޓީމަކުން އުތުރަށް ކުރެއްވި ދަތުރެއްގެ ތެރެއިން ފެބްރުއަރީ 27، ގައި ށ. މިލަންދޫގައި ހުންނަވާ ދެއްކެވި ވާހަކައިގަ އެވެ.

މި ސަރުކާރުން ރާއްޖެއާ އެމެރިކާއާ ދެމެދު އޮންނަ ހާރިޖީ ގުޅުން ބަދަހިކުރަމުންދާއިރު ހާރިޖީ ވަޒީރު މޫސާ ޒަމީރުވެސް ވަނީ މިދިޔަ މަހު އެމެރިކާއަށް ވަޑައިގެންފަ އެވެ. އެމެރިކާއިންވެސް ދަނީ އިސް އޮފިޝަލުން ފޮނުވާ މަޝްވަރާތައް ބާއްވަމުންނެވެ.

ނަމަވެސް، އެމެރިކާއިން ބޮޑެތި އެހީތަކެއްވާ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދިމާކޮށް ރާއްޖެއިން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން ނިންމި ނިންމުމާއެކު އެ ގައުމުގެ ސެނެޓުގައި ރާއްޖެއަށް ދަތިކުރަން މަސައްކަތްތަކެއް ކުރި އެވެ. ނަމަވެސް އެކަމުގައި ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox