ވިޔަފާރީގެ މަޝްވަރާތަކަކަށް މިނިސްޓަރު ސައީދު އެމެރިކާއަށް

އެމެރިކާ ސަފީރު މިނިސްޓަރު ސައީދުއާއެކު އެއާޕޯޓުގައި: ސައީދު ވަނީ މިއަދު އެމެރިކާއަށް ފުރާވަޑައިގެންފަ - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އެމެރިކާ ސަފީރު މިނިސްޓަރު ސައީދުއާއެކު އެއާޕޯޓުގައި: ސައީދު ވަނީ މިއަދު އެމެރިކާއަށް ފުރާވަޑައިގެންފަ - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ވިޔަފާރީގެ މަޝްވަރާތަކަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމެރިކާއަށް ފުރާވަޑައިގެންފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓުގައި ބުނެފައިވަނީ ސައީދުގެ ދަތުރުގައި އެމެރިކާގެ ވިޔަފާރި މަންދޫބުންނާއި އެމެރިކާގެ ޗެމްބާ އޮފް ކޮމާސް އަދި ސަރުކާރުގެ އެހެން އިދާރާތަކާއެކު މަޝްވަރާތައް ބާއްވާނެ ކަމަށެވެ.

"މި ދަތުރުގެ މަގުސަދަކީ ރާއްޖެއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ އަދި އިންވެސްޓުމަންޓުގެ ދާއިރާއިން ގުޅުން ބަދަހިކުރުން،" އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އެ ވުޒާރާއިން ހިއްސާކުރި ފޮޓޯގައި ފެންނަނީ އެއާޕޯޓުގައި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ސައީދު އާ މަޝްވަރާ ކުރައްވާ މަންޒަރެވެ.

މި ދަތުރު އެންމެ ފުރަތަމަ އިއުލާނުކުރެއްވީވެސް މިނިސްޓަރު ސައީދު އެވެ. އޭނާ އެހެން ވިދާޅުވީ މަޖިލިސް އިންތިހާބާ ދިމާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ވަޒީރުންގެ ޓީމަކުން އުތުރަށް ކުރެއްވި ދަތުރެއްގެ ތެރެއިން ފެބްރުއަރީ 27، ގައި ށ. މިލަންދޫގައި ހުންނަވާ ދެއްކެވި ވާހަކައިގަ އެވެ.

އެ ދުވަހު ސައީދު ވިދާޅުވީ އެމެރިކާއަށް ވަޑައިގަންނަވާނީ ރާއްޖޭގެ "ޓްރޭޑު ވަފުދެއް" ކަމަށެވެ.

"ޖުލައި 10 ވަނަ ދުވަހު ދިވެހިރާއްޖެއިން ފުރަތަމަ ފަހަރަށް، އަޅުގަނޑު މައުލޫމާތު ކުށް ކަމަށް ނުވަންޏާ، ޓްރޭޑް ޑެލިގޭޝަނެއް އެމެރިކާގެ ވެރިރަށް ވޮޝިންޓަން އަށް ދާނެ. އެކަން ރައީސުލްޖުމްހޫރިއްޔާ އަށްޓަކައި އެމެރިކާގެ ސަރުކާރުން ވަނީ ފަހިކޮށްދީފައި،" އޭނާ އެ ދުވަހު ވިދާޅުވި އެވެ.

ނަމަވެސް, މި ދަތުރުގައި ސައީދުގެ އިތުރުން ސަރުކާރުގެ އިސް އޮފިޝަލަކު ބައިވެރިވި ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ސަރުކާރުން މިހާރު ގެންދަނީ މާލީ ގޮންޖެހުންތަކާ ހެދި ހަރަދުކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އިއުލާނުކުރަމުންނެވެ.

މި ސަރުކާރުން ރާއްޖެއާ އެމެރިކާއާ ދެމެދު އޮންނަ ހާރިޖީ ގުޅުން ބަދަހިކުރަމުންދާއިރު ހާރިޖީ ވަޒީރު މޫސާ ޒަމީރުވެސް ވަނީ މިދިޔަ މަހު އެމެރިކާއަށް ވަޑައިގެންފަ އެވެ. އެމެރިކާއިންވެސް ދަނީ އިސް އޮފިޝަލުން ފޮނުވާ މަޝްވަރާތައް ބާއްވަމުންނެވެ.

އެމެރިކާއިން ބޮޑެތި އެހީތަކެއްވާ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދިމާކޮށް ރާއްޖެއިން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން ނިންމި ނިންމުމާއެކު އެ ގައުމުގެ ސެނެޓުގައި ރާއްޖެއަށް ދަތިކުރަން މަސައްކަތްތަކެއް ކުރި އެވެ. ނަމަވެސް އެކަމުގައި ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.

މިކަމާއި އިޒްރޭލަށް އެމެރިކާއިން ވާގިވެރިވާ މިންވަރުގެ ސަބަބުން، އެމެރިކާއާ އެކު ބާއްވަން މަސައްކަތް ކުރާ ގާތް ގުޅުމަށް އާންމުންގެ ބައެއް މީހުން ތަކުރާރުކޮށް ދަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox