އިންޑިއާ ކުރިކެޓު ޓީމުގެ ކާމިޔާބީ ރާއްޖޭގައި ފާހަގަކުރަން އެމްއެމްޕީއާރުސީ އިން ދައުވަތުދީފި

އިންޑިއާގެ ގައުމީ ކްރިކެޓު ޓީމު: އިންޑިއާގެ ކާމިޔާބީ ރާއްޖޭގައި ފާހަގަކުރަން ދައުވަތުދީފި -

އިންޑިއާގެ ގައުމީ ކްރިކެޓު ޓީމު: އިންޑިއާގެ ކާމިޔާބީ ރާއްޖޭގައި ފާހަގަކުރަން ދައުވަތުދީފި -

އިންޑިއާގެ ގައުމީ ކްރިކެޓު ޓީމުން ޓީ20 ވޯލްޑް ކަޕު ކާމިޔާބު ކުރުމުން އެކަމުގެ އުފާފާޅުކުރުން ރާއްޖޭގައި ކުރިއަށް ގެންދަން އެމްއެމްޕީއާރުސީ އަދި މަޓީ އިން ދައުވަތު ދީފި އެވެ.

އެމްއެމްޕީއާރުސީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިންޑިއާގެ ކާމިޔާބީ ރާއްޖޭގައި ފާހަގަކުރުމަށް އެ ދެ ފަރާތުން ރަސްމީކޮށް އިންޑިއާގެ ގައުމީ ޓީމަށް ދައުވަތު ދީފައިވާ ކަމަށެވެ. އަދި މި ދައުވަތުގައި ރާއްޖެއިން އިންޑިއާގެ ޓީމަށް "ހަނދާނުން ފުހެލަން ބޭނުންނުވާފަދަ ހިތްފަސޭހަ އަދި ލުއިކަން ލިބިދޭ" ޗުއްޓީއެއް ފޯރުކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ޑިރެކްޓަރު އިބްރާހިމް ޝިއުރީ އާއި މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނަޒީރު އިންޑިއާ ޓީމަށް މަރުހަބާ ވިދާޅުވެފައިވާ ކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

Advertisement

މިއީ އިންޑިއާގެ ފަތުރުވެރިން ރާއްޖެއައުން މަދުވެފައިވާ ދުވަސްވަރެއްގައި، އެ މާކެޓު އަލުން ހޯދުމަށް ކުރެވޭ މަސައްކަތެއް ކަމުގައި ބެލެވެ އެވެ. ބަޔާނުގައި ބުނެފައިވަނީ މި ދައުވަތުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަވާނެ ކަމަށެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި އިންޑިއާ މިހާރު އޮތީ ހަ ވަނައިގަ އެވެ. އެ ގައުމުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު ރާއްޖެ އައި ފަތުރުވެރިންނަށްވުރެ މި އަހަރުގެ ފުރަތަމަ ހަ މަހު އައި ފަތުރުވެރިންގެ އަދަދު 40،000 އާ ގާތްކުރާ އަދަދަކުން ވަނީ ދަށްވެފަ އެވެ.

އިންޑިއާ ފަތުރުވެރިން އައުން ދަށްވެފައި މިވަނީ މި ސަރުކާރު އައުމަށްފަހު އެ ގައުމާއެކު އޮތް ހާރިޖީ ގުޅުން ގޯސްވުމަށްފަހު އެވެ. އެގޮތުން ސަރުކާރުގެ ތިން ނައިބު ވަޒީރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމަތް ކުރުމާ ގުޅިގެން ރާއްޖެ ބޮއިކޮޓު ކުރުމުގެ ބޮޑު ކެމްޕޭނެއްވެސް އިންޑިއާގައި ކުރިއަށް ގެންދިޔަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox