މާރާމާރީ ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި މަސްވެރިޔާ ސާޖިދު ދޫކޮށްލައިފި

ގާބުރިއަކުން މީހެއްގެ ގައިގައި ޖެހުމުގެ ތުހުމަތުގައި ހައްޔަރުކުރި ސާޖިދު

ގާބުރިއަކުން މީހެއްގެ ގައިގައި ޖެހުމުގެ ތުހުމަތުގައި ހައްޔަރުކުރި ސާޖިދު

ގާބުރިއަކުން މީހެއްގެ ބޮލުގައި ޖެހި ކަމަށް ބުނެ ފުލުހުން ހައްޔަރުކުރި މަސްވެރިޔާ އަލީ ސާޖިދު ބަންދުން ދޫކޮށްލައިފި އެވެ.

އޭނާ ދޫކޮށްލީ, ބަންދުގައި ހަތް ދުވަހު ބެހެއްޓުމަށްފަހު އެވެ.

ސާޖިދު މިއަދު ކުރި ޕޯސްޓެއްގައި ބުނީ އޭނާ ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއް ނެތި ގާނޫނާ ހިލާފަށް ކަމަށް ސާޖިދު ބުންޏެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުން, އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހިކަމުގެ ތުހުމަތުގައި ޖޫން 29، ގައި ހައްޔަރުކުރި ސާޖިދުގެ ބަންދަށް ހަތް ދުވަހު މުއްދަތު ޖެހީ ޖޫން 30، ގެ ވަގުތެއްގައި ވިލިނގިލި މެޖިސްޓްރޭޓު ކޯޓުންނެވެ.

ގއ. ވިލިނގިލިން "އަދަދު" ނޫހަށް މައުލޫމާތު ދިން މީހަކު ބުނީ ސާޖިދު ގާބުރިއަކުން ޖެހި ކަމަށް ފުލުހުން ބުނަނީ ކުޑަ ކުއްޖަކަށް ގަނާކުރި ތުހުމަތު އޭނާ ކުރާ އަންހެން މީހެއްގެ ބޮލުގައި ކަމަށެވެ. އެ މައްސައިގައި ސާޖިދުގެ ގައިގައި ތަޅައިގަންނަން ބަޔަކު އުޅުނު ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ސޯޝަލް މީޑިއާގެ އެކްޓިވިސްޓެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވާ ސާޖިދު އަންނަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ހާއްސަކޮށް މަސްވެރިންގެ ހައްގުތަކާ ގުޅޭ ގޮތުން އޭނާ އަޑުއުފުލަ އެވެ. އަދި އިޖުތިމާއީ ބައެއް މައްސަލަތައް ވެސް ފެންމަތިކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox