ހުލާސާކޮށް އިއްޔެ: މާލީ ދަތިކަން ކުރިމަތިވެފައި ވަނިކޮށް އަބްދުއްރަހީމް މުރައިދޫގެ އަށް ބަދަލުވުން

މުރައިދޫގެ

މުރައިދޫގެ

ދައުލަތުގެ މާލީ ދަތިކަން ބޮޑުވެ، ހަރަދު ކުޑަކުރަން މަސައްކަތް ފަށާފައި ވަނިކޮށް، ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ބަދަލުވެވަޑައިގަތުމަށް މ. މުރައިދޫގެ މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

އެމްޑީޕީ ވެރިކަމުގެ ފުރަތަމަ ކޮޅު އެ ގެ ހުސްކޮށް ހުރުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް އެ ގެ ހާއްސަ ކުރީ، މެއި 6، 2021 ގައި އެ މަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ ގުޅިގެންނެވެ.

ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ފަހު ރާއްޖެވަޑައިގެން މުރައިދޫ ގޭގައި ނަޝީދު ދިރިއުޅުއްވަން ފެއްޓެވީ 2021 ވަނަ އަހަރު ނޮވެންބަރު މަހުން ފެށިގެންނެވެ. އެ މަނިކުފާނު މަޖިލީހުގެ ރައީސްކަމުން ދުރުކުރަން އެމްޑީޕީން ހުށަހެޅި މައްސަލައިގެ ނޯޓިހާ ގުޅިގެން ޖޫން 2023 ގައި މުރައިދޫގެއިން ނުކުމެވަޑައިގެންނެވި އެވެ.

Advertisement

ނަޝީދަށް ފަހު 19 ވަނަ މަޖިލީހުގެ ރައީސްއަކަށް އިންތިހާބު ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމު މުރައިދޫގޭގައި ދިރިނޫޅުއްވަ އެވެ.

ނަމަވެސް މިހާރު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ފޮނަދޫ ދާއިރާގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދިރިއުޅުއްވުމަށް އެ ގެ ހާއްސަ ކުރައްވައި، އެތަން މަރާމާތު ކުރުން މިހާރު ދަނީ ކުރިއަށެވެ.

"ވަރަށް އަވަހަށް އެތަނަށް ބަދަލުވެވަޑައިގެންނެވުމުގެ މަސައްކަތް ކުރައްވަމުން އެ ގެންދަނީ،" އެކަމުގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

"ޖުލައި މަހުގެ ނިޔަލަށް މަރާމާތުގެ މަސައްކަތް ނިމޭނެ ކަމަށް މައުލޫމާތު ލިބިފައިވަނީ."

އަބްދުއްރަހީމް މުރައިދޫގެ އަށް ބަދަލުވެވަޑައިގަންނަވާ ވާހަކަ ރައްޔިތުންގެ މަޖިލީހުން ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ. އަދި މުރައިދޫގެ މަރާމާތު ކުރަން ހަރަދު ކުރަނީ ކިހާ ފައިސާއެއްކަން ވެސް ހާމައެއް ނުކުރެ އެވެ.

މިހާރު އެ މަނިކުފާނު ދިރިއުޅުއްވަމުން ގެންދަވަނީ، ރެހެންދި ފްލެޓުން ބައްލަވައިގެންނެވި އެޕާޓްމެންޓުގަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުރައިދޫގެ ކުއްޔަށް ދީފައި ހުރީ އެ މަނިކުފާނުގެ ބޭފުޅުން ދިރިއުޅުއްވުމަށެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox