މި އަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އެއް މިލިއަން ފަހަނައަޅައި ގޮސްފި އެވެ.
އެއް މިލިއަން ވަނަ ޓޫރިސްޓު މިއަދު ރާއްޖެ އައިސްފައިވާއިރު، އެ ފަހުރު ލިބުނީ ތައިލެންޑަށް ނިސްބަތްވާ ސުތަޕާ އަމޯންވިވަތުއަށެވެ. އޭނާއަށް އެމްއެމްޕީއާރްސީ އާއި ޓޫރިޒަމް މިނިސްޓްރީން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލް، މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބައިވެރިވި އެވެ.
މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވަނީ އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމުން ޓޫރިޒަމް ދާއިރާގެ ހުރިހާ ފަރާތްތަކަށް މަރުހަބާ ކިޔާފަ އެވެ.
އެއް މިލިއަން ފަތުރުވެރިޔާއަށް ސަން ޝިޔާމް ރިސޯޓުން ސްޕެޝަލް ހޮލިޑޭ ޕެކޭޖެއް ދީފަ އެވެ.
މީގެ ކުރިން ތިން ފަހަރު ރާއްޖެއަށް ޒިޔާރަަތް ކޮށްފައިވާ ތައިލެންޑް ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތްކުރީ އޭނާގެ އާއިލާއާއެކު ނިޔާމާ މޯލްޑިވްސްގައި ޗުއްޓީ ހޭދަ ކުރުމަށެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަށެވެ.










