ރ. މީދޫ މިސްކިތެއްގައި މީހަކު ޓިކްޓޮކް ކުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މިސްކިތުގައި ޓިކްޓޮކް ކުޅުނީ އީދަށް އެ ރަށަށް ގޮސްއުޅުނު އަންހެނެއް ކަމަށެވެ.
އޭނާއަކީ މީދޫއަށް އީދު ޝޯދިނުމަށް ގޮސްތިބި ގުރޫޕެކަށް ނިސްބަތްވާ އަންހެން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގައި ވަނީ ކުލަ ގަދަކޮށް ބޮޑު އީދުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.













