ބެންޖަމިން ސެސްކޯ

Jun 14, 2024, 10:19 AM
ބެންޖަމިން ސެސްކޯ

ބެންޖަމިން ސެސްކޯ

20 އަހަރު

ފޯވާޑް

Advertisement

ސްލޮވީނިއާ / އާރްބީ ލައިޕްޒިގު

ސްލޮވީނިއާ ފުޓްބޯޅައިގައި 21 ވަނަ ގަރުނުގައި އެންމެ ބޮޑަށް މަޝްހޫރުކަން ހޯދީ ދެ ގޯލްކީޕަރުން ކަމަށްވާ، ސާމިރު ހަންޑަނޯވިޗާއި ޔެން އޮބްލަކް އެވެ. އެކަމަކު، މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެކަން ބަދަލުވެގެންދާނެ އެވެ. އެއީ، އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ ސްލޮވީނިއާގެ ފޯވާޑް، ބެންޖަމިން ސެސްކޯ އަކީ މި ވަގުތު އެންމެ ފޯމުގައި ކުރިއަރަމުން އަންނަ ޒުވާން ސްޓްރައިކަރެވެ.

ރެޑްބުލް ސަލްޒްބާގުން ވިދާލުމާ އެކު، ލައިޕްޒިގުން ވަނީ ޔޫރަޕްގެ ވަރުގަދަ އެހެން ކްލަބްތަކާ ވާދަކޮށް ސެސްކޯގެ ސޮއި ހޯދައިފަ އެވެ. ލައިޕްޒިގުގައި މި ސީޒަނުގައި ކުޅުނު 31 މެޗުން ސެސްކޯ ވަނީ 14 ލަނޑު ޖަހައިފަ އެވެ. އަދި ސްލޮވީނިއާ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 28 މެޗުން އޭނާ ވަނީ 11 ލަނޑު ޖަހައިފަ އެވެ.

ޖަރުމަނުގައި މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އޮތުމާ އެކު، އެންމެ ބޮޑަށް އޭގެ ފައިދާ ކުރާނެ ކުޅުންތެރިންގެ ތެރޭގައި ސެސްކޯ ހިމެނެ އެވެ. އެއީ ޖަރުމަނު ފުޓްބޯޅަ ސީޒަނަށް ބަލާއިރު އެންމެ ރަނގަޅު ފޯމެއްގައި ހުރި އެއް ކުޅުންތެރިއަކީ އޭނާ ކަމަށް ވުމެވެ.

ޔޫރޯ އަށް ފަހު، ޓްރާންސްފާ ބާޒާރުގައި، ޑިމާންޑް އަރައިގެންދާނެ އެއް ކުޅުންތެރިއެއްގެ ގޮތުގައި ބެލެވޭ ސެސްކޯ ފެނުނީ، ޔޫރޯ ކޮލިފައިންގައި ވެސް ސްލޮވީނިއާގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެ ގޮތުން، ސެސްކޯ ވަނީ ކޮލިފައިންގައި ފަސް ގޯލު ޖަހައިފަ އެވެ.

ޔޫރޯގައި ސްލޮވީނިއާގެ އެޓޭކިން ގޭމްޕްލޭނުގެ ބޮޑުބައެއް ބަރޯސާވާނީ ސެސްކޯ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox