ސްލޮވީނިއާ އިން ދެކޭގޮތުގައި ޕޯޗުގަލަށް އެޑްވާންޓޭޖެއް އެބައޮތް

Jul 1, 2024, 8:03 AM
ސްލޮވީނިއާ އިން ދެކޭގޮތުގައި ޕޯޗުގަލަށް އެޑްވާންޓޭޖެއް އެބައޮތް

ފްރޭންކްފަޓް (ޖުލައި 1) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގައި ޕޯޗުގަލްއާ ދެކޮޅަށް ސްލޮވީނިއާ މިރޭ ނުކުންނައިރު، ޕޯޗުގަލް އަށް ލިބޭ އެންމެ ބޮޑު ފައިދާއަކީ އެ ޓީމުގެ ސްކޮޑް ވަރުގަދަވުން ކަމަށް ސްލޮވީނިއާގެ ކޯޗު މަޓްޖަޒް ކެކް ބުނެފި އެވެ.

މި މުބާރާތުގެ ގަދަ 16ގެ ބުރަށް ޕޯޗުގަލް ކޮލިފައިވީ ގުރޫޕް ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ، ލިބުނު ހަ ޕޮއިންޓާއެކު އެވެ. އެހެންކަމުން، ގުރޫޕްގެ ފަހު މެޗުގައި ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ފުރަތަމަ 11 އަށް ގިނަ ބަދަލުތަކެއް ގެނަ އެވެ. ޖޯޖިއާއާ ދެކޮޅަށް ކުޅުނު ފަހު މެޗުން ޕޯޗުގަލް ވަނީ ބަލިވެފަ އެވެ.

ސްލޮވީނިއާ ގަދަ 16 އިން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް އެއްވަރުވެ، ލިބުނު ތިން ޕޮއިންޓާ އެކު އެވެ. އޭގެ ތެރޭގައި އިންގްލެންޑް އަތުން ހޯދި ޕޮއިންޓްވެސް ހިމެނެއެވެ.

Advertisement

މިއީ ސްލޮވީނިއާ ބައިނަލްއަޤްވާމީ މުބާރާތެއްގެ ނޮކްއައުޓް މެޗެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މިއީ ސްލޮވީނިއާގެ މިނިވަން ދައުލަތެއް މީގެ 32 އަހަރު ކުރިން އުފެދުނު ފަހުން، ސްލޮވީނިއާ ބައިނަލްއަޤްވާމީ މުބާރާތެއްގައި ވާދަކުރާ ހަތަރު ވަނަ ފަހަރެވެ.

މި މެޗުގެ ކުރިން ސްލޮވީނިއާގެ ކޯޗު މަތިޔާޒް ކެކްގެ ކަންބޮޑުވުމަކަށްވީ ދެ ޓީމުގެ ސްކޮޑުގައި ހުރި ތަފާތެވެ. ސްކޮޑް ވަރުގަދަުވުމަކީ ޕޯޗުގަލްއަށް ލިބޭ އެންމެ ބޮޑު ފައިދާކަމަށް އޭނާ ބުންޏެވެ.

"ޕޯޗުގަލްގެ ލިސްޓް ފެނުނަސް އަހަރެމް ބޮލުގައި ރިއްސާ. ބޭނުން ގޮތަކަށް ޓީމު ބަދަލުކޮށްަލައިގެން އެމީހުންނަށް ކުޅެވިދާނެ،" ކެކް ބުންޏެވެ.

ކެކް ބުނީ ޕޯޗުގަލްއަކީ މުބާރާތުގެ ފޭވަރިޓެއް ކަމަށެވެ. އެކަމަކު ސްލޮވީނިއާ އިން އެ ޓީމު ދެކެ ބިރު ނުގަންނާނެ ކަމަށެވެ.

"ޕޯޗުގަލްއަކީ މުބާޜާތުގެ ފޭވަރިޓެއް. ގުރޫޕްގައިވެސް ސްލޮވީނިއާއަކީ ފޭވަރިޓެއް ނޫން. މާދަމާ (މިރޭގެ މެޗުގައި)ވެސް ސްލޮވީނިއަކީ ފޭވަރިޓެއް ނޫން،" ކެކް ބުންޏެވެ.

"ޕޯޗުގަލް އަކީ މޮޅު ޓީމެއް. އެކަމަކު، އަހަރަމެން އެ ޓީމު ދެކެ ބިރެއްނުގަނޭ."

ޕޯޗުގަލާއި ސްލޮވީނިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox