އިދިކޮޅު ޓީމަށް މާ ބޮޑަށް އިހުތިރާމްކޮށްގެން ކަމަކު ނުދާނެ

Jun 20, 2024, 5:31 AM
އިދިކޮޅު ޓީމަށް މާ ބޮޑަށް އިހުތިރާމްކޮށްގެން ކަމަކު ނުދާނެ

މިއުނިކް (ޖޫން 20) - ވާދަވެރި މެޗަކަށް ނުކުމެ އިދިކޮޅު ޓީމަށް މާ ބޮޑަށް އިހުތިރާމްކޮށްގެން ކުޅެން އުޅުމަކީ ކާމިޔާބު ހޯދަން އޮތް ހުރަހެއް ކަމަށް ސާބިއާގެ ކޯޗު، ޑްރަގަން ސްޓޮޖްކޯވިޗް ބުނެފި އެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސާބިއާ ކުޅުނު ފުރަތަމަ މެޗުގައި ވަނީ 1-0 އިން އިންގްލެންޑް އަތުން ބަލިވެފަ އެވެ. އެ މެޗުގައި އިންްގްލެންޑާ ދެކޮޅަށް ދިމާވީ މާ ބޮޑަށް އެ ޓީމަށް އިހުތިރާމް އާދަކޮށްގެން ކުޅެން އުޅުމުގެ މައްސަލަ ކަމަށާއި ސްލޮވީނިއާއާ ދެކޮޅަށް އެކަން ސާބިއާ އިން ނުކުރާނެ ކަމަށް ކޯޗު ސްޓޮޖްކޯވިޗް ވަނީ ބުނެފަ އެވެ.

"އިންގްލެންޑާ ދެކޮޅަށް އަހަރެމެން ކުޅެން ފެށީ އެ މީހުންނަށް ވަރަށް އިހުތިރާމް ދީގެން، ހީވަނީ އެ މީހުންނަކީ އެހެން ޕްލެނެޓަކުން އައިސްތިބި ބައެއް ހެން،" ސްޓޮޖްކޯވިޗް ބުންޏެވެ.

"އަހަރެމެން އިންގްލެންޑް މެޗުގެ ފަހުކޮޅުގައި ކުޅުނީ ހަގީގަތުގައި ކުޅެން ޖެހޭ ގޮތަށް، އެއީ އަހަރެމެން ސްލޮވީނިއާއާ ދެކޮޅަށް ކުޅެން ޖެހޭނެ ގޮތަކީ ވެސް،"

މި ގްރޫޕްގެ ފުލުގައި މި ވަގުތު ސާބިއާ އޮތްއިރު، މި މެޗުން ސްލޮވީނިއާ އަތުން ބަލިވެއްޖެނަމަ، ސާބިއާ އަށް މުބާރާތުގައި ކުރިއަށް ދިއުމަށް ހުރަސްތަކެއް ކުރިމަތިވާނެ އެވެ. ސްޓޮޖްކޯވިޗް ބުނީ، މި މެޗަށް ނުކުންނަނީ މިއީ ކިހާ މުހިންމު މެޗެއްކަން ދަނެގެން ކަމަށެވެ.

"އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްގެން ވެސް މޮޅުވާން ބޭނުން މި މެޗުން، އަހަރެމެން ދެން އޮތް ކޮންމެ މެޗަކުން ވެސް މޮޅުވާން ޖެހޭނެ. ނޫނީ ވައިކިންގްސް އަންނާނެ ނޯތުން، ޑޭންސް އިން، އަހަރަމެން ޖެހޭނެ އެންމެން ބަލިކުރަން،" ސްޓޮޖްކޯވިޗް ބުންޏެވެ.

އޭނާ ބުނީ، ޖަރުމަނުގައި ބައެއް ކަންކަން ހަމަޖެހިފައި ހުރި ގޮތުން އޭނާ އަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އެ ގޮތުން، އެކްރެޑިޓޭޝަން ފާހުގައި ފޮޓޯ ހުރި ގޮތުން، ކޮންމެ ފަހަރަކު ގޭޓަކުން ވަންނައިރު، ލަސްތަކެއް ވަމުން އަންނަކަން ސްޓޮޖްކޯވިޗް ފާހަގަކުރި އެވެ.

"ކޮންމެ ފަހަރަކު އަހަރެން ދޮރަކުން ވަންނަން ދާއިރު ތަފާތު ގޮތަކަށް ފާސް އެބަޖެހޭ ސްކޭން ކުރަން، ހީވާ ކަހަލަ މި ވަދެވެނީ ނާސާގެ ޖައްވީ ސްޓޭޝަނަކަށޭ، ސްޓޭޑިއަމަކަށް ނޫނޭ. އަހަރެން ހެވިފައި ނުފެންނަ ސަބަބަކީ އެއީ ކަމަށްވެދާނެ،" ސްޓޮޖްކޯވިޗް ބުންޏެވެ.

ސާބިއާގެ ފިލިޕް ކޮސްޓިޗަށް ފުރަތަމަ މެޗުގައި ލިބުނު އަނިޔާއާ ހެދި ދެން އޭނާ މި މުބާރާތުގައި ނުފެންނާނެ ކަމަށް އެ ޓީމުން ވަނީ ބުނެފަ އެވެ.

ސާބިއާ އާއި ސްލޮވީނިއާ ވަނީ އަށް ފަހަރު ބައްދަލުކޮށްފަ އެވެ. ހަ މެޗު އެއްވަރުވިއިރު، ކޮންމެ ޓީމެއް ވަނީ އެއް މެޗުން މޮޅުވެފަ އެވެ. މިއަދު މި ދެ ޓީމު ކުޅޭ މެޗު ފަށާނީ 6 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox