މެޗު އެއްވަރުވެ އިންގްލެންޑަށް އެއް ވަނަ، ސްލޮވީނިއާ އަށް ތާރީހީ ކާމިޔާބެއް

Jun 25, 2024, 9:05 PM
މެޗު އެއްވަރުވެ އިންގްލެންޑަށް އެއް ވަނަ، ސްލޮވީނިއާ އަށް ތާރީހީ ކާމިޔާބެއް

ފްރޭންކްފާޓް (ޖޫން 25) - ވަރުގަދަ އިންގްލެންޑް މޮޅުވިޔަ ނުދީ 0-0 އިން ހިފަހައްޓައި، ސްލޮވީނިއާ އިން ތިން ވަނަަ ޓީމުގެ ގޮތުގައި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ނޮކައުޓް ބުރަށް ދަތުރުކޮށް ތާރީހީ ކާމިޔާބެއް ހޯދައިފި އެވެ.

ގްރޫޕްގެ އެއް ވަނަ ހޯދި އިންގްލެންޑަށް ފަސް ޕޮއިންޓް ލިބުނުއިރު، ޑެންމާކް ދެ ވަނަ ހޯދީ ތިން ވަނަ އަށް ދިޔަ ސްލޮވީނިއާއާ އެއްވަރަށް ތިން ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރެއިން ގަދަ ހަަތަރު ޓީމަށް ލިބޭ ފުރުސަތެއްގައި ސްލޮވީނިއާ އަށް ވެސް ނޮކައުޓްގެ ޖާގަ ވަނީ ލިބިފަ އެެވެ. ޑެންމާކާ 0-0 އިން އެއްވަރުވެގެން ލިބުނު ޕޮއިންޓާ އެކު، ސާބިއާ މުބާރާތުން ކެޓީ ދެ ޕޮއިންޓާ އެކު އެވެ.

މެޗުގެ ހަތަރު ވަނަ މިނެޓުގައި ސްލޮވީނިއާ އަށް ވަނީ ގޯލު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ ސްލޮވީނިއާގެ ބެންޖަމިން ސެސްކޯ ބޮލުން ފޮނުވާލި ހަމަލާ އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ދިފާއު ކޮށްފަ އެވެ.

މެޗުގެ 20 ވަނަ މިނެޓުގައި އިންގްލެންޑްގެ ފިލް ފޯޑަން ދިން ޕާހަކުން ބުކާޔޯ ސަކާ ގޯލު ޖެހި ނަމަވެސް ލައިންސްމަން ވަނީ އެ ގޯލު ޖެހި ޕާސްދިން ފޯޑެން ހުރީ އޮފްސައިޑުގައި ކަމަށް ނިންމައިފަ އެވެ.

އޭގެ ފަހުން މެޗުގެ 35 ވަނަ މިނެޓުގައި އިންގްލެންޑަށް ލިބުނު ހިލޭ ޖެހުމަކުން ފޯޑަން ފޮނުވާލި ހަމަލާ ސްލޮވީނިއާގެ ކީޕަރު ޖެން އޮބްލަކް ވަނީ ހުށިޔާރުކަމާ އެކު ދިފާއު ކޮށްފަ އެވެ. މެޗުގެ 40 ވަނަ މިނެޓުގައި ހެރީ ކޭން އަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ކިއެރެން ޓްރިޕިއޭ ނަގައިދިން ހުރަހަކުން ކޭން އަށް ބޯޅަ ފޮނުވާ ނުލެވި, ދިޔައީ ބޭރަށެވެ.

ދެ ވަނަ ހާފުގައި ވެސް ކޮންޓްރޯލް ނަގާ ކުޅުނީ, އިންގްލެންޑުންނެވެ. އެކަމަކު، އެ ޓީމަށް ނުރައްކާތެރި ހަމަލާ އެއް އުފެއްދޭ ވަރުވީ މެޗުގެ 75 ވަނަ މިނެޓުގަ އެވެ. އިންގްލެންޑްގެ ޑެކްލަން ރައިސް ފޮނުވާލި ބާރު ހަމަލާ ވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ދެ ވަނަ ހާފުގެ ފަހު 15 މިނެޓުގައި އިންގްލެންޑުން ވަނީ ގިނަ ބަދަލުތަކެއް ގެނަސް ގޯލެއް ޖެހޭތޯ މަސައްކަތް ކޮށްފަ އެވެ. އެކަމަކު ސްލޮވީނިއާގެ ވަރުގަދަ ޑިފެންސް ފޫ އަޅުވާލެވޭ ގޮތް އެ ޓީމަށް ވަނީ ނުވެފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކޯލް ޕާމާ އަށް ވަނީ ގޯލަށް ޖަހަން ހުސްފުރުސަތެއް ލިބިފަ އެވެ. އެކަމަކު، އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ ޕާމާ ޖެހި ބޯޅަ ސްލޮވީނިއާގެ ކީޕަރު އޮބްލަކް ވަނީ ދިފާއު ކޮށްފަ އެވެ.

މެޗު ނިމެން މިނެޓެއް ވެފައި ހުއްޓައި ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ޔޫގޯސްލާވިއާގެ ނަމުން ވަކިވެ، ސްލޮވީނިއާގެ ނަމުން ވާދަކުރަން ފެށި ފަހުން މިއީ އެ ޓީމުގެ ދެ ވަނަ ޔޫރޯ އެވެ. އެންމެ ފުރަތަަމަ ޔޫރޯ އަކީ 2000 ވަނަ އަހަރުގެ މުބާރާތެވެ. އެ ފަހަރު ދެ މެޗުން، ބަލިވެ އެއް މެޗުން ބަލިވެގެން ގްރޫޕް ސްޓޭޖުން ކެޓީ އެވެ. މި ފަހަރުގެ ޔޫރޯގެ ދެ ވަނަ ބުރަށް ސްލޮވީނިއާ ދަތުރުކުރި ނަމަވެސް އެ ޓީމު އަދި މެޗަކުން މޮޅެއްނުވެ އެވެ. ކުޅުނު ތިން މެޗުން ވެސް ވަނީ އެއްވަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox